ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)257/257/2021/58
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 12 ޑިސެންބަރު 2021 14:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (ވޭޖު އެމްޕްލޯއީމަންޓް، އިމާމު/މުދިމު)

 

                       އިޢުލާން

ވަޒީފާގެ ފުރުޞަތު

ނަމްބަރު: (IUL)257/257/2021/58

ތާރީޚް:  05 ޑިސެމްބަރު 2021

 

 

ވޭޖު އުޞޫލުން މިސްކިތްތަކަށް ވަގުތީ އިމާމުން/މުދިމުންގެ ވަޒީފާ އަށް ހުޅުވާލުން

      

     މި އިދާރާއިން ބަލަހައްޓަމުން ގެންދާ މިރަށުގެ މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުން، މުދިމުން އަހަރީ ޗުއްޓީ އާއި ސަލާމާއި، އަދި އާޢިލީ ޒިންމާފަދަ ޗުއްޓީތައް ނެގުމުން ވޭޖު އުޞޫލުން މިސްކިތްތަކުގާ އިމާމު، މުދިމް ކަން ކުރާނެ މީހުން ބޭނުންވެއްޖެއެވެ.

 

މަޤާމް:

އިމާމް/ މުދިމުން

މަޤާމުގެ ނަމްބަރ:

-

ބޭނުންވާ ޢަދަދު:

04

މަޤާމުގެ ރޭންކް:

ޖީ.އެސް 03

މަޤާމް އޮތް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ/ ހއ. ބާރަށު

މަސައްކަތްކުރަންޖެހޭތަން

ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ މިސްކިތްތައް

މަޤާމް

ރޭންކް

ޝަރުޠުފުރިހަމަވާނަމަ މަސައްކަތްކުރާ ގަޑިތަކަށް

ދުވާލަކު މަސައްކަތްކުރަންޖެހޭ ގަޑީގެ އަދަދު

އިމާމް

ޖީ.އެސް 03

61.00 ރުފިޔާ

05 ގަޑިއިރު

މުދިމް(އިމާމުކަމުގެ ޝަރުޠު ހަމަނުވާނަމަ)

ޖީ.އެސް 01

53.00ރުފިޔާ

05 ގަޑިއިރު

ސަރވިސް އިލަވަންސް

ނެތް

އިމާމު/ މުދިމުންގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް

01 ކައުންސިލުގެ އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ނަމާދު ވަގުތުގައި ބަންގިގޮވުމާއި، އިމާމުވެ ނަމާދުކުރުން.

02 މިސްކިތައް ލިބެމުންދާ ގެއްލުންތަކާއި މިސްކިތައް ދަތިވާ ކޮންމެކަމެއް ރަށުކައުންސިލުގެ އިދާރާއަށް އަންގައި ކައުންސިލުގެ އިދާރާގެ ލަފާގެ މަތީން އެކަން ރަނގަޅު ކުރުން.

03 މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާ ވެއްޖެނަމަ އެކަން ރަށު ކައުންސިލުގެ އިދާރާއަށް އަންގައިގެން ރަނގަޅުކުރުމަށް މަސައްކަތްކުރުން

04 ރަށު ކައުންސިލުގެ އިދާރާއިން އަންގަވައިފި ހިނދެއްގައި އިމާމުވެ ކޭތަނަމާދާއި ޢީޑު ނަމާދާއި،ހުކުރު ނަމާދުކުރުން.

05 މިސްކިތުގެ މަސައްކަތު މީހުން މަސައްކަތްކުރާ ނުކުރާގޮތްބަލާ ރަށުކައުންސިލް އިދާރާއިން އަންގާގޮތެއްގެ މަތީން އެމީހުން ލައްވާ މަސައްކަތްކުރުވުން.

06 މިސްކިތުގައި ކުރާ ކޭތަނަމާދާއި، ހުކުރުނަމާދާއި ތަރާވީޙު ނަމާދާއި ޢީދުނަމާދަށް މިސްކިތައް ހާޒިރުވެ  އެކަންކަމަށް މިސްކިތްތައްޔާރުކުރުން.

07 ރަމްޟާންމަހު ތަރާވީޙު ނަމާދު އިމާމުވެ ކުރުން.

08 މިސްކިތު މަސައްކަތު މީހާ މިސްކިތައް ހާޟިރު ނުވާ ވަގުތެއްގައިނަމަ މިސްކިތުގެ އިމާމު/ މުދިމް މިސްކިތުގެ އެތެރެ ސާފުކުރުމާއި، ނަމާދުކޮށް ނިމިގެން ދަމުން ބޮކި ހޮޅިބުރިއާއި، ފަންކާ ނިއްވުމާއި މިސްކިތުގެ ދޮރުތައް ލެއްޕުން.

09 މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމުތައް ހިނގާނަމަ އެފަދަ ޕްރޮގްރާމުތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެއް މިސްކިތުގައި މަޑުކުރުން.

10 މިސްކިތުގެ ގޯތިތެރޭގައި އިންދާފައި ހުންނަ ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ ކަންކަން މަސައްކަތު މީހުންލައްވާ ކުރުމަށް ބާރުއެޅުން.

11 މިސްކިތާއި ބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހާ، އެޝަކުވާތައް ރަށު ކައުންސިލުގެ އިދާރާއަށް ހުށައަޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.

12 މިސްކިތުގެ ގޯތިތެރޭގައި ބަހައްޓާފައިހުންނަ ވާރޭފެން އަޅާ ކަޅުހަންތަކަށް ފެންއެޅުމަށް ކައުންސިލުންދޭ ލަފާގެ މަތީން މަސައްކަތުމީހުންލައްވާ އެކަންކަންކުރުމަށް ބާރުއެޅުން.

13 ކައުންސިލުގެ އިދާރާއިން އިންތިޒާމުކުރާގޮތެއްގެ މަތީން ކޮންމެ ނަމާދެގެ ވަގުތު ޖެހުމުގެ ކުރިން މިސްކިތައްގޮސް މިސްކިތުގެ ހާޒިރީގައި ސޮއިކުރުން/

14 މަތީގައިވާ މަސައްކަތްތަކުގެ އިތުރުން ހަވާލުކުރެވޭ ވަޒީފާއާއިގުޅޭ އެހެނިހެން މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް. އިމާމު/ މުދިމް

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 03 ގެ ސަނަދެއް ޙާޞިލުކޮށްފައި ވުމާއިއެކު ރީތިކޮށް ބަންގިގޮވުމާއި، ޤުރުއާނުގެ ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ކިޔަވަން ދަންނަ މީހަކުކަމުގައިވުމާއިއެކު، ނުވަތަ ޘާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން. އަދި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 02 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.ނުވަތަ ޘާނަވީ އިމްތިޙާނު 02 މާއްދާ އަކުން ދައްވެގެން "ޑ" ގަރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދައްވެގެން" ސީ" ފާސް ލިބިފައިވުން. ނުވަތަ ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.

 

ހުށައަޅަންޖެހޭ ލިޔުންތައް

01 ފުރިހަކުރައްވާފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން، އަދި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

02 ވަޒީފާ އަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

03 މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ ރައްޖެ އާއި ރައްޖޭންބޭރުގެ ތަޢުލީމީ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓު ތަކުގެ ކޮޕީ ނުވަތަ އިމާމުވެ ހުކުރުކުރުމުގެ ހުއްދައިގެ ކޮޕީ.

 

 

މަޤާމަށްއެދެންވީގޮތާއިސުންގަޑީ:

 

 

 

 

 

އިންޓަވިއު އޮންނާނެ ތަނާއި  މުއްދަތު:

މި މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 2021 ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ 14.00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުގެ އިދާރާއަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ އެކަންޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައި ގަނެވޭނެއެވެ.

 

 

 

 

 

މިމަޤާމަށް މީހަކު ހޮވުމަށް ބެއްވޭ އިންޓަވިއު އޮންނާނީ 2021 ޑިސެމްބަރު 19 އާއި 23 އާއި ދެމެދު ހއ. ބާރަށު ކައުންސިލުގެ އިދާރާގައެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާ އަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކުސް ލިބޭފަރާތްތައް ޝޯޓުލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ކައުންސިލް އިދާރާ ހުޅުވިފައި ހުންނަ ރަސްމީ ގަޑީގައި 6500175 އަށެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

01 ޖުމާދަލްއއޫލާ 1443

05 ޑިސެމްބަރު 2021

 

 

05 ޑިސެންބަރު 2021