ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)346/346/2021/58
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 13 ޖޫން 2021 13:45
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލަށް 85 އިންޗި ޓީވީއެއް ހޯދުމާއި ގުޅޭ

ކައުންސިލްގެ ކޮންފަރެންސް ރޫމަށް "85 ޓީވީއެއް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

 

 

މި އިދާރާގެ 52 ނަމްބަރު އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.

މި އިދާރާއިންދޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަނުގެ 01 ޓީވީ، ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2021ޑިސެމްބަރ 09 ވާ ބްރާސްފަތި ދުވަހުގެ 14:00ގެ ކުރިން، [email protected] އަށް މެއިލްކުރައްވައި، ނުވަތަ 9994954 ނަންބަރު ފޯނާ ގުޅުއްވައި ނަންނޯޓްކުރެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، 2021ޑިސެމްބަރ 09 ވާ ބްރާސްފަތި ދުވަހުގެ 14:00ގެ [email protected] އަށް މެއިލް ކުރައްވައި ނުވަތަ 9994954 ނަންބަރު ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމާ ގުޅިގެން ދޫކުރެވޭ އެންމެހައި މަޢުލޫމާތު ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 2021ޑިސެމްބަރ 13ވާ ހޯމަ ދުވަހުގެ 13:45 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2021ޑިސެމްބަރ 13ވާ  ހޯމަ ދުވަހުގެ، 13:50 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ. ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޑިސެންބަރު 2021