ކުއްޔަށް ހިފުން
ނަންބަރު: GS121/IUL/2021/26
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 16 ޑިސެންބަރު 2021 10:30
ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމާ ބެހޭ

އިޢުލާން

ގެއެއް ކުއްޔަށް ހިފުމާ ބެހޭ

 

މި ސްކޫލަށް 2 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

މިތަނަކީ 2 ކޮޓަރި (ފާޚާނާއާއިއެކު)، ސިޓިންގރޫމް، ބަދިގެ (ވަކިން ކައްކާ ކެވޭގޮތަށް) އަދި ގެއަށް ބޭނުންވާ ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެތި ހަމައަށްހުރި ގެއެއް ކަމުގައި ވާންޖެހޭނެއެވެ. ކަރަންޓާއި ބޯފެން ފަދަ ވަސީލަތްތައް ގެއިން ލިބެން ހުންނަން ޖެހޭނެއެވެ. އަދި ގޭގެ ވަށާފާރު 5 ފޫޓަށްވުރެ އުސްކޮށް ރާނާފައި ހުންނަން ޖެހޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގަޑިތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

2021 ޑިސެންބަރު 12 ވާ އާދީއްތަ ދުވަހުގެ 10:00 އަށް

މަޢުލޫމާތު ދިނުން

2021 ޑިސެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް

އަންދާސީ ހިސާބު ހުށަހެޅުން

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މި ސްކޫލްގަ އެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު، ބަދަލުގައި ފޮނުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6580361 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.        

05 ޑިސެންބަރު 2021