މަސައްކަތް
ނަންބަރު: (IUL)LHAH-AH/LHAH/2021/53
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:33
ސުންގަޑި: 16 ޑިސެންބަރު 2021 13:00
ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޅ. އަތޮޅުގެ ރަށްރަށުގެ ޞިއްޙީމަރުކަޒުތަކުގައި އީގަވަރމަންޓް ނެޓްވޯކް ކޭބަލް ( އޮޕްޓިކް ފައިބަރ ކޭބަލް ކަނެކްޝަން ) ގުޅާދޭނެ ފަރާތެއް ހޯދުން ( 2 ވަނަ އިޢުލާން )

 

ޅ. އަތޮޅުގެ ރަށްރަށުގެ ޞިއްޙީމަރުކަޒުތަކުގައި އީގަވަރމަންޓް ނެޓްވޯކް ކޭބަލް ( އޮޕްޓިކް ފައިބަރ ކޭބަލް ކަނެކްޝަން ) ގުޅާދޭނެ ފަރާތެއް ހޯދުން

( ނަމްބަރ (IUL)LHAH-AH/LHAH/2021/42އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ 2 ވަނަ ފަހަރަށް ކުރެވޭ އިޢުލާން )

 

         ޅ. އަތޮޅުގެ ރަށްރަށުގެ ޞިއްޙީމަރުކަޒުތަކުގައި އީ ގަވަރމަންޓް ކޭބަލް ނެޓްވޯކް ( އޮޕްޓިކް ފައިބަރ ކޭބަލް ކަނެކްޝަން ) މިހޮސްޕިޓަލުން ދޭ މަޢްލޫމާތާއި އެއްގޮތަށް ގުޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.   

            ވީމާ މިމަސައްކަތަށް  ޝަވްޤުވެރިވާ  ފަރާތްތަކުން 05 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 12 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓަރީ ކުރުމަށްޓަކައި ، މިއިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓަރީ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލްގެ މެއިލް [email protected] އަށް ، އީ މެއިލް ކުރެއްވުން އެދެމެވެ.

            މި އިޢުލާނާއި ގުޅޭ މައްލޫމާތު ކަރުދާސް ރަޖިސްޓްރޭޝަން ފޯމް އަދި ބިޑް ޑޮކިޔުމަންޓްސް  އެޓޭޗްމަންޓްގައި ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.

            މި އިޢުލާނާއި ގުޅޭ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ޅ. އަތޮޅު ހޮސްޕިޓަލްގައެވެ.
            މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢްލޫމާތެއް ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ 14 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢްލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6620151 އަށް ގުޅުއްވުން އެދެމެވެ. 

05 ޑިސެންބަރު 2021