ދިވެހިރާއްޖެ
މިސްކޫލްގެ ސެކިޔުރިޓީ 1 ޖެނުއަރީ 2022 އިން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު19/2014 (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 2021 ޑިސެންބަރު 06 އިން 2021 ޑިސެންބަރު 12 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިސްކޫލަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މިބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ2021 ޑިސެމްބަރ 14 ވާ އަންގާރަ ދުވަހުގެ 13:00 ގައި ދަރަނބޫދޫ ސްކޫލްގައެވެ.
ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021 ޑިސެމްބަރ 20 ވާ ހޯމަ ދުވަހުގެ 13:00 ގައި ދަރަނބޫދޫ ސްކޫލް ގައެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް މިސްކޫލްގެ ނަންބަރ 7952911 އާ ގުޅުންވުން އެދެމެވެ. އީމެއިލް އެޑްރެސް އަކީ [email protected] އެވެ.