މަސައްކަތް
ނަންބަރު: (IUL)GS45/2021/050
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:50
ސުންގަޑި: 12 ޑިސެންބަރު 2021 11:00
އައްޑުއަތޮޅު ފޭދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މިސްކޫލްގެ ސެކިއުރިޓީ 01 ޖެނުއަރީ 2022 އިން 31 ޑިސެމްބަރ 2022 އަށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 ޑިސެމްބަރ 2021 އިން 09 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

2- ރަޖިސްޓްރީ ނަންބަރު.

3- އީމެއިލް އެޑްރެސް.

4- ގުޅޭނެ މޯބައިލް ނަންބަރު.

 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 09 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. ބިޑް ހުޅުވުން އޮންނާނީ 12 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލްގައެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފޭދޫ ސްކޫލް

ސ.ފޭދޫ ، އައްޑޫސިޓީ

ފޯން: 6892546 / 6892508

އީ-މެއިލް: [email protected]

04 ޑިސެންބަރު 2021