ޢާންމު މަޢުލޫމާތު
ނަންބަރު: GS35/2021/33
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 20:21
ސުންގަޑި: 12 ޑިސެންބަރު 2021 12:30
ނ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމާއި ގުޅޭ

 

c

 

ނ. އަތޮޅު މަދަރުސާ

 ނ.މަނަދޫ

 ދިވެހިރާއްޖެ

                                                                         ނަމްބަރ 2021/33/GS35

އިޢުލާން

ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުމާއިގުޅޭ.

                    1 ޖެނުއަރީ 2022 އިން 31 ޑިސެމްބަރ 2022 ގެ ނިޔަލަށް  މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައި

ދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                     މި މަސައްކަތަށް އެދި ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

1 ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނުނަންބަރު 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ތިރީގައި ބަޔާން

  ކުރާ ފަރާތްތަކަށެވެ.

1.1  ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

1.2  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

1.3  ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

1.4  ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

1.5  މިމާއްދާގެ 1 ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

                   ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ޑިސެމްބަރ 02 އިން 2021 ޑިސެމްބަރ 12 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނަދުނު 9.30 އިން މެންދުރު 12.30 އަށް  ސްކޫލަށްދުރުވެ ނަންނޯޓްކުރެއްވުއެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓްކުރާ ފަރާތްތަކަށެވެ. މި މަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޑިސެމްބަރ 13ވާ ހޯމަ ދުވަހުގެ މެންދުރު 12.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

                     ސެކިޔުރިޓީ ބެލެހެއްޓުމާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  2021 ޑިސެމްބަރ 15 ވާ ބުދަ ދުވަހުގެ މެންދުރު  11.00 ގައި ނ. އަތޮޅު މަދަރުސާގައެވެ. ބިޑުހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2021 ޑިސެމްބަރ 21 ވާ އަންގާރަ ދުވަހުގެ މެންދުރު  11.00 ގައި ނ. އަތޮޅު މަދަރުސާގައެވެ. މި މަސައްކަތާއި ގުޅޭ ބީލަންފޮތް މި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރައްވާ ފަރާތްތަކަށް މި ސްކޫލުން ދޫކުރާނެ ވާހަކަ ދަންނަވަމެވެ.     

                     އިތުރު މައޫލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ނ. އަތޮޅު މަދަރުސާ / ނ.މަނަދޫ

ފޯންނަމްބަރ 6560003

އީމެއިލް: [email protected]

                         27 ރަބީޢުލްއާޚިރު   1443

                         02 ޑިސެމްބަރ    2021

02 ޑިސެންބަރު 2021