ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)303-AS/2021/76
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 18:20
ސުންގަޑި: 06 ޑިސެންބަރު 2021 22:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކާއި ގޯޅި އާއި ޕޭމަންޓްގައި ބަހައްޓާފައިވާ ތަކެތި ނެގުމާއި ދުއްވާ އެއްޗިއްސަށް ދަތިވާގޮތަށް އެއްގަމު އުޅަނދު ޕާރކް ކުރުމާއި ގުޅޭ

 

          މިހާރަކަށް އައިސް ރަށުގެ މަގުތަކާއި ގޯޅިއާއި ޕޭމަންޓުގައި ޖޯލިފަތި، އެޅިގައު، ޑަސްޕިން، ލަކުޑި ފަދަ ތަކެތި ބަހައްޓަމުންދާކަން ފާހަގަ ކުރެވިފައިވާތީ މަގުތަކާއި ގޯޅިއާއި ޕޭމަންޓްގައި ބަހައްޓާފައިވާ މިފަދަ ތަކެތީގެ ވެރިއަކު ވާނަމަ 06 ޑިސެމްބަރ 2021 ވާ ހޯމަދުވަހުގެ ނިޔަލައް ނަންގަވާ ދެއްވުން އެދެމެވެ. މުއްދަތު ހަމަވާއިރު މަގުތަކާއި ގޯޅިއާއި ޕޭމަންޓުގައި ބެހެއްޓިފައިވާ ތަކެތި ކައުންސިލްގެ ބެލުމުގެ ދަށުން ނެގޭނެ ވާހަކަ ދަންނަވަމެއެވެ. އިމާރާތުގެ މަސައްކަތް ކުރުން ފަދަ ކަންކަން ކުރުމަށް މަގު ބަންދު ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކައުންސިލަށް ލިޔުމުން ހުށަހަޅާ ހުއްދަ ލިބިގެން ނޫނީ މަގު ބޭނުން ނުކުރުމަށް ހަނދާން ކޮށްދެމެވެ.  

އަދި މަގު ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރި ކަމަށްޓަކައި، އެއްގަމު އުޅަނދު ޕާރކް ކުރައްވާއިރު މަގުގައި ހިނގާ ފަރާތްތަކާއި ދުއްވާ އުޅަނދު ފަހަރަށް ދަތި ނުވާނެހެން މަގުގެ އެއްފަރާތެއްގައި އެއްގަމު އުޅަނދު ޕާރކް ކުރުމަށް ޙާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ.  

          ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.   

02 ޑިސެންބަރު 2021