ދިވެހިރާއްޖެ
ހާފިޡް އަޙްމަދު ސްކޫލް |
|
ފުވައްމުލައް ސިޓީ |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ:(IUL) /GS-74/GS-74/2021/33
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
1 01 ޖަނަވަރީ 2022 އިން 31 ޑިސެމްބަރ 2022 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް
ހޯދުމަށް ބޭނުން ވެއްޖެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި
ބަޔާންކުރެވިފައި ވާނެއެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޑިސެމްބަރ 5ން 2021 ޑިސެމްބަރ 9ށް ބަންދުނޫން
ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން
ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޑިސެމްބަރ 9 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ
އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ޑިސެމްބަރ 15 ވަނަ ދުވަހުގެ 10:00 ގައި ހާފިޒް އަޙްމަދު ސްކޫލުގެ
މީޓިންގ ރޫމުގައެވެ.
5 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
6 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބަޖެޓް ސެކްޝަން
ހާފިޒް އަޙްމަދު ސްކޫލް
ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ.
ފޯން: 6861993،6861989
އީ-މެއިލް: [email protected]
27 ރަބީޢުލް އާޚިރު 1443
02 ޑިސެމްބަރ 2021