ނޫސްބަޔާން
ނަންބަރު: IL-PSD/2021/71
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 16 ޑިސެންބަރު 2021 16:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދިނުމާއި ގުޅޭ

ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނު (ނަންބަރު: 2021/8) އަށް 18 ސެޕްޓެމްބަރު 2021 ގައި އަމަލުކުރަން ފެށުމާ ގުޅިގެން، ޤާނޫނަށް އަމަލުކުރަން ފަށާއިރު ރާއްޖޭގައި ޕޭމަންޓް ހިދުމަތްދެމުންގެެންދާ ފަރާތްތަކުންނާއި ސިސްޓަމެއް އޮޕަރޭޓްކުރަމުންދާ ފަރާތްތަކުން، ޤާނޫނަށް އަމަލުކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި ލަައިސަންސަށް އެދި ހުށަހެޅުމަށް މި ޤާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގެ ދަށުންް ލާޒިމު ކުރެއެވެ.  

 

ވީމާ، ލައިސަންސަށް އެދި ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން 16 ޑިސެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، ތިރީގައިވާ މައުލޫމާތު މި އޮތޯރިޓީގެ އީ-މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.

  • ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ވިޔަފާރީގެ ނަން
  • ފޯރުކޮށްދޭ ޕޭމަންޓް ހިދުމަތާއި ބެހޭ ކުރު ތައާރަފެއް
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނެ ފަރާތެއްގެ ނަން، ގުޅޭނެ ނަންބަރު އަދި އީ-މެއިލް އެޑްރެސް
29 ނޮވެންބަރު 2021