ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ހެލްތު ހިންގަމުންގެންދާ ރޯޝަނީ ބިލްޑިންގ ގެ 8 ވަނަ ފަންގިފިލާ ގައި ވީ.އާރު.ވީ/ވީ.އާރު.އެފް އެއަރކޮންޑިޝަން ސިސްޓަމެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)23-AP/23/2021/265 (31 އޮކްޓޯބަރ 2021) އިއުލާނަށް އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ޓެކްނިކަލް ސްޕެސިފިކޭޝަން ނުފެތޭތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 02 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 13 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 13 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
27 ރަބީޢުލްއާޙިރު 1443