ކުއްޔަށް ދިނުން
ނަންބަރު: (IUL)376/376/2021/26
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:55
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނޑިދޫ ޔޫތް ޗެލެންޖް ފުޓްބޯޅަމުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅޭ

          ދ. ބަނޑިދޫގެ ދެޖިންސްގެ ޒުވާނުންނަށް އަމާޒުކޮށްގެން ފުޓްބޯޅަ އަދި ފުޓްސަލް ކުޅުމުގެ ފޯރި އިތުރުކުރުމާއި އެކުވެރި ދުޅަހެޔޮ ޒުވާނުންތަކެއް އުފެއްދުމާއި އަދި ދ. ބަނޑިދޫއިން ހުނަރުވެރި މޮޅު ފުޓްބޯޅަ ކުޅުންތެރިން އަދި ފުޓްސަލް ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ބާއްވާ ބަނޑިދޫ ޔޫތު ޗެލެންޖްގެ ނަމުގައި ފިރިހެން ބޭފުޅުނަށް ފުޓްބޯޅަ މުބާރާތް އަދި އަންހެން ކަނބަލުނަށް ފުޓްސަލް މުބާރާތެއް މިއަންނަ ޑިސެމްބާރ މަހު ފަހުކޮޅު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

          މި 2 މުބާރާތް ސްޕޮންސަރ ކުރުމަށް މީގެކުރިން ކުރެވުނު އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީވެ އަލުން ސްޕޮންސަރކުރުމަށް ފުރުސަތު ހުޅުވާލަމެވެ. މިގޮތުން ސްޕޮންސަރ ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 7 ޑިސެމްބަރ  2021ވާ (އަންގަރަ) ދުވަހު  13:00 ގެ ކުރިން ސިޓީ އަކުން އެދި މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ދެވޭނީ އެންމެ ކުޑަވެގެން 65000 ރ (ފަސްދޮޅަސް ފަސްހާސް ރުފިޔާ) ހުށައަޅާ ފަރާތަކަށްށެވެ. މުބާރާތުގެ ކޯ ސްޕޮންސާރުންގެ ގޮތުގައި އެކި ދާއިރާތައް ވަކިވަކިން ހުށައެޅިދާނެއެވެ.

 

                       މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޑިސެންބަރު 2021