މަސައްކަތް
ނަންބަރު: (IUL)MMPRC-PRO/1/2021/60
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 09 ޑިސެންބަރު 2021 15:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިއުލާން

                                                                                      (IUL)MMPRC-PRO/1/2021/60 : ނަންބަރު   

އިޢުލާން

މި ކޯޕަރޭޝަނުން ފޯރުކޮށްދީފައިވާ މަޢުލޫމާތާއި އެއްގޮތަށް މި ކޯޕަރޭޝަނުގެ 4 ވަނަ ފަންގިފިލާއަށް ކޮމްޕިއުޓަރ ސިސްޓަމްސް ގަންނަންބޭނުންވެ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 23 ނޮވެންބަރު 2021ގައި ކުރެވުނު އިޢުލާނަށް އެކަށީގެންވާ އަދަދަށް ފަރާތްތަކުން ބިޑް ރަޖިސްޓްރީ ކުރަން ހުށަހަޅުއްވާފައެއް ނުވެއެވެ.

ވީމާ، މި ކޯޕަރޭޝަނަށް ކޮމްޕިއުޓަރ ސިސްޓަމްސް ވިއްކުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އަލުން އެފުރުސަތު ހުޅުވާލައިފީމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޑިސެންބަރު 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 15:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 14 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސްއަށް އީމެއިލްކުރެއްވުން އެދެމެވެ.

ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 16 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނާރިއާގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected]  އީމެއިލް އެޑްރެސް އަށް ފޮނުއްވުން އެދެމެވެ.

  • ބިޑު ހުށަހަޅާ ފަރާތުގެ ނަން:
  • ކުންފުނީގެ ނަން:
  • ގުޅޭނެ ފޯނު ނަންބަރ:
  • އީމެއިލް އެޑްރެސް:
  • އީމެއިލްގެ ސަބްޖެކްޓް: Bid Registration To Purchase Computer Systems for MMPRC 4th Floor

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކޯޕަރޭޝަންގެ 3323228 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

އީމެއިން އެޑްރެސް: [email protected] copy to [email protected]

ނަން: ޙަސަން ޝަހީލް

މަޤާމް: އެގްޒެކެޓިވް ޑިރެކްޓަރ

                      18  ރަބީޢުލް ޢާޚިރާ  1443

                      02   ޑިސެންބަރު   2021

 

02 ޑިސެންބަރު 2021