ބީލަން
ނަންބަރު: GS-20/IUL/2021/24
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 12 ޑިސެންބަރު 2021 14:00
ހދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ބެހޭ!

 

  1. 01 ޖެނުއަރީ 2022 ން ފެށިގެން 31 ޑިސެމްބަރ 2022ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޑިސެމްބަރ 02 އިން 2021 ޑިސެމްބަރ 12      އަށް ބަންދުނޫން  ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިމަދަރުސާއަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  3. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޑިސެމްބަރ 13 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ.

  4. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޑިސެމްބަރ 14 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި ސުކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. 

  5. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021 ޑިސެމްބަރު 20 ވާ ހޯމަ ދުވަހުގެ13:00ގައި މިސުކޫލްގައެވެ.

  ހދ. އަތޮޅު މަދަރުސާ

  ހދ. ވައިކަރަދޫ، ދިވެހިރާއްޖެ

  ފޯން: 6520056

  އީ-މެއިލް: [email protected]

  ވިމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

01 ޑިސެންބަރު 2021