ބީލަން
ނަންބަރު: (IUL)425-A2/1/2021/301
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 20:35
ސުންގަޑި: 13 ޑިސެންބަރު 2021 11:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ފެހިކުރުމާއި ލޭންޑް ސްކޭޕިންގ ހެދުމުގެ ޕްރޮޖެކްޓްގެ މަސައްކަތްތައް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ޓީމެއް ހޯދުމަށް

މާލޭ ސިޓީ ފެހި ކުރުމާއި، ޕާކުތަކާއި މައިޒާންތައް ލޭންޑް ސްކޭޕިންގ ހަދައި ރީތި ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން މިމަސައްކަތް 01 އަހަރު ދުވަހަށް މިއިދާރާއަށް ކޮށްދޭނެ ޓީމެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ދެއްވުން އެދެމެވެ.

 ޓީމްގައި ހިމެނެން ޖެހޭ ފަރާތްތައް.

  • 01 ގާރޑެނިންގ ސްޕެޝަލިސްޓް
  • 01 ފީލްޑް މެނޭޖަރ
  • 01 ފީލްޑް ސުޕަވައިޒަރ

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

06 ޑިސެމްބަރ 2021 (ހޯމަ)

11:00

ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ

ޕްރޮޕޯސަލް ހުށަހެޅުން

13 ޑިސެމްބަރ 2021 (ހޯމަ)

11:00

ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ

 ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

  • އިތުރު މަޢުލޫމާތު: 

-     މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ)  އަމީނީމަގު، ފޯން: 3025407   / އީމެއިލް: [email protected]

27 ރަބީއުލް އާޚިރާ 1443

01 ޑިސެމްބަރ 2021

01 ޑިސެންބަރު 2021