ދިވެހިރާއްޖެ
އިޢުލާން
ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުގެ ދަށުން ގޭގެއަށް ފެންހޮޅި ގުޅައިދިނުމާ ބެހޭ
މިރަށު ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ފެންހޮޅި ގުޅައިދިނުމަށް އެޕްލިކޭޝަންފޯމު ހުށަހެޅުމުގެ ފުރުޞަތު 2022 ޖަނަވަރީ 26 ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
ފެންހޮޅި އެޅުމާއި ގުޅައިދިނުމުގައި އަމަލުކުރަމުން ގެންދާނީ ޤަވާދު ނަމްބަރު 2020/R-10 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޚިދުމަތް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާދު" ގެ 13 ވަނަ މާއްދާއާއި އެއްގޮތަށެވެ. އަދި ފީއަކާނުލާ ފެން މީޓަރު ގުޅައިދިނުމުގައި ބެލެވޭނީ މި ޤަވާދުގެ 6 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ މައްޗަށެވެ.
ވީމާ، ފެންހޮޅި ގުޅުމަށް ބޭނުންވެލައްވާ ފަރާތްތަކުން މިއިދާރާއިން އެޕްލިކޭޝަންފޯމް ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު 2022 ޖަނަވަރީ 26 ވަނަދުވަހުގެ 14:00 ގެކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަންއެންގުމަށްޓަކާ އިޢުލާނުކުރީމެވެ.