ދިވެހިރާއްޖެ
އިޢުލާން
މިހޮސްޕިޓަލުގެ އިންސިނެރޭޓަރ ހައުސް ހުރިތަނުގައި ވޭސްޓް މެނޭޖްމެންޓް ރޫމެއް ހެދުމަށް ބޭނުންވެގެން ދެވަނަ ފަހަރަށް ކުރެވުނު މިހޮސްޕިޓަލުގެ ނަންބަރ: (IUL)SH-FAH-RM/2021/39 (29 އޯގަސްޓް 2021) އިޢުލާނާއި ގުޅިގެން ހުށައެޅި ބިޑްތަކުގެ ޝަރުތު ފުރިހަމަނުވާތީ އެ ބިޑުތައް ބާޠިލު ކޮށް އެމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތައް 01 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 12 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށް ފަހު އީމެއިލް ކުރުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ށ. އަތޮޅު ހޮސްޕިޓަލުގައެވެ.
މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 12 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
26 ރަބީޢުލް އާޚިރު 1443