ޢާންމު މަޢުލޫމާތު
ނަންބަރު: IUL/329/329/2021/37
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 05 ޑިސެންބަރު 2021 11:00
ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށްޓަށް ޖަމާކުރެވިފައިވާ ކުނިތައް ތިލަފުއްޓަށް ގެންގޮސް އުކާލަދޭނެ ފަރާތެއް ހޯދުމާބެހޭ

ކުނިކޮށްޓަށް ޖަމާކުރެވިފައިވާ ކުނިތައް ތިލަފުއްޓަށްގެންގޮސް އުކާލަދޭނެ ފަރާތެއްހޯދުމާބެހޭ

                      އޮޅުވެލިފުށި ކުނިކޮށްޓަށް ޖަމާކުރެވިފައިވާ ކުނިބުނީގެ ތެރެއިން އަންދައި ނައްތާ ނުލެވޭ ބާވަތްތަކުގެ އެންމެހާކުނިތައް ތިލަފުއްޓަށް ގެންގޮސް ކުނިކޮށި ހުސްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                      ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤްވެރިވާ ފަރާތްތަކުން 05 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 11:00 ށް އޮޅުވެލިފުށި ކައުންސިލް އިދާރާޔަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 11:00 ށް މިކައުންސިލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

                      މިމަސައްކަތަށް ބިޑްހުށަ އަޅާއިރު އިކޮނަމިކް މިނިސްޓްރީގައި ރަޖިސްޓާރ ކޮށްފައިވާ ކުންފުންޏެއްނަމަ  ކުންފުނީގެ ރެޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ. ބިޑް ހުށަހެޅުމަށް ޙާޟިރުވަނީ ވެރިފަރާތް ނޫންނަމަ ޙާޟިރުވަނީ ކާކުކަން އެނގޭގޮތަށް ލިޔެފައިވާ ވެރިފަރާތުގެ ސިޓީއެއް ހުށަ ހަޅަންވާނެއެވެ.

                     މިމަސައްކަތްކުރުމަށް ޝައުޤްވެރިކަން ފާޅުކޮށް މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ އެއްވެސް ފަރާތެއްގެ ބިޑް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                             26 ރަބީއުލް އާޙިރު 1443 

                              01 ޑިސެމްބަރ 2021    

01 ޑިސެންބަރު 2021