ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2021/ 274
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:58
ސުންގަޑި: 05 ޑިސެންބަރު 2021 09:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުން

ދަށިއަޑިއެމަގާއި އިންވެގެން، ބޯޓްޔާޑު ބިމުގެ އުތުރުން ފުވައްމުލަކު އިންޖީނުގެ ބަދަލުކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި 01 ން 34 އަށް ނަންބަރު ޖަހާފައިވާ ރުއްގަހުގެ ނީލަންކިޔުން 2021 ޑިސެންބަރު 05 ވާ އާދީއްތަ ދުވަހުގެ 09:00 ގައި  އެތަކެތީގެ ކާރީގައި އޮންނާނެއެވެ.

ނީލަމުން ރުއްގަސް ނަންގަވާ ފަރާތްތަކުން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކެވުމަށް ފަހު 03 ދުވަހުގެ ތެރޭ ރުއްގަސް ކަނޑާ އެތަނުން ރުއްގަހުގެ ބައިތައް ނަންގަވަން ވާނެއެވެ. ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކެއް ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

01 ޑިސެންބަރު 2021