ޢާންމު މަޢުލޫމާތު
ނަންބަރު: -
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:43
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސާރވިސް ޗާރޓަރ

 

 

 

ތަޢާރަފް

މިއީ، މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތްދިނުމުގައި އަމަލުކުރާނޭ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި، ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތްދިނުމުގައި އަމަލުކުރުމަށްޓަކައި އެކުލަވާލާފައިވާ ސާވިސް ޗާޓަރެވެ.

ކައުންސިލްގެ ވިޝަން

ވާދޫއަކީ އުފާ ފާގަތި، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތަކު ދިރިއުޅެމުންގެންދާ ރަށެކެވެ.

ކައުންސިލްގެ މިޝަން

ވާދޫގައި ދިރިއުޅޭ ކޮންމެ ރައްޔިތަކީ ދުޅަހެޔޮ، ފުދުންތެރި، ދީނަށް ލޯބިކުރާ، ދިރިއުޅުމުގެ ޒަރޫރަތްތައް ފުރިހަމަކުރާ، އެހީތެރިކަން ފޯރުކޮށްދޭ އަދި އެހީތެރިކަން ލިބޭ ރައްޔިތެއްކަމުގައި ހެދުމާއި، ވާދޫގެ ވެށްޓަކީ ހުރިހާ ރައްޔިތުންނަށް އަމާން، ރައްކާތެރި، އޯގާތެރި، އުފާވެރި، ފާގަތި، އަދި ތިޔާގި ވެށްޓެއްކަމުގައި ހަދައިދިނުމެވެ.

ޚިދުމަތްދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް

  • ޚިދުމަތް ފޯރުކޮށްދިނުމުގައި، އެ ޚިދުމަތެއް ފޯރުކޮށްދިނުމާއި ބެހޭގޮތުން ހެދިފައިވާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ޚިދުމަތް ފޯރުކޮށްދިނުން.
  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިނިތުންވުމާއެކު މަރުހަބާ ކިޔައި، އިޙުތިރާމާއެކު މުއާމަލާތްކުރުން.
  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުން ދެނެގަނެ، ފެންވަރު ރަނގަޅު، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
  • ޚިދުމަތް ދިނުމުގައި އެއްވެސް ފަރާތަކާއިމެދު ތަފާތުކުރުމެއްނެތި ޚިދުމަތް ފޯރުކޮށްދިނުން.
  • ނަޒާހާތްތެރިކަމާއެކު، ދެފުށް ފެންނަ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން.
  • ޚިދުމަތް ހޯދުމަށް އަންނަ އިސްރަށްވެހިންނަށާއި، ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޚާއްސަ ސަމާލުކަމެއް ދިނުން.
  • ކައުންސިލްގެ ރަސްމީ ފޯނަށް ރަސްމީ ވަގުތުތަކުގައި އަންނަ ފޯނުކޯލުތަކަށް ލަސްނުވެ ޖަވާބުދެވޭނެއެވެ.
  • ޚިދުމަތަށް އެދި ގުޅާ ފަރާތުން ބޭނުންވާ ޚިދުމަތެއް އޮޅުންފިލުވައި، އެ ޚިދުމަތާބެހޭ މުވައްޒަފަށް ކޯލު ޕާސްކުރުން، ނުވަތަ އެކަމާގުޅިގެން ދޭންޖެހޭ ޖަވާބު ދެވޭނެއެވެ.
  • އުސޫލީ މައްސަލަތަކާއި، ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދަން ނުޖެހޭ މައްސަލަތަކަށް ގިނަވެގެން ރަސްމީ 3 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ. އެ މުއްދަތުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބުދިނުން ލަސްވާ ސަބަބު އޮޅުންފިލުވައިދެވޭނެއެވެ. ނުވަތަ ރަސްމީ 3 ދުވަހުގެ ތެރޭގައި ވަގުތީ ޖަވާބެއް ދެވޭނެއެވެ.
  • ދަޢުލަތުގެ އެހެން އިދާރާއަކުން މައުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަތަކަށް، ރަސްމީ މަސައްކަތުގެ 3 ދުވަހާއި 15 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޖަވާބުދެވޭނެއެވެ. ނުވަތަ މި މުއްދަތުގެ ތެރޭގައި ވަގުތީ ޖަވާބެއް ދެވޭނެއެވެ.

އިދާރާއަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބުދިނުން

ސިޓީއާއި މެސެޖު އަދި އީމެއިލްތަކާއި GOV.MV އިން އަންނަ ލިޔުންތަކަށް ޖަވާބުދިނުން

ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ޗާޓު

#

ޚިދުމަތް

ޚިދުމަތުގެ ފެންވަރާއި މުއްދަތު

1

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

1.1

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

އޮފީހުގެ ވެރިޔަކާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓަކަށް އެދިފައިވާނަމަ، ބައްދަލު ކުރަން ބޭނުންވާ ވެރިޔަކު ނިންމަވާ ގޮތެއްގެމަތިން، އެޕޮއިންޓްމަންޓަށް އެދިފައިވާ ފަރާތްތަކަށް، ރަސްމީ 1 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.

2

ފައިސާ ބަލައިގަތުން

2.1

ފައިސާ ބަލައިގަތުން

2.1.1       ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30ން 13:30އަށް ފައިސާ ބަލައިގަތުމުގެ ކަންކަން ކުރިއަށް ދާނެއެވެ.

2.1.2       އޮންލައިންކޮށް ފައިސާ ދެއްކުމުގެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ. އޮންލައިންކޮށް ފައިސާ ދައްކާނެގޮތުގެ ތަފުޞީލު ތިރީގައި އެވަނީއެވެ.

2.1.2.1އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ (ކައުންސިލުން ވިއްކާ ތަކެތި {ގަބުޅި، ކާށި، ކުރުނބާ، ފަން ފަދަ}، ކައުންސިލުންދޭ ޚިދުމަތްތަކުންނާއި {ރަޖިސްޓްރީއާއި ސެޓްފިކެޓާއި ސެޓްފިކެޓްފަދަ ތަކެތިން ނަގާ ފީ އަދި  ޖޫރިމަނާފަދަ}  އެހެނިހެން ގޮތްގޮތުން ނެގޭ ފީ {އިދާރީ ފީ ފަދަ} އާއި، ކުލީގެ ގޮތުގައި {ބިމު ކުލި، ތަން/ތަކެތި ކުއްޔަށް ދޫކޮށްގެން} އަދި ނީލަމުގެގޮތުގައި ވިއްކާ ތަކެތީގެ ފައިސާ) ޖަމާކުރާނީ މި އިދާރާގެ ނަންބަރު 7717700460001 (ރެވެނިއު 1) އެކައުންޓަށެވެ.

2.1.2.2އައި.ޑީ.ކާޑު ހެއްދުމާއި، ޓްރާންސްޕޯޓާ ގުޅޭ ކަންކަމާއި ވިޔަފާރިއާގުޅުންހުރި ކަންކަމާއި، އަދި ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ޖަމާކުރާނީ މި އިދާރާގެ ނަންބަރު 7717700460004 (ޚަރަދު 2) އެކައުންޓަށެވެ.

2.1.3       އޮންލައިންކޮށް ފައިސާ ޖަމާކުރާ ފަރާތްތަކުން ފައިސާ ޖަމާކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕްކޮޅު 9111299 ނަންބަރަށް ވައިބަރ ކުރަން ވާނެއެވެ.

2.1.4       އޮންލައިންކޮށް ފައިސާ ޖަމާކުރާ ފަރާތްތަކަށް ރަސްމީ 1 ދުވަހުގެ ތެރޭގައި ފައިސާ ދެއްކިކަމުގެ ލިޔުން ދޫކުރެވޭނެއެވެ.  

2.2

މުދަލު ޒަކާތް ބަލައިގަތުން

2.2.1 މުދަލު ޒަކާތް ދެއްކުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އިދާރާއަށް ހުށަހެޅުން

2.2.2 ފޯމު ފުރިމަކޮށް އިދާރާއަށް ހުށަހެޅުމުން (ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތުގެ ތެރޭގައި) މުދަލު ޒަކާތް ބަލައިގަނެވޭނެއެވެ.

3

ރަށްވެހިކަމާ ގުޅުންހުރި ޚިދުމަތްތައް

3.1

ގޭގޭގެ ރަށްވެހިންގެ ރަޖިސްޓްރީ ހެއްދުން

3.1.1    ރަށްވެހިންގެ ރަޖިސްޓްރީ ހެއްދުމަށް، ގޭގައި ރަޖިސްޓްރީކުރަން އެދޭ ފަރާތުން އެކަމަށް އެދޭ ފޯމު (R1) ފުރިހަމަކުރުމަށްފަހު، ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ހުށަހެޅުން.

3.1.1.1 ލިޔެކިޔުންތައް އިދާރާއަށް ލިބޭތާ، ރަސްމީ 3 ދުވަހުގެ ތެރޭގައި ރަށްވެހިންގެ ރަޖިސްޓްރީ ހައްދައި ދެވޭނެއެވެ. އަދި ރަޖިސްޓްރީއާ ހަވާލުވުމަށް  ވެރިފަރާތަށް އެންގޭނެއެވެ.

3.1.2    ރަށްވެހިންގެ ރަޖިސްޓްރީ ގެއްލިގެން ހައްދާނަމަ، އެކަމަށް އެދި ސިޓީއަކުން ހުށަހަޅުއްވާތާ ލަސްވެގެން 3 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ހައްދައިދެވޭނެއެވެ.

3.2

އުފަންދުވަހުގެ ރަޖިސްޓްރީ ހެއްދުން (ވާދޫގައި އުފަންވެފައިވާނަމަ)

3.2.1     އުފަންދުވަހުގެ ރަޖިސްޓްރީ ހެއްދުމަށް އެދޭ ފޯމު (ފޯމް R1)، ފުރިހަމަކުރުމަށްފަހު، ލިޔެކިޔުންތަކާއެކު ހުށަހެޅުން.

3.2.2    ލިޔެކިޔުންތައް ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ނަން ފާސްވެއްޖެ ކަމުގައި ވާނަމަ އުފަންދުވަހުގެ ރަޖިސްޓްރީ ހައްދައިދެވޭނެއެވެ.

3.2.3    ނަން ފާސް ނުވެއްޖެނަމަ، އަލުން ނަމެއް ފާސްކުރުމަށް ހުށަހަޅަން އެންގޭނެއެވެ. އަދި 3.2.2ގައިވާ މަރުހަލާ ކުރިޔަށް ގެންދެވޭނެއެވެ.

3.2.4    އުފަންދުވަހުގެ ރަޖިސްޓްރީ ގެއްލިގެން ހައްދާނަމަ، ސެޓްފިކެޓް ދޫކުރެވޭނީ، ޖޫރިމަނާގެ ގޮތުގައި 10 (ދިހަ ރުފިޔާ) ރުފިޔާ ދެއްކުމުންނެވެ.

3.3

އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުން

3.2.1       އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް އެދޭ ފޯމް (ފޯމް R1) ފުރިހަމަ ކުރުމަށްފަހު، ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ހުށަހެޅުން.

3.2.2       ލިޔެކިޔުންތައް ކައުންސިލަށް ހުށަހަޅާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި އުފަންދުވަހުގެ ސެޓްފިކެޓް ހައްދައި ދެވޭނެއެވެ.

3.2.3 އުފަންދުވަހުގެ ސެޓްފިކެޓް ގެއްލިގެން/އާކުރުމަށް ހައްދާނަމަ، ސެޓްފިކެޓް ދޫކުރެވޭނީ ޖޫރިމަނާގެ ގޮތުގައި 10 (ދިހަ ރުފިޔާ) ރުފިޔާ ދެއްކުމުންނެވެ.

3.4

ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުން / ރަށްވެހިންގެ ރަޖިސްޓްރީން އުނިކުރުން

3.4.1    ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީކުރުން (އަލަށް އުފަންވާކުދިން)

3.4.1.1   ރަށްވެހިވުމަށް އެދޭ ފޯމް (ފޯމް R1) ފުރިހަމަކުރުމަށްފަހު، ލިޔެކިޔުންތަކާއެކު އިދާރާއަށް ހުށަހެޅުން.

3.4.1.2   ލިޔެކިޔުންތައް ހުށަހަޅާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީކޮށް ޑީ.އެން.އާރަށް ފޮނުވޭނެއެވެ. އަދި ރަށްވެހިވުމަށް އެދިފައިވާ ގޭގެ ރަޖިސްޓްރީގައި ހިމެނޭނެއެވެ.

3.4.1.3    އުފަންވިތާ 90 ދުވަސް ތެރޭގައި ރަޖިސްޓްރީކޮށްފައި ނުވާނަމަ، ރަޖިސްޓްރީ ކޮށްދެވޭނީ 100 (ސަތޭކަ) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ.

3.4.2    ރަށްވެހިކަން ބަދަލުކުރުން

3.4.2.1 ވާދޫއަށް ރަށްވެހިކަން ބަދަލުކުރަން އެދޭނަމަ، ރަށްވެހިންގެ ރަޖިސްޓަރީއަށް އެދޭ ފޯމް (ފޯމް R1) ފުރިހަމަ ކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުން.

3.4.2.2 އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ކުރިން ރަށްވެހިވެފައިވާ ތަނެއްގެ ކަމާގުޅޭ އިދާރާއަށް މައުލޫމާތު ހޯދަން ފޮނުވޭނެއެވެ.

3.4.2.3 މައުލޫމާތު ލިބުމުން، ރަސްމީ 3 ދުވަހުގެ ތެރޭގައި ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީކޮށް، ޑީ.އެން.އާރަށް މައުލޫމާތު ފޮނުވޭނެއެވެ. އަދި ރަށްވެހިވުމަށް އެދޭ ގޭގެ ރަޖިސްޓްރީ ގެނައުމަށް އެންގޭނެއެވެ. ރަޖިސްޓްރީ ގެނައުމުން ގޭގެ ރަޖިސްޓްރީގައި ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

3.4.2.4 ރަށްވެހިކަން ބަދަލުކުރަން އެދޭ ރަށެއްގެ ރަށު/ސިޓި ކައުންސިލުން، އެކަން މިކައުންސިލަށް އަންގަވާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ރަށްވެހިންގެ ރަޖިސްޓްރީން އެމީހެއްގެ ނަން އުނިކޮށް، ޑީ.އެން.އާރަށް މައުލޫމާތު ފޮނުވައިދެވޭނެއެވެ. އަދި ގޭގެ ރަޖިސްޓްރީ ގެނައުމުން ގޭގެ ރަޖިސްޓްރީންވެސް އުނިކުރެވޭނެއެވެ.

3.4.3    ވާދޫގެ އެއްގެއިން އަނެއް ގެޔަށް ބަދަލުވާނަމަ އެކަމަށް އެދޭ ފޯމް (ފޯމް R1) ފުރިހަމަ ކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުމުން ރަސްމީ 3 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ބަދަލުކޮށް، ޑީ.އެން.އާރަށް ފޮނުވޭނެއެވެ. އަދި ގޭގެ ރަޖިސްޓްރީ ގެނައުމުން ގޭގެ ރަޖިސްޓްރީންވެސް އުނި އަދި އިތުރު ކުރެވޭނެއެވެ.

3.4.4    މަރުވާ މީހުން ރަށްވެހިންގެ ރަޖިސްޓްރީން އުނިކުރުން

3.4.4.1 މަރު ފޯމު ހުށަހެޅުމުން، ރަސްމީ 3 ދުވަހުގެ ތެރޭގައި ރަށްވެހީންގެ ރަޖިސްޓްރީން އުނިކުރުމަށްފަހު، ނިޔާވެފައިވާކަމުގެ ލިޔުން ޑީ.އެން.އާރަށް ފޮނުވޭނެއެވެ. އަދި ގޭގެ ރަޖިސްޓްރީ ކައުންސިލަށް ހުށަހެޅުމުން، ރަޖިސްޓްރީން އުނިކުރެވޭނެއެވެ.

3.5

އައިޑީ ކާޑު ހެއްދުން

3.5.1 އައިޑީކާޑް ހެއްދުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު އިދާރާއަށް ހުށަހެޅުން.

3.5.2 އައިޑީކާޑުގެ ޚިދުމަތް ފޯރުކޮށްދެވޭނީ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި މި 3 ދުވަހުގެ މެންދުރު 12:00ން 14:00 ދެމެދުގައެވެ. ނަމަވެސް އައިޑީކާޑު ހެއްދުމަށް އެދި ރަސްމީ ކޮންމެ ދުވަހަކުވެސް ފޯމު ހުށަހެޅޭނެއެވެ. 

3.5.2    ފޯމު ހުށަހެޅުމުން އައިޑީކާޑު ހެއްދުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޙާޟިރުވާންވީ ދުވަހާއި ވަގުތު އެންގޭނެއެވެ. އަދި ކާޑުހެއްދުމަށް ބޭނުންވާ އެންމެހައިކަންކަން ފުރިހަމަކުރުމަށްފަހު ޑީއެންއާރަށް ފޮނުވޭނެއެވެ.

3.5.3    ނިމިފައިހުރި އައިޑީކާޑުތައް ކައުންސިލަށް ލިބޭތާ ގިނަވެގެން ރަސްމީ 3 ދުވަހުގެ ތެރޭގައި ކާޑުލިބިފައިވާކަމާއި އަދި ކާޑާއި ވެރިފަރާތަށް އެންގޭނެއެވެ.

3.6

ނަން ބަދަލުކުރުން

3.6.1 ނަން ބަދަލުކުރުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ހުށަހެޅުން.

3.6.2  10 އަހަރުންމަތީގެ މީހުންގެ ނަން ބަދަލުކޮށްދެވޭނީ ޤާނޫނީ ފޯމު (ޤާނޫނީ ފޯމު ދޫކުރިތާ 1މަސް ހަމަވުމުގެ ކުރިން)، ހުށަހެޅުމުންނެވެ.

3.6.3 ލިޔެކިޔުންތައް ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ޑީ.އެން.އާރަށް ފޮނުވޭނެއެވެ. އަދި ޑީ.އެން.އާރުން ޖަވާބުލިބޭ ތާރީޚުން ފެށިގެން ގިނަވެގެން 5 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

3.7

އުފަންތާރީޚް އިސްލާޙްކުރުން

3.7.1       އުފަންތާރީޚް ބަދަލުކުރުމަށް އެދޭ ސިޓީއާއިއެކު، ޝަރީޢަތް ނިންމި ކަމުގެ ލިޔުމާއެކު އިދާރާއަށް ހުށަހެޅުން.

3.7.2       ލިޔެކިޔުންތައް ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ޑީ.އެން.އާރަށް ފޮނުވޭނެއެވެ.

3.7.3       އުފަންތާރީޚް ޑީ.އެން.އާރުން ބަދަލުކުރިކަން މި އިދާރާއަށް އަންގާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ރަށްވެހިންގެ ރަޖިސްޓްރީއަށް ބަދަލުގެނެވޭނެއެވެ. އަދި ރަށްވެހިވެފައިވާ ގޭގެ ރަޖިސްޓްރީ ގެނައުމަށް އެންގޭނެއެވެ.

3.7.4       ގޭގެ ރަޖިސްޓްރީ އިދާރާއަށް ހުށަހެޅުމުން، އުފަންދުވަހަށް އައި ބަދަލު ރަޖިސްޓްރީއަށް ގެނެވޭނެއެވެ.

3.8

ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން

3.8.1    ނިޔާވިކަން ކައުންސިލަށް އެންގުމުން ލަސްނުކޮށް އެ ޢާއިލާއަކުން އެދޭ ގޮތަކަށް، ޖަނާޒާގެ ކަންކަން ހަމަޖައްސައިދިނުމަށް މަގުފަހިކޮށްދެވޭނެއެވެ.

3.8.2    ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށް ރަސްމީ ގަޑީގައިނަމަ ގުޅާނީ ކައުންސިލްގެ 4000299 ނަންބަރު ފޯނަށެވެ. ނުރަސްމީ  ގަޑީގައި 7916379 ނަންބަރު ފޯނާއި ގުޅުއްވުމުން، ޖަނާޒާގެ ކަންކަން ހަމަޖައްސައިދެވޭނެއެވެ. 

4

ޕެންޝަނާއި އެލަވަންސްތަކާ ގުޅޭ ޚިދުމަތްތައް

4.1

65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން

4.1.1    ޕެންޝަނަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު އިދާރާއަށް ހުށަހެޅުން.

4.1.2    ލިޔެކިޔުންތަކާއެކު ފޯމު ހުށަހަޅާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ޕެންޝަން އޮފީހަށް ފޮނުވޭނެއެވެ.

4.1.3    ޕެންޝަން އޮފީހުން މި އިދާރާއަށް ފޮނުވާ ފޯމުތަކަށް ލިބޭ ޖަވާބުތަކާއި މައުލޫމާތުތައް، ރަސްމީ 3 ދުވަހުގެ ތެރޭގައި އެފަރާތްތަކާ ހިއްސާކުރެވޭނެއެވެ.

4.2

އެކަނިވެރި މައިންގެ މާލީ އެހީތެރިކަމަށް އެދުން

4.2.1    އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު (NSPA-SP01) ފުރިހަމަ ކޮށް،  ފޯމާއިއެކު ހުށަހަޅަންޖެހޭ ޑޮކިޔުމަންޓްތަކާއެކު، އިދާރާއަށް ހުށަހެޅުން.

4.2.2    އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 1 ދުވަހުގެ ތެރޭގައި، އެންސްޕާއަށް ފޮނުވޭނެއެވެ.

4.2.3    މި އިދާރާއިން އެންސްޕާއަށް ފޮނުވާ ފޯމުތަކަށް ލިބޭ ޖަވާބުތަކާއި މައުލޫމާތު، ރަސްމީ 2 ދުވަހުގެ ތެރޭގައި އެފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.

4.3

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސަށް އެދުން

4.3.1    ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި މީހުން ހިމެނުމާއި، މާލީ އެހީތެރިކަމަށް އެދޭ ފޯމް (https://www.nspa.gov.mv/dh/wp-content/uploads/2016/01/Disability-Application-Form.pdf ) ފުރިހަމަކުރުމަށްފަހު އިދާރާއަށް ހުށަހެޅުން. މި ފޯމު ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

4.3.2       އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 1 ދުވަހުގެ ތެރޭގައި، އެންސްޕާއަށް ފޮނުވޭނެއެވެ.

4.3.3    މި އިދާރާއިން އެންސްޕާއަށް ފޮނުވާ ފޯމުތަކަށް ލިބޭ ޖަވާބުތަކާއި މައުލޫމާތު، ރަސްމީ 2 ދުވަހުގެ ތެރޭގައި އެފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.

5

އިމާރާތާއި ގޯތިގެދޮރާ ގުޅޭ ޚިދުމަތްތައް

5.1

ގޯތީގެ އިންވަކިކުރުމާއި، މަގުފާރަށް ބަދަލުގެނައުމާއި، ދޮރުކެނޑުން

5.1.1       އިންވަކިކުރާ ސަރަހައްދު މިންއެޅޭނޭހެން ސާފުކުރުމަށްފަހު، ގޯތީގެ ވަށާފާރު ރޭނުމަށް އެދޭ ފޯމު (ފޯމް S1) ފުރިހަމަކުރުމަށްފަހު ހުށަހެޅުން.

5.1.2       އިންވަކިކުރުމަށް ގޯތީގެ ވެރިފަރާތުން ގެންދަންޖެހޭ ތަކެއްޗާއި، ގޯތި އޮތްތަނަށް ޙާޟިރުވާން ޖެހޭ ތާރީޚާއި ގަޑި، ރަސްމީ 2 ދުވަހުގެ ތެރޭގައި ވެރިފަރާތަށް އެންގޭނެއެވެ.

5.1.3       މިންއެޅުމަށް ކައުންސިލުން ކަނޑައަޅާފައިވާ ވަގުތުގައި، ގޯތީގެ ވެރިފަރާތް ނުވަތަ ވެރިފަރާތް ކަނޑައަޅުއްވާ ފަރާތެއްގެ ހާޟިރުގައި  މިން އަޅައިދެވޭނެއެވެ.  އަދި މިން އަޅައިދޭތާ 1 ދުވަހުގެ ތެރޭގައި އިންފާރު ރޭނުމުގެ ހުއްދަ ދޫކުރެވޭނެއެވެ.

5.1.4       ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކުރުމަށްފަހު އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުހަލާތައް (މަތީގައިވާ ގޮތަށް) ކުރިޔަށް ގެންދެވޭނެއެވެ. މިހާލަތުގައި ޚިދުމަތުގެ މުއްދަތުގެ ގޮތުގައި ދުވަސް ގުނާނީ ގޯތި ސާފުކުރުމަށްފަހު އަންގާ ތާރީޚުން ފެށިގެންނެވެ. ފޯމު ހުށަހަޅާ ތާރީޚުން ފެށިގެންނެއް ނޫނެވެ.

5.2

ގޯތީގެ ނަން ފާސްކުރުން

5.2.1    ގޯތީގެ ނަން ފާސްކުރުމަށް އެދޭ ފޯމު (ފޯމް R9) ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުން

5.2.2    އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ނަން ފާސްކުރުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެއެވެ. އަދި ނަން ފާސްކުރިކަމުގެ ލިޔުން ވެރިފަރާތަށް ހަވާލުކުރެވޭނެއެވެ.

5.3

ގޯތީގެ ރަޖިސްޓްރީ ހެއްދުން

5.3.1       އަލަށް ދޫކުރެވޭ ބިންތަކުގެ ވަގުތީ ރަޖިސްޓްރީއެއް ކައުންސިލުން ދޫކުރެވޭނެއެވެ.

5.3.2       ގޯތި ރަޖިސްޓްރީ ހެއްދުމަށް އެދޭ ފޯމް (ފޯމް R4) ފުރިހަމަކުރުމަށްފަހު، ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ކައުންސިލަށް ހުށަހެޅުން.

5.3.3       އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި  ގޯތިގެދޮރުގެ ރަޖިސްޓްރީގައި ނަންބަރު ނޯޓުކޮށް، ބިމުގެ ރަޖިސްޓްރީގައި ދަފްތަރު ކުރެވޭނެއެވެ.

5.3.4       ލިޔުންތައް އިދާރާއަށް ލިބޭތާ ރަސްމީ 5 ދުވަހުގެ ތެރޭގައި ގޯތީގެ ރަޖިސްޓްރީ ހައްދައިދިނުމަށްފަހު، ރަޖިސްޓްރީގެ ވެރިފަތާއި ހަވާލުކުރެވޭނެއެވެ.  

5.3.5       ރަޖިސްޓްރީ އާކުރުމަށްނަމަ، ފޯމު ހުށަހަޅާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ކުރިން ހައްދާފައިވާ ރަޖިސްޓްރީ ބާޠިލުކޮށް އަލުން ރަޖިސްޓްރީ ހައްދައިދެވޭނެއެވެ. އަދި ކުރިން ހައްދާފައިވާ ރަޖިސްޓްރީ އިދާރާއަށް ނެގުމަށްފަހު، އަލަށް ހެއްދުނު ރަޖިސްޓްރީ ވެރިފަރާތާ ހަވާލުކުރެވޭނެއެވެ. ރަޖިސްޓްރީ ހަވާލުކުރެވޭނީ 100 (ސަތޭކަ) ރުފިޔާގެ ފީ އެއް ނެގުމަށްފަހުގައެވެ

5.3.6       ރަޖިސްޓްރީ ގެއްލިގެން ހައްދާނަމަ؛

5.3.6.1 އިމާރާތާއި ގޯތިގެ ރަޖިސްޓްރީ ހެއްދުމަށް އެދޭ ފޯމް (ފޯމް R4) ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ކައުންސިލަށް ހުށަހެޅުން

5.3.6.2 ލިޔެކިޔުންތައް ހުށަހަޅާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ރަޖިސްޓްރީއާބެހޭ މައުލޫމާތެއް ލިބިފައިވޭތޯ ބެލުމަށް ގެޒެޓްގައި އިއުލާންކުރެވޭނެއެވެ.

5.3.6.3 ރަޖިސްޓްރީއާ ބެހޭ އެއްވެސް މައުލޫމާތެއް 30 ދުވަހުގެ ތެރޭގައި ލިބިފައިނުވާނަމަ ރަސްމީ 02 ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީ ހެއްދުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެއެވެ.

5.3.7        ރަޖިސްޓްރީ ގެއްލިގެން އަލުން ހައްދައިދެވޭނީ 100 (ސަތޭކަ) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ.

5.4

އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެއްދުން

5.4.1          ރަޖިސްޓްރީ އަލަށް ހައްދާނަމަ؛

5.4.1.1 އިމާރާތާއި ގޯތި ރަޖިސްޓްރީ ކުރުމަށްޓަކައި ފޯމް (ފޯމް R4) ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ކައުންސިލަށް ހުށަހެޅުން

5.4.1.2 އިދާރާއަށް ލިޔެކިޔުންތައް ލިބެތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ރަޖިސްޓްރީ ހެއްދުމަށްފަހު ވެރިފަރާތާ ހަވާލުކުރެވޭނެއެވެ.  

5.4.2    ރަޖިސްޓްރީ އާކުރުމަށްނަމަ، ފޯމު ހުށަހަޅާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ކުރިން ހައްދާފައިވާ ރަޖިސްޓްރީ ބާޠިލުކޮށް އަލުން ރަޖިސްޓްރީ ހައްދައިދެވޭނެއެވެ. އަދި ކުރިން ހައްދާފައިވާ ރަޖިސްޓްރީ އިދާރާއަށް ނެގުމަށްފަހު، އަލަށް ހެއްދުނު ރަޖިސްޓްރީ ވެރިފަރާތާ ހަވާލުކުރެވޭނެއެވެ. ރަޖިސްޓްރީ ހަވާލުކުރެވޭނީ 100 (ސަތޭކަ) ރުފިޔާގެ ފީ އެއް ނެގުމަށްފަހުގައެވެ.

5.4.3          ރަޖިސްޓްރީ ގެއްލިގެން ހައްދާނަމަ؛

5.4.3.1 އިމާރާތާއި ގޯތިގެ ރަޖިސްޓްރީ ހެއްދުމަށް އެދޭ ފޯމް (ފޯމް R4) ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ކައުންސިލަށް ހުށަހެޅުން.

5.4.3.2 ލިޔެކިޔުންތައް ހުށަހަޅާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ރަޖިސްޓްރީއާބެހޭ މައުލޫމާތެއް ލިބިފައިވޭތޯ ބެލުމަށްފަހު ގެޒެޓްގައިއިއުލާންކުރެވޭނެއެވެ. 

5.4.3.3 ރަޖިސްޓްރީއާ ބެހޭ އެއްވެސް މައުލޫމާތެއް 30 ދުވަހުގެ ތެރޭގައި ލިބިފައިނުވާނަމަ ރަސްމީ 02 ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީ ހެއްދުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެއެވެ.

5.4.3.4 ރަޖިސްޓްރީ ގެއްލިގެން އަލުން ހައްދައިދެވޭނީ 100 (ސަތޭކަ) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ.

6

ދަތުރުފަތުރުގެ ކަންކަމާ ގުޅޭ ޚިދުމަތްތައް

6.2

ކަނޑު އުޅަނދު ރަޖިސްޓްރީ ކުރުމަށް ސާވޭކުރުން

6.2.1    އުޅަނދު ސަރވޭކުރުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ކައުންސިލް އިދާރާއަށް ހުށަހެޅުން.

6.2.2    ފޯމު، މި އިދާރާގެ ކައުންޓަރުންނާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން  www.transport.gov.mv ލިބެންހުންނާނެއެވެ.

6.2.3    އިދާރާއަށް ފޯމު ބަލައިގަނެވޭނީ ސާވޭކުރުމުގެ ފީ، 250 (ދުއިސައްތަ ފަންސާސް) ރުފިޔާ ދެއްކުމުންނެވެ.

6.2.4    އިދާރާއަށް ލިޔެކިޔުންތައް ހުށަހަޅާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، އުޅަނދު ސާވޭ ކުރަންދާނެ ތާރީޚާއި ވަގުތު، ޚިދުމަތަށް އެދޭފަރާތަށް އެންގޭނެއެވެ. އަދި ކަނޑައެޅޭ ތާރީޚުގައި އިދާރާގެ މުވައްޒަފަކު ޙާޟިރުވެ، ބަލަންޖެހޭ އެންމެހައި ކަންކަން މިންގަނޑަށް ފެތޭތޯ ބަލައި ޗެކްކުރެވޭނެއެވެ.

6.2.5    ސާވޭކޮށް ނިމޭތާ ރަސްމީ 5 ދުވަހުގެ ތެރޭގައި ސާވޭ ކުރިކަމުގެ ލިޔުން ހަވާލުކުރެވޭނެއެވެ.

6.4

އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން

6.4.1 އެއްގަމާއި ކަނޑު އުޅަނދު ދޫކުރުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ދިނުމަށް ކައުންސިލުން އިއުލާނުކުރުމުން އެއްގަމު/ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސަށް އެދޭ ފޯމު  ފުރިހަމަކުރުމަށްފަހު ލިޔެކިޔުންތަކާއެކު އިދާރާއަށް ހުށަހެޅުން

6.4.2 ފޯމު އިދާރާއަށް ބަލައިގަނެވޭނީ އެޑްމިން ފީ އަށް ވާ 100 (ސަތޭކަ) ރުފިޔާ ދެއްކުމުންނެވެ.

6.4.3 އިދާރާއަށް ލިޔެކިޔުންތައް ލިބުމުން އަމަލު ކުރަންވީ ގޮތުގެ އިރުޝާދު ދީ ލައިސަންސް ދިނުމުގެ އެންމެހައި ކަންކަން ކުރިޔަށް ގެންދެވޭނެއެވެ.

7

ވިޔަފާރިއާ ގުޅޭ ޚިދުމަތްތައް

7.1

ވިޔަފާރީގެ ނަން ފާސްކުރުން

7.1.1    ނަން ފާސްކުރުމަށް އެދޭ ފޯމު (ބިޒްނަސް ނޭމް ރެޖިސްޓްރޭޝަން ފޯމް G-002) ފުރިހަމަކުރެއްވުމަށްފަހު، ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއެކު ހުށަހެޅުން.

ފޯމުގެ ލިންކް: https://business.egov.mv/Home/LawsRegulation

(ވެބްސައިޓްއިން ފޯމްސްބައި ނެންގެވުމަށްފަހު، ބިޒްނަސް ނޭމް  ރަޖިސްޓްރޭޝަން ފޯމް ޑައުންލޯޑްކުރައްވާ)

7.1.2    އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 2 ދުވަހުގެ ތެރޭގައި ނަން ފާސްކުރުމަށް ޓްރޭޑް މިނިސްޓްރީއަށް ފޮނުވޭނެއެވެ.

7.1.3    ޓްރޭޑް މިނިސްޓްރީން މި އިދާރާއަށް ޖަވާބު ލިބޭތާ ރަސްމީ 2 ދުވަހުގެ ތެރޭގައި ނަން ފާސްވިކަމުގެ ލިޔުން ޚިދުމަތަށް އެދިލެއްވި ފަރާތާ ހަވާލުކުރެވޭނެއެވެ.

7.2

ވިޔަފާރި ރަޖިސްޓްރީކުރުން

 

7.2.1       ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުން؛

7.2.1.1 ވިޔަފާރި ހުއްދައަށް އެދޭ ފޯމު  (ބިޒްނަސް ރެޖިސްޓްރޭޝަން ފޯމް) ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ހުށަހެޅުން.

ފޯމުގެ ލިންކް: https://business.egov.mv/Home/LawsRegulation

(ވެބްސައިޓްއިން ''ފޯމްސް'' ނެންގެވުމަށްފަހު، ބިޒްނަސް ރަޖިސްޓްރޭޝަން ފޯމް ޑައުންލޯޑްކުރައްވާ)

7.2.1.2 އިދާރާއަށް ލިޔެކިޔުންތައް ލިބޭތާ ރަސްމީ 2 ދުވަހުގެ ތެރޭގައި، ހުށަހެޅި ލިޔެކިޔުންތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ފޮނުވައިދެވޭނެއެވެ. އަދި މިނިސްޓްރީން ހުއްދަ ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ވެރިފަރާތާ ހަވާލުކުރެވޭނެއެވެ.  

7.2.2       އިމްޕޯޓު މުދާ ވިއްކުމަށް ރަޖިސްޓްރީ ކުރުން؛

7.2.2.1 ވިޔަފާރި ހުއްދައަށް އެދޭ ފޯމު (B3) ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ހުށަހެޅުން.

7.2.2.2 ޚިދުމަތަށް އެދޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ތަނުގެ ފެންވަރު ބެލުމަށްފަހު ފެންވަރު ބަލާ ފޯމު (B5) ފުރިހަމަ ކުރެވޭނެއެވެ.

7.2.2.3 ފެންވަރު ބަލާ ނިމުމުން، ރަސްމީ 3 ދުވަހުގެ ތެރޭގައި ވިޔަފާރި ހުއްދަ ދޫކުރެވޭނެއެވެ. ފެންވަރު ބެލި އިރު، ރަނގަޅުކުރަން ޖެހޭ ކަމެއް ފާހަގަކުރެވުނުނަމަ، އެކަން ރަނގަޅުކުރުމަށް ވެރިފަރާތަށް އެންގޭނެއެވެ. އަދި އެކަންކަން ރަނގަޅު ކުރުމަށްފަހު އިދާރާއަށް އެންގުމުން، ހުއްދަ ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.

7.3

ވިޔަފާރި ރީ-ރަޖިސްޓްރީކުރުން

7.3.1    ވިޔަފާރި ހުއްދައަށް އެދޭ ފޯމު (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ އައުކުރަން އެދޭ ފޯމު) ފުރިހަމަކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ހުށަހެޅުން.

ފޯމުގެ ލިންކް: https://business.egov.mv/Home/LawsRegulation

(ވެބްސައިޓްއިން ފޯމްސްބައި ނެންގެވުމަށްފަހު، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ އައުކުރަން އެދޭ ފޯމް ޑައުންލޯޑްކުރައްވާ)

7.3.2    އިދާރާއަށް ލިޔެކިޔުންތައް ލިބޭތާ ރަސްމީ 2 ދުވަހުގެ ތެރޭގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލިޔެކިޔުންތައް ފޮނުވައިދެވޭނެއެވެ.

7.4

މަގުމަތީގައި މޭޒު ނުވަތަ ގާޑިޔާ ބަހައްޓައިގެން ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރުން

7.4.1    މަގުމަތީގައި މޭޒު ނުވަތަ ގާޑިޔާ ބަހައްޓައިގެން ވިޔަފާރިކުރުމުގެ ހުއްދައަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އިދާރާއަށް ހުށަހެޅުން

7.4.2    އިދާރާއަށް ފޯމު ހުށަހަޅާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ހުއްދަ ދެވޭނެއެވެ.

7.5

ރަށުން ބޭރުން އަންނަ ފަރާތްތަކަށް ރަށުގެ އެކި ސަރަހައްދުތަކުގައި ވަގުތީ ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުން

7.5.1       ރަށުން ބޭރުން އަންނަ ފަރާތްތަކުން ރަށުގެ އެކި ސަރަހައްދުތަކުގައި ވިޔަފާރި ކުރުމުގެ ހުއްދައަށް އެދޭ ފޯމް (ރ.ވާދޫގައި ވަގުތީގޮތުން ވިޔަފާރި ކުރުމުގެ ހުއްދައަށް އެދޭ ފޯމު) ފުރިހަމަކުރުމަށްފަހު، ލިޔުންތަކާއިއެކު އިދާރާއަށް ހުށަހެޅުން.

7.5.2       އިދާރާއަށް ފޯމު ހުށަހަޅާތާ ރަސްމީ 1 ދުވަހާއި 3 ދުވަހުގެ ތެރޭގައި ހުއްދަ ދޫކުރެވެން އޮތްނަމަ، އެކަން ހަމަޖައްސައިދެވޭނެއެވެ.

7.6

ފިހާރައިން ބޭރުގައި ތަކެތި ބެހެއްޓުން

7.6.1       ފިހާރައިން ބޭރުގައި ތަކެތި ބަހައްޓަން ބޭނުންވާނަމަ، ޚާއްސަ ބޭނުންތަކުގައި މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދައަށް އެދޭ ފޯމު (R5) ފުރިހަމަކުރުމަށްފަހު، ހުށަހެޅުން

7.6.2       އިދާރާއަށް ފޯމު ހުށަހަޅާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ހުއްދަ ދޫކުރެވޭނެއެވެ.

7.6.3    މި ހުއްދައިގެ ދަށުން ބަހައްޓާތަކެތި ބަހައްޓަންވާނީ އާއްމުންނަށް އުނދަގޫ ނުވާނޭހެން ފަސޭހައިން ނެގޭނެފަދަ ގޮތަކަށެވެ. އަދި ފިހާރަ ބަންދުކޮށްފައި ހުންނަ ވަގުތުތަކުގައި އެތަކެތި މަގުމަތިން ނަގަންވާނެއެވެ.

8

ކުނި މެނޭޖްކުރުން

8.1

ކުނި ކޮށްޓަށް ކުނި ގެންދިޔުން

8.1.1    ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު ކުނި ކޮށްޓަށް ކުނިގެންދެވޭނެއެވެ. ކުނިކޮށްޓަށް ކުނި ގެންދެވޭނެގޮތުގެ ތަފްސީލު ތިރީގައި އެވަނީއެވެ.

ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 6 ދުވަހު

ރަމަޟާން މަސް ނޫން މަސްތަކުގައި

ހެނދުނު 9:00 އިން 11:00 އަށް

-    ހެނދުނު 8:00 އިން 12:00 އަށް

- ހަވީރު 4:00 އިން 5:00 އަށް (ހަމައެކަނި ހޯމަ އަދި ބުދަ ދުވަހު )

 

8.2

އާންމު ސަރަހައްދުތަކުގައި ބެހެއްޓިފައިވާ ޑަސްބިންތައް ބޭނުންކުރުން

8.2.1    ރަށުގެ އާންމު އެކި ސަރަޙައްދުތަކުގައި އެކި ބާވަތުގެ ކުނި  އެޅުމަށް ޑަސްބިންތައް ބެހެއްޓިފައި ހުންނާނެއެވެ.

8.2.2    ޑަސްބިންތައް ބެހެއްޓިފައިވާ ސަރަޙައްދުތައް ފާހަގަކުރެވިފައިވާ ޗާޓެއް މި ޗާޓަރގެ އެންމެ ތިރީގައި ހިމެނިފައިވާނެއެވެ.

8.2.3    ޑަސްބިންތަކަށް ކުނި އަޅަންވާނީ ކުނި ވަކިކޮށް، އެ ބާވަތެއްގެ ކުންޏެއް އެޅުމަށް ޚާއްސަ ކުރެވިފައިވާ ޑަސްބިނަކަށެވެ.

8.3

ޚާއްސަ ކަންކަމާއި ގުޅިގެން (ބޮޑެތި ކެއްކުންތަކާއި، ސާފުކުރުމުގެ ޕްރޮގްރާމްތައް ފަދަ) ކުނިކޮށްޓަށް ކުނި ގެންދިއުން

8.3.1       ބޮޑެތި ކެއްކުންތަކުގައި ބޭނުންކުރުމަށް ޑަސްބިން ބޭނުންވާނަމަ 1 ދުވަސްކުރިން އިދާރާއަށް / ކައުންސިލް މެންބަރަކަށް ގުޅައި، ޚިދުމަތަށް އެދުމުން ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

8.3.2       ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގާނަމަ، އެކަން (ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ދުވަހުގެ 1 ދުވަސް ކުރިން) ކައުންސިލަށް އަންގަންވާނެއެވެ.

8.3.3       މިފަދަ ޕްރޮގްރާމްތަކުންވެސް ކުނިކޮށްޓަށް ކުނި ގެންދަންވާނީ ސެގްރިގޭޓް ކޮށްގެންނެވެ.

8.3.4       ކުނިކޮށްޓަށް ކުނި ގެންގޮސް، ކުނި ބަހައްޓަންވާނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ސަރަޙައްދުގައެވެ. 

9

އާންމު ޚިދުމަތްތައް

9.1

މަގު ބޭނުން ކުރުމުގެ ހުއްދަ ދޫކުރުން

9.1.1    މަގު ބަންދުކުރުމަށް ބޭނުންވާ ތާރީޚްގެ ރަސްމީ 1 ދުވަސް ކުރިން ޚާއްސަ ބޭނުންތަކުގައި މަގު ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އިދާރާއަށް ހުށަހެޅުން.

9.1.2    އިދާރާއަށް ފޯމު ހުށަހެޅުމާއެކު 1 ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މަގު ބޭނުންކުރުމުގެ ހުއްދަ ދޫކުރެވޭނެއެވެ.

9.1.3    މަގު ބޭނުންކުރުމުގެ ހުއްދައަށް ދެވިފައިވާ ވަގުތު ހަމަވުމުން ތަން ސާފުކުރަންވާނެއެވެ.

9.2

މަގު ކޮނުމުގެ ހުއްދަ ދޫކުރުން

9.2.1    މަގު ކޮނުމަށް ބޭނުންވާ ތާރީޚްގެ ރަސްމީ 1 ދުވަސް ކުރިން މަގު ކޮނުމުގެ ހުއްދައަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހެޅުމުން، އަމަލުކުރަންވީގޮތުގެ އިރުޝާދު ދެވޭނެއެވެ.

9.2.2    ފުރިހަމަކުރަންޖެހޭ ލިޔުންތަކާއިއެކު، އިދާރާއަށް ފޯމު ހުށަހެޅުމުން، ރަސްމީ 2 ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށްމަގު ކޮނުމުގެ ހުއްދަ ދޫކުރެވޭނެއެވެ.

9.3

ވަގުތީގޮތުން މަގުމަތީގައި ތަކެތި ބެހެއްޓުމުގެ ހުއްދަ ދޫކުރުން

9.3.1       މަގުމަތީގައި ތަކެތިބެހެއްޓުމަށް ބޭނުންވާ ތާރީޚްގެ ރަސްމީ 2 ދުވަސްކުރިން، ޚާއްސަ ބޭނުންތަކުގައި މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދައަށް އެދޭ ފޯމު (R5) ފުރިހަމަކުރުމަށްފަހު، ހުށަހެޅުން

9.3.2       އިދާރާއަށް ފޯމު ހުށަހަޅާ ރަސްމީ 3 ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ހުއްދަ ދޫކުރެވޭނެއެވެ.

9.3.3       މި ހުއްދައިގެ ދަށުން ބަހައްޓާތަކެތި ބަހައްޓަންވާނީ އާއްމުންނަށް އުނދަގޫ ނުވާނޭހެން ފަސޭހައިން ނެގޭނެފަދަ ގޮތަކަށެވެ. އަދި ހުއްދަ ދީފައިވާ ވަގުތު ހަމަވުމުން މަގުމަތިން ތަކެތި ނަގައި މަގު ސާފުކުރަންވާނެއެވެ.

9.4

މައިޒާންތަކާއި، ޕާކުތަކާއި، އިޖުތިމާޢީ ސަރަޙައްދުތައް އާންމު ބޭނުންތަކަށް ވަގުތީގޮތުން ދޫކުރުން

9.4.1       މައިޒާންތަކާއި، ޕާކުތަކާއި، އިޖުތިމާޢީ ސަރަޙައްދުތައް ބޭނުންކުރުމުގެ ހުއްދައަށް އެދި މިއިދާރާއަށް ސިޓީއަކުން ހުށަހެޅުން

9.4.2       ސިޓީ ހުށަހަޅާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ހުއްދަ ދޫކުރެވެން އޮތްނަމަ، ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތްވާގޮތުގެމަތިން، ހުއްދަ ހަމަޖައްސައިދެވޭނެއެވެ.

9.5

ދީނީ ދަރުސްތަކަށް މިސްކިތްތައް ދޫކުރުން

9.5.1       ދީނީ ދަރުސް ދިނުމަށް މިސްކިތް ބޭނުންކުރުމުގެ ހުއްދައަށް އެދި މިއިދާރާއަށް ސިޓީއަކުން ހުށަހެޅުން

9.5.2       ސިޓީ ހުށަހަޅާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ހުއްދަ ދޫކުރެވެން އޮތްނަމަ، ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތްވާގޮތުގެމަތިން، ހުއްދަ ދޫކުރެވޭނެއެވެ.

9.6

ކުޅިވަރު ދަނޑުތައް އާންމު ބޭނުންތަކަށް ދޫކުރުން

9.6.1       ކުޅިވަރު ދަނޑުތައް ބޭނުންކުރުމުގެ ހުއްދައަށް އެދި މިއިދާރާއަށް ސިޓީއަކުން ހުށަހެޅުން

9.6.2       ސިޓީ ހުށަހަޅާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ހުއްދަ ދޫކުރެވެން އޮތްނަމަ، ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތްވާގޮތުގެމަތިން، ހުއްދަ ދޫކުރެވޭނެއެވެ.

9.7

އެކި ބޭނުންތަކަށް ކުލީ ބިން ދޫކުރުން

9.7.1       ކުލީ ބިން ހޯދުމަށް އެދި މިއިދާރާއަށް ސިޓީއަކުން ހުށަހެޅުން

9.7.2       ސިޓީ ހުށަހަޅާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ކައުންސިލް ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރެވޭނެއެވެ.

9.7.3    ކައުންސިލުން ނިންމާ ނިންމުމެއްގެ މައްޗަށް ރިޢާޔަތްކޮށް، ރަސްމީ 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.

9.8

ލައުޑް ސްޕީކަރ ބޭނުންކުރުމާއި، އަޑުގަދަކޮށް ލަވަޖެހުމުގެ ހުއްދަ ދޫކުރުން

9.8.1       ލައުޑް ސްޕީކަރ ބޭނުންކުރުމާއި، އަޑުގަދަކޮށް ލަވަޖެހުމުގެ ހުއްދައަށް އެދި ސިޓީއަކުން އިދާރާއަށް ހުށަހެޅުން

9.8.2       ސިޓީ ހުށަހަޅާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ހުއްދަ ދޫކުރެވެން އޮތްނަމަ، ހުއްދަ ދެވޭނެއެވެ.

9.9

މަގުމަތީގައި އިއުލާނާއި އިޝްތިހާރު ހަރުކުރުމުގެ ހުއްދަ ދޫކުރުން

9.9.1       މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމުގެ ހުއްދައަށް އެދި ސިޓީއަކުން އިދާރާއަށް ހުށަހެޅުން

9.9.2 ސިޓީ ހުށަހަޅާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ކައުންސިލް ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރެވޭނެއެވެ.

9.9.3 ކައުންސިލްގެ ބައްދަލުވުމުން ނިންމާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ކައުންސިލުން ކަނޑައަޅުއްވާ ގޮތެއްގެމަތިން، އަމަލުކުރަންވީގޮތް އެންގޭނެއެވެ.

9.10

ގޭގޭގެ މަގު ހުރަހަށް ބެނާ، ދަނޑި، ދަގަނޑު، ޓިނު އަދި ވާފަދަ ތަކެތި ނެރުމުގެ ހުއްދަ ދޫކުރުން

9.10.1  ގޭގޭގެ މަގު ހުރަހަށް ބެނާ، ދަނޑި، ދަގަނޑު، ޓިނު ފަދަ ތަކެތި ނެރުމުގެ ހުއްދައަށް އެދި ސިޓީއަކުން މިއިދާރާއަށް ހުށަހެޅުން

9.10.2  ހުއްދަ ދޫކުރެވެން އޮތްނަމަ، ސިޓީ ހުށަހަޅާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ހުއްދަ ދޫކުރެވޭނެއެވެ.

9.11

ވާދޫގެ އިޙްތިޞާސް ހިމެނޭ ސަރަޙައްދުގައި ފިލްމު ނެގުމުގެ ހުއްދަ ދޫކުރުން

9.11.1  ވާދޫގެ އިޙްތިޞާސް ހިމެނޭ ސަރަޙައްދުގައި ފިލްމު ނެގުމުގެ  ހުއްދައަށް އެދި ސިޓީއަކުން މިއިދާރާއަށް ހުށަހެޅުން

9.11.2 އިދާރާއަށް ސިޓީ ލިބޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ކައުންސިލް ބައްދަލުވުމަށް މައްސަލަ އެޖެންޑާ ކުރެވޭނެއެވެ.

9.11.2  ކައުންސިލްގެ ބައްދަލުވުމުން ގޮތެއްނިންމަވާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ކައުންސިލުން ކަނޑައަޅުއްވާ ގޮތެއްގެމަތިން، ޖަވާބުދެވޭނެއެވެ.

9.12

ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި ތަކެތި ކުއްޔަށް ދޫކުރުން

 

9.12.1 ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަނެއް ކުއްޔަށް ނެގުމަށް ބޭނުންވާނަމަ، އެކަމަށް އެދި ސިޓީއެއް ހުށަހެޅުން

9.12.1.1  އިދާރާއަށް ސިޓީ ލިބޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ކައުންސިލް ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރެވޭނެއެވެ.

9.12.1.2 ކައުންސިލުން ނިންމަވާ ނިންމުމެއްގެ މައްޗަށް ރިޢާޔަތްކޮށް ރަސްމީ 3 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ.

9.12.1.3 ކުއްޔަށް ދޫކުރެވޭނީ، އެކަމަށް ކަނޑައެޅިފައިވާ އަގު ދެއްކުމަށްފަހުގައެވެ.

9.12.2 ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްޗެއް ކުއްޔަށް ނެގުމަށް ބޭނުންވާނަމަ، ކައުންސިލް އިދާރާއަށް ޙާޟިރުވުމުން، ތަކެތި ލިބޭނެގޮތް ހަމަޖައްސައިދެވޭނެއެވެ.

9.12.2.1 ތަކެތި ކުއްޔަށް ދޫކުރެވޭނީ، އެކަމަށް ކަނޑައެޅިފައިވާ ކުލި ބަލައިގަތުމަށްފަހުގައެވެ.

9.12.2.2 ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު ހަމަވުމަށްފަހު، އިތުރަށް ހިނގާ ދުވަސްތަކަށް، ކުލި ބަލައިގަންނާނީ، ތަކެތި އަނބުރާ ރައްދުކުރާ ތާރީހުގައެވެ.

9.13

އިމާރާތް ތަކުގެ ބަނޑުއެޅުމަށް ވެލި ދޫކުރުން

9.13.1  ވެލި ބޭނުންވާ ތާރީޚްގެ ރަސްމީ 3 ދުވަސްކުރިން، ރަށުތެރެއިން ވެލި ހޯދުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހެޅުން

9.13.2  އިދާރާއަށް ފޯމު ހުށަހަޅާ ރަސްމީ 3 ދުވަހުގެ ތެރޭގައި އަމަލުކުރަންވީގޮތް އެންގޭނެއެވެ.

9.14

ދޮންވެލި ދޫކުރުން

9.14.1  ދޮން ވެލި ބޭނުންވާ ތާރީޚްގެ ރަސްމީ 3 ދުވަސްކުރިން، ވާދޫގެ ފަޅުތެރެއިން ދޮންވެލި ހޯދުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހެޅުން

9.14.2 އިދާރާއަށް ފޯމު ހުށަހަޅާ ރަސްމީ 3 ދުވަހުގެ ތެރޭގައި އީޕީއޭއިން ހުއްދަ ދެއްވާފައިވާ ސަރަހައްދުން ވެލި ނެގުމުގެ ހުއްދަ ދޫކުރެވޭނެއެވެ.

9.15

ފަޅުގައި ބާއްވައިގެން އުޅަނދު މަރާމާތު ކުރުމުގެ ހުއްދަ ދޫކުރުން

9.15.1 ފަޅުގައި އުޅަނދު ބާއްވައިގެން މަރާމާތުކުރަން ބޭނުންވާނަމަ، އެކަމަށް އެދި ރަސްމީ 3 ދުވަސް ކުރިން ސިޓީއަކުން ހުށަހެޅުން

9.15.2 ސިޓީ ހުށަހަޅާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި ޤަވާއިދާއި އެއްގޮތަށް އެ ހުއްދަ ދޫކުރެވޭނެއެވެ.

 

ނޯޓް: ކައުންސިލުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކަށް އެދޭ ފޯމު މި އިދާރާގެ ވެބްސައިޓް (https://vaadhoo.gov.mv) އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.

ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން

މި އިދާރާއިން ދޭ ޚިދުމަތްތަކާ ގުޅޭގޮތުން ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ނުވަތަ ޚިދުމަތަށް ފާޑުކިޔުމުގެ ގޮތުން ހުށަހެޅޭ ހުށަހެޅުންތަކަށް މަރުޙަބާ ކިޔަމެވެ. ހުށަހެޅުން ފޮނުވާނީ [email protected]  އީމެއިލަށް ނުވަތަ ކައުންސިލްގެ ރައީސަށް އެޑްރެސްކޮށް، ލިޔުމަކުންނެވެ. ނުވަތަ މި އިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅައިގެންވެސް ހުށަހެޅޭނެއެވެ. މިފަދަ ހުށަހެޅުންތައް ބަލައިގަނެ، ރަނގަޅު ކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެއެވެ.

ފޯނު ނަންބަރު: 4000299

އީމެއިލް: [email protected]

ވެބްސައިޓް: www.vaadhoo.gov.mv

 

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ

ވާދޫ، ދިވެހިރާއްޖެ.

 

 

 

 

25 ނޮވެންބަރު 2021