ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)KRH-HR/2021/89
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 17:44
ސުންގަޑި: 07 ޑިސެންބަރު 2021 14:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސްޕީޗް ތެރަޕިސްޓް މަގާމަށް މީހުން ބޭނުންވެއްޖެ

 

 

މި އިޢުލާނަކީ ބިދޭސީ މުވައްޒަފުންގެ ބަދަލުގައި ދިވެހި މުވައްޒަފުން ހޯދުމަށް ކުރެވިފައިވާ އިޢުލާނެކެވެ.

މަޤާމު

ސްޕީޗް ތެރަޕިސްޓް

މަޤާމުގެ ނަންބަރު

-

ބޭނުންވާ އަދަދު

02 (ދެއެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޓެކްނިކަލް އޮފިސަރ 2

މަޤާމުގެ ކްލެސިފިކޭޝަން:

އެމް. އެސް 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

މުސާރަ:

-/6295

ސަރވިސް އެލަވަންސް:

-/2500

އެހެނިހެން އެލަވަންސް

 

 

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  3. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް
  4. ޓެކްނިކަލް ކޯ އެލަވެންސްގެ ގޮތުގައި މުސާރައިގެ 28%

 

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް          

މައިގަނޑު މަސައްކަތްތައް

  1. ޕޭޝަންޓުންގެ ބަލި ދެނެގަތުމުގައި ބަލި މީހުންނާއި މުއާމަލާތް ކޮށްގެން ވާހަކަ ދެއްކުމުގައި އަދި ބަސް ބޭނުން ކުރުމުގައި އުނދަގޫކަން ހުރި މިންވަރު ދެނެގަތުން.
  2. ފަރުވާއަށް އެދި އަންނަ މީހުންގެ ވާހަކަ ދެއްކުމުގައި ހުރި އުނދަގޫތައް ދެނެގަތުމަށްޓަކައި "ބޭސިކް ރީޑިންގ، ވޯކަލައިޒިންގ ޓާސްކް" ފަދަ ސްޓޭންޑަޑައިޒް ޓެސްޓުތައް ހެދުން. ފަރުވާ ކުރިއަށް ގެންދާނެ އެކިއެކި ގޮތްތައް ދެނެގަތުން.
  3. ވަކި ވަކި ބަލިމީހުންނަށް ބޭނުންވާ ފަރުވާގެ ޕްލޭނެއް އެކުލަވާލައި ކުރިއަށް ގެންދިއުން.
  4. ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި ތަފާތު އަޑުތައް ލެއްވުމާއި އަޑު އިސްލާހު ކުރުމަށް ބަލިމީހުންނަށް ދަސްކޮށްދިނުން.
  5. ވާހަކަ ނުދެއްކޭ ނުވަތަ ވަރަށް ކުޑަކޮށް ވާހަކަ ދެއްކޭ ބަލިމީހުންނަށް މުއާމަލާތް ކުރުމަށް އެހެނިހެން ގޮތްތައް (ސައިން ލެނގުއޭޖް) ދަސްކޮށްދިނުން.
  6. ޕޭޝަންޓުންގެ ލިޔުމާއި ކިޔުމުގެ ހުނަރު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރުން.
  7. ކާތަކެތި ދިރުވުމަށް ބޭނުން ކުރާ މަސްތައް ވަރުގަދަ ކުރުމަށާއި ތަރައްގީ ކުރުމަށް ބަލިމީހުންނާއެކު މަސައްކަތް ކުރުން.
  8. ވާހަކަ ދެއްކުމުގައި ނުކުޅެދުންތެރިކަން ހުންނަ ބަލިމީހުންނާއި ބެލެނިވެރިންނަށް މި ކަންތަކާއި ކުރިމަތިލުމަށް ހިތްވަރު ދިނުމާއި ވާހަކަ ދެއްކުން.
  9. ސެޝަންތަކުގައި ކުރިއަށް ގެންދެވޭ ފަރުވާ / ހަރަކާތްތައް ގޭގައި ކުރިއަށް ގެންދިއުމަށްޓަކައި ބެލެނިވެރިންނަށް ތަމްރީނު ދިނުން.
  10. ބޭނުންވެއްޖެ ހާލަތެއްގައި ކްލިނިކަލް ދާއިރާގެ ކޮންސަލްޓަންޓުން، ސައިކޮލޮޖިސްޓުން އަދި އިޖްތިމާއީ މަސައްކަތްތެރިންނާއެކު އެދެވޭ ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރުން.

މަގާމުގެ ޝަރުތު

 ސްޕީޗް ތެރަޕީގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 

ގުޅޭ ވަޒީފާގެ ދާއިރާ

ސްޕީޗް ތެރަޕީ

ތައުލީމީ ރޮނގުތައް

ސްޕީޗް ޕެތަލޮޖީ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://krh.gov.mv/wp-content/uploads/2021/06/Civil-Service-Job-Application_Form_NEW.docx
  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ގައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ

ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ

ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ  އަދާކޮށްފައިވާ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

  1. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ("ދިވެހިރާއްޖޭގެ ބާ ކައުންސިލުންގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމާއި ބެހޭ ޤަވާއިދު" ގައިވާ ގޮތުގެ މަތިން) ޖާހާފައިވާ ލިޔުން.
  2. ސިވިލް ސާރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓުގެ ކޮޕީ
  3. މުއްދަތު ހަމަނުވާ ލައިސެންސްގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 07ޑިސެމްބަރު 2021  ވަނަ ދުވަހުގެ 14:00 ގެ ކުރިން ޢިއުލާން ކުރެވިފައިވާ ހޮސްޕިޓަލަށާއި ހެލްތު ސެންޓަރުތަކަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މެއިލް ކުރައްވާނަމަ އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި  އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިންޓަރވިއު އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2021 ޑިސެމްބަރު 08 އާއި 2021 ޑިސެމްބަރު 30 އާއި ދެމެދު މި ހޮސްޕިޓަލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ޚާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން ކުރިމަތިލާ ހޮސްޕިޓަލް/ޞިއްޙީ މަރުކަޒެއްގެ ނޯޓިސްބޯޑްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ކުރިމަތިލާ ހޮސްޕިޓަލް/ޞިއްޙީ މަރުކަޒަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6521661  އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

30 ނޮވެންބަރު 2021