ބީލަން
ނަންބަރު: (IUL)321/321/2021/181
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:51
ސުންގަޑި: 09 ޑިސެންބަރު 2021 13:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ތުޅާދޫ ފުޓުބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 

ބ. ތުޅާދޫ  ފުޓުބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

  1. މިނިސްޓްރީ އޮފްޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން ބ. ތުޅާދޫގައި ގާއިމްކޮށްދޭ ފުޓުބޯޅަދަނޑުގެ ވަށާފާރުރޭނުމާއި، ފެންސްޖެހުމާ އަދި ގޯލް ފެންސްޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރްޠުހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް އަރުވަމެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މި އިދާރާއިން ދޫކުރާ "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރާފޯމް" ފުރިހަމަކުރެއްވުމަށްފަހު، 2021 ޑިސެމްބަރު 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުމުން ނުވަތަ  މިއިދާރާގެ ރަސްމީ އީމެއިލް[email protected]އަށް މެއިލްކުރެއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވީކަން ޔަޤީންކުރަންވާނީ، ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މި ބީލަމާގުޅޭގޮތުން އިތުރުމަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 05 ޑިސެމްބަރު 2021 ންފެށިގެން 09 ޑިސެމްބަރު 2021 ވާބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުމުން އެކަމުގެ މަޢުލޫމާތު ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީކޮށްފައިވާ ހުރިހާ ބީލަންވެރިންނަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
  3. ބީލަންތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ، 2021 ޑިސެމްބަރު 16 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި މިއިދާރާގެ މީޓިންގރޫމްގައެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަންބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. އެފަދަ ސިޓީއެއްނެތި ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި، އިޢުލާނު ނަންބަރު އަދި ކޮންކަމަކާ ގުޅޭގޮތުން ހުށަހަޅާ ބީލަމެއްކަން ލިޔެވިފައި އޮންނަން ވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ، ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:30 ގައެވެ.
  4. މި މަސައްކަތާގުޅޭ ބީލަންފޮތް މިއިޢުލާނާއެކު ގެޒެޓްކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600006 ނަންބަރު ފޯނާއެވެ.
30 ނޮވެންބަރު 2021