މަސައްކަތް
ނަންބަރު: (IUL)295-B/2021/40
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 15 ޑިސެންބަރު 2021 11:00
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހޮޅުދޫގެ ވަށާމަގުގައި ލައިޓް ޕޯސްޓް ހަރުކުރުން

    ނަމްބަރ: (IUL)295-B/2021/40

          އިޢުލާން

 

ރަށުގެ ވަށާ މަގުތަކުގައި ސޯލާލައިޓް ޖެހުން

 

           ނ.ހޮޅުދޫގެ ވަށާމަގުގެ އަނދިރި ބައެއް ހިސާބުތަކުގައި ސޯލާލައިޓް ހަރުކުރުމަށް ބޭނުންވެއެވެ.  މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމުން މިމަސައްކަތާގުޅޭ މަޢުލޫމާތު ޝީޓް އެފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.

           މިމަސައްކަތަށް ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީގެ އިތުރުން ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 05 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 11:00 ގެނިޔަލަށެވެ. މިމުއްދަތުގައި ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ރަޖިސްޓްރޭޝަން ޝީޓް މެއިލް ކުރައްވާއިރު ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

ބިޑް ހުށަހެޅުން

           ބިޑް ހުށަހަޅާނީ 15 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:00 ގެކުރިން މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާއަށެވެ. ބިޑްތައް މިއިދާރާގެ މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެއެވެ. ބިޑްތައް ކެނޑުމަށް ހަމަޖެހިފައިވަނީ 15 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:05 ގައި މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލް އިދާރާގެ މީޓިންގ ހޯލްގައެވެ. އަދި ބިޑް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ޙާޟިރުވާނަމަ އިއުތިރާޟެއްނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

           އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ރަސްމީގަޑީގައި ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

ފޯން : 6560009

 

 ނޯޓް:

          މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސަސްގެ ކޮންމެ ވަގުތެއްގައި ވެސް ބާޠިލު ކުރުމުގެ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

 

30 ނޮވެމްބަރ 2021

30 ނޮވެންބަރު 2021