ބީލަން
ނަންބަރު: B04MC/2021/01
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 12 ޑިސެންބަރު 2021 11:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުގައި އަމިއްލަތަކެތީގައި ފާހާނާއެއް ހަދާދޭނެ ފަރާތެއް ހޯދުމަށް

މިކޯޓުގައި އަމިއްލަ ތަކެތީގައި 4 ފޫޓް 4  ފޫޓުގެ ފާހާނާއެއް ހެދުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ހދ.ފިނޭ މެޖިސްޓްރޭޓް ކޯޓް

ތަން: ހދ.ފިނޭ މެޖިސްޓްރޭޓް ކޯޓް

ވަގުތު: 12/12/2021 ވާ އާދީއްތަ ދުވަހުގެ 11:00

ވަގުތު:14/12/2021 ވާ އަންގާރަ ދުވަހުގެ 11:00

 

މަޢުލޫމާތް ސާފްކުރުމުށާއި، އަންދާސީހިސާބް ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތުހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި މީހާކު ފޮނުވާނަމަ އެކަން ބާޔާންކޮށްފައިވާ ސިޓިއެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މަޢުލާމާތު ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫން ނަންބަރު 2014/18)ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫން ނަންބަރު؛ 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 ނޮވެންބަރު 2021