ދިވެހިރާއްޖެ
c
ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ވ.ތިނަދޫ، ދިވެހިރާއްޖެ
ސަރވިސް ޗާޓަރ
ރިވިޝަން: - |
30 ނޮވެމްބަރ 2021 |
އާންމު ކުރެވުނު ތާރީޙް: |
ތަޢާރަފު
ތަޢާރަފް؛ މިއީ، ރަށުކައުންސިލް އިދާރާއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށްޓަކައި އެކުލަވާލާފައިވާ ސަރވިސް ޗާޓަރެވެ.
|
ވިޝަން
ކައުންސިލްގެ އިދާރާއަކީ، މުޅިރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ކަންކަން އެކަށަހަޅައި، ރަށުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި، ސަރުކާރާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ސިޔާސަތުތަކަށް ފެތޭގޮތަށް، ހުނަރުވެރިކަމާއެކު، އެންމެންގުޅިގެން މަސައްކަތްކުރާ، އިޚްލާޞްތެރިކަމާއެކު ޚިދުމަތްދޭ، ޤާބިލު ޒިންމާދާރު މުވައްޒަފުން ތިބި، ނަތީޖާ ޙާޞިލުކުރާ، ނަމޫނާ ދައްކައިދޭ ރަށުކައުންސިލްގެ އިދާރާއަކަށްވުން.
|
މިޝަން
ލާމަރުކަޒުކޮށް ރަށް ހިންގުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މައްޗަށް ބިނާކޮށް، ރަށުގެ ރައްޔިތުންގެ ކަންކަން ތަރުތީބުކޮށް ސަރުކާރާއި ދަޢުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅައި ޚިދުމަތްތައް ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އެންމެ އިސްފަރާތަކީ، ރަށުކައުންސިލްކަމަށްވުމާއެކު، ކައުންސިލްގެ މަސްޢޫލިއްޔަތުތަކާއި، ނިންމުންތައް ތަންފީޒުކުރުމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ދިނުމާއި، ކައުންސިލްގެ ސިޔާސަތުތައް އެކަށައެޅުމަށް ބޭނުންވާ ތަފާސްހިސާބުތަކާއި މަޢުލޫމާތު އެއްކޮށް، ކައުންސިލަށް ފޯރުކޮށްދީ، ވިލަރެސްކޮށް ބެލެހެއްޓުމާއި ވަޒަންކުރުމުގައި ކައުންސިލަށް އެއްބާރުލުންދީ އެހީތެރިކަން ދިނުން. |
ޙިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް:
- ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިނިތުންވުމާއެކު މަރުޙަބާކިޔައި، އިޙްތިރާމާއެކު މުޢާމަލާތްކުރުން.
- ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުންތައް އަޑުއަހައި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
- ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުންގުޅިގެން މަސައްކަތްކުރުން
- ނަޒާޙަތްތެރިކަމާއެކު ހަމަހަމަކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން.
- ޚިދުމަތް ހޯދުމަށް އައި ތަރުތީބަށް އިސްކަންދީގެން ޚިދުމަތް ދިނުން.
- ޚިދުމަތް ހޯދުމަށް އަންނަ އިސްރައްވެހިންނާއި، ދަޢުލަތާއި ރަށަށް ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތްތަކާއި ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޙާއްޞަ ސަމާލުކަމެއްދީ އިޙްތިރާމް އަދާކުރުން.
- ފޯނުންކުރާ މުޢާމަލާތްތަކުގައި އުފާވެރި އަޑަކުން މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ރިވެތިބަހުން ވާހަކަ ދެއްކުން.
ކައުންސިލް އިދާރާއިން ފޯރުކޮށްދޭ ޙިދުމަތްތަކުގެ މަގު ޗާޓު
މެންޑޭޓް
(ހ) ޤާނޫނު އަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ރަށް ހިންގައި، ރަށް ތަރައްޤީކޮށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުން. (ށ) ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި، މިގޮތުން އެކުލަވާލެވޭ ރަށުގެ ތަރައްޤީގެ ޕްލޭން އަތޮޅު ކައުންސިލަށް ފޮނުވުން. (ނ) ރަށު ކައުންސިލުން އެކުލަވާލައި އަތޮޅު ކައުންސިލަށް ފޮނުވާ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށު ކައުންސިލުން ތަންފީޛުކުރުމަށް ރަށު ކައުންސިލާ ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެމަތިން ތަންފީޛުކުރުން. (ރ) ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިނގާނުހިނގާގޮތް ބެލުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށާއި އަތޮޅު ކައުންސިލަށް އެހީތެރިވެދީ، ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛުކުރުމުގައި އަތޮޅު ކައުންސިލަށް ޖަވާބުދާރީވެ، މިނިސްޓްރީތަކުންނާއި އަތޮޅު ކައުންސިލުން ކަނޑައަޅާ ގޮތަކަށް ގަވާއިދުން ރިޕޯޓު ކުރުން. (ބ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި އެއާގުޅޭ ގަވާއިދު ހަދައި ހިންގުން. (ޅ) ދިވެހިރާއްޖޭގެ އިދާރީ ދާއިރަތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުން. (ކ) ރަށު ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތައް ބެލެހެއްޓުން. (އ) ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިލްކުކުރުމާއި އަދި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށްދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން. (ވ) އަތޮޅު ކައުންސިލްގެ ލަފަޔާއި އިރުޝާދުގެ މަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ފަޅާއި ބިން އެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި ދިނުން. (މ) އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި، މިޤާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެމަތިން، އެހެންފަރާތް ފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުން. (ފ) ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުން. (ދ) ކައުންސިލްގެ މެންބަރުން ބަދަލުވާ ޙާލަތްތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ޙާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން. (ތ) ކައުންސިލުން ދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރަތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީނެގުން. (ލ) މީހުންގެ އަމިއްލަ ބިންތަކާއި މުދާ ޢާންމު ބޭނުމަކަށްޓަކައި ކޮންމެހެން ނަގަންޖެހިއްޖެނަމަ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޢަދުލުވެރި ބަދަލު ދިނުމަށްފަހު އެފަދަ ތަންތަން ނެގުން. (ގ) ކައުންސިލްގެ ބެލުމުގެ ދަށުން ޚިދުމަތް ދެވޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި ރަށުގެ މަގުތަކާއި، ޕާކު ފަދަ ޢާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުން. (ޏ) ރަށްރަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގިތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން. (ސ) ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން. (ޑ) ދިވެހިރާއްޖޭގެ އިދާރީ ދާއިރަތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައިވާ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. (ޒ) ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކުރުމަށްފަހު ބޭނުންކުރުން.
|
ފެލިދެއަތޮޅު ފެލިދޫ ކައުންސިލް އިދާރާއިން ފޯރުކޮށްދޭ ޙިދުމަތްތައް
ފެންވަރު/ މިންގަނޑު |
މުއްދަތު |
ބޭނުންވާނެ ތަކެތި/ ލިޔެކިޔުންތައް |
މަރުހަލާތައް |
ޚިދުމަތްތައް |
# |
މަޑުމައިތިރިކަމާއި، ކެތްތެރިކަމާއިއެކީ ރީތިބަހުން މުޢާމަލާތްކުރުން. |
ވަގުތުން ދެވެން ހުރި މަޢުލޫމާތެއް ވަގުތުން ވަގުތަށް އެކަމާއިބެހޭ މުވައްޒަފު މެދުވެރިކޮށް ފޯރުކޮށްދިނުން.
|
ނެތް |
|
އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން. |
1 |
މައްސަލައާއިގުޅޭ ޖަވާބެއް ދެވެން ނެތް ހާލަތުގައި ދެން އަމަލުކުރަންޖެހޭގޮތެއް މައްސަލަ ހުށަހެޅުއްވި ފަރާތަށް ސާފުކޮށްދިނުން. |
ރަސްމީ މަސައްކަތު 3 ދުވަސްތެރޭގައި ޖަވާބު ދެވޭނެ. |
ސިޓީ. |
|
ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން. |
2 |
ބައްދަލުވުމުގެ ބޭނުން ގެއްލިގެން ނުދާނެ ފަދައިން މުއްދަތަށް ނިންމުން. |
ރަސްމީ މަސަޢްކަތު 1 އާއި 3 ދުވަސްތެރޭގައި. |
ނެތް. |
|
އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން |
3 |
ފޯމު ހޯދުމަށް އަންނަ ވަގުތުގައި ފޯމުދޫކުރުމާއި 1 ދުވަސްތެރޭގައި ފޯމުގެ މައުލޫމާތު ޗެކުކޮށް ހަވާލުކުރުން. |
ރަސްމީ މަސައްކަތު 1 ދުވަސްތެރޭގައި. |
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އެދޭ ފޯމް. އުފަންދުވަހުގެ ސެޓްފިކެޓް ކޮޕީ. އުފަންދުވަހުގެ ރަޖިސްޓްރީ ކޮޕީ. |
|
އައި.ޑީ.ކާޑު ހަދާ ފޯމުދޫކުރުމާއި ޗެކުކުރުން. |
4 |
ކައުންސިލަށް މަޢުލޫމާތު ލިބޭ ހިނދުން ފެށިގެން ހިނެވުމާއި ޖަނާޒާގެ ހުރިހާ ކަމެއް އިންތިޒާމްކޮށް ނިންމުން. |
1 ގަޑި އިރު. |
މަރުފޯމް. ކަފުނާއި ޖަނާޒާއަށް ބޭނުންވާތަކެތި. |
|
ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން |
5 |
ރަށްވެހިންގެ ރަޖިސްޓްރީންނާއި ގޭގެ ރަޖިސްޓްރީއިން އުނިކުރުން. |
ރަސްމީ މަސައްކަތު 2 ދުވަސް. |
މަރުފޯމް |
|
މަރުވާ މީހުން ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން |
6 |
މަޢުލޫމާތު ޞައްހަކަން ޔަގީންކުރުމާއި 7 ދުވަސްތެރޭގައި ރަޖިސްޓްރީއާއި ސެޓްފިކެޓް ހަވާލުކުރުން. |
ކައުންސިލުން ޑީ.އެން.އާރު އަށް ފޮނުވުމަށް 2 ދުވަސް. ޑީ.އެން.އާރު އިން ކައުންސިލަށް ފޮނުވުމަށް 3 ދުވަސް. ޑީ.އެން.އާރު އިން ޖަވާބު ލިބޭތާ 2 ދުވަސްތެރޭ ކައުންސިލުން ލިޔުންތައް ހަވާލުކުރެވޭނެ.
|
އަލަށް އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް އެދޭ ފޯމް. ފޫޅުމާ ފޯމް ކޮޕީ. ކައިވެނީގެ ސެޓްފިކެޓް އަސްލާއި ކޮޕީ. ވަރިކޮށްފައިވާނަ ވަރީގެ ސެޓްފިކެޓްގެ އަސްލާއި ކޮޕީ. މަންމައާއި ބައްޕަ އައި ބައްޕަ ފަރާތު ކާފަގެ އައިޑީކާޑް ކޮޕީ. ބިދޭސީއެއްނަމަ މަންމައާއި ބައްޕަގެ ޕާސްޕޯޓް ކޮޕީ. ރަޖިސްޓްރީކުރާ ގޭގެ ވެރިފަރާތުގެ އައިޑީކާޑް ކޮޕީ. |
|
އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިންގެ ) |
7 |
މަޢުލޫމާތު ޞައްހަކަން ޔަގީންކުރުމާއި 5 ދުވަސްތެރޭގައި ރަޖިސްޓްރީއާއި ސެޓްފިކެޓް ހަވާލުކުރުން. |
ރަސްމީ މަސައްކަތު 5 ދުވަސް. |
އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް އެދޭ ފޯމް. ފޫޅުމާ ފޯމް ކޮޕީ. ކުއްޖާއާއި،މަންމައާއި ބައްޕަ އައި ބައްޕަ ފަރާތު ކާފަގެ އައިޑީކާޑް ކޮޕީ. އާކުރުމަށް ހުށަހަޅާނަމަ ކުރިން ހަދާފައިވާ ސެޓްފިކެޓް ނުވަތަ ރަޖިސްޓްރީ. ޖޫރިމަނާ ފައިސާ. |
|
އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( ގެއްލިގެން އަލުން ހެއްދުމަށް އަދި އާކުރުމަށް ) |
8 |
|
|
|
|
ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ރަޖިސްޓްރީކުރުން |
9 |
އެޕްލިކޭޝަންގައިވާ މަޢުލޫމާތާއި އެރަށެއްގެ ކައުންސިލުން ލިބޭ މަޢުލޫމާތާއި އަޅާކިޔާ ޗެކްކުރުމާއި ރަސްމީ މަސައްކަތު 7 ދުވަސްތެރޭގައި މައްސަލަ ނިންމުން. |
އެމީހަކު ރަޖިސްޓްރީވެފައިވާ ރަށަކަށް ފޮނުވުމަށް 2 ދުވަސް. އެރަށެއްގެ ކައުންސިލުން ޖަވާބު ފޮނުވުމަށް 3 ދުވަސް. ރަޖިސްޓްރީކޮށް ޑީ.އެން.އާރު އަށް ފޮނުވުމަށް 2 ދުވަސް. |
ފެލިދޫ ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް. ބަދަލުވާންއެދޭ މީހާ ނުވަތަ މީހުންގެ އަ.ޑީ.ކާޑް ކޮޕީ. |
|
ރަށްވެހިކަން ބަދަލު ކުރުން |
10 |
މަޢުލޫމާތު ޞައްހަކަން ޔަގީންކުރުމާއި 5 ދުވަސްތެރޭގައި ރަޖިސްޓްރީއާއި ސެޓްފިކެޓް ހަވާލުކުރުން. |
ރަސްމީ މަސައްކަތު 5 ދުވަސް. |
އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް އަލަށް ހެއްދުމަށްފަހު ބަދަލު ގެނެސް އިސްލާހް ކުރުމަށް އެދޭ ފޯމް. އުފަންދުވަހުގެ ރަޖިސްޓްރީ އަސްލު. އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލު. މަންމައާއި ބައްޕަގެ އައިޑީކާޑް ކޮޕީ. ޤާނޫނީ ފޯމް (ފޯމް ދޫކުރިތާ 1 މަސްދުވަސް ހަމަނުވާ). ނަންބަދަލުކުރުމުގެ ފީ. |
|
ނަން ބަދަލުކުރުން ( 10 އަހަރުން މަތި ) |
11 |
މަޢުލޫމާތު ޞައްހަކަން ޔަގީންކުރުމާއި 5 ދުވަސްތެރޭގައި ރަޖިސްޓްރީއާއި ސެޓްފިކެޓް ހަވާލުކުރުން. |
ރަސްމީ މަސައްކަތު 5 ދުވަސް. |
އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް އަލަށް ހެއްދުމަށްފަހު ބަދަލު ގެނެސް އިސްލާހް ކުރުމަށް އެދޭ ފޯމް. އުފަންދުވަހުގެ ރަޖިސްޓްރީ އަސްލު. އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލު. މަންމައާއި ބައްޕަގެ އައިޑީކާޑް ކޮޕީ. |
|
ނަން ބަދަލުކުރުން ( 10 އަހަރުން ދަށް ) |
12 |
ހުއްދަތަކަށް ރިއާޔަތްކޮށް މުއްދަތުގެ ތެރޭގައި ޖަވާބެއް ދިނުން. |
ރަސްމީ މަސައްކަތު 2 ދުވަސް |
ސިޓީ. އިސްލާމިކް މިނިސްޓްރީން ދޫކޮސްފައިވާ ހުކުރު،އީދު އަދި ކޭތަ ނަމާދުކުރުމުގެ ހުއްދަ. |
|
ހުކުރު،އީދު އަދި ކޭތަ ނަމާދު ކުރުމަށް ހުށަހެޅުން |
13 |
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތަށް ހުރިހާ މަރުހަލާތަކެއް ކުރިޔަށް ގެންދިއުން. |
ކައުންސިލުން ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުމަށް 30 ދުވަސް. ސިވިލް ސަރވިސް ކޮމިޝަނުން ކައުންސިލަށް ޖަވާބު ފޮނުވުމަށް 15 ދުވަސް. ކޮމިޝަނުން ކައުންސިލަށް ޖަވާބު ލިބޭ ދުވަހު ވަޒީފާ ލިބޭ ފަރާތާއި ޗިޓް ހަވާލުކުރެވޭނެ. |
ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ). އައިޑީކާޑް ކޮޕީ. ސުކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ. ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިހާނުގެ ސެޓްފިކެޓްތައް. ހަޔަރ ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިހާނުގެ ސެޓްފިކެޓްތައް. މަތީ ތަޢުލީމުގެ ސެޓްފިކެޓްތައް. ވަޒީފާގެ ތަޖުރިބާގެ ލިޔުންތައް. ވަޒީފާއަށް އަދާކުރާ ފަރާތެއްނަމަ ވަޒީފާ އަދާކުރާތަނުން އިޢުތިރާޒް ނުކުރާކަމުގެ ލިޔުން.
|
|
ވަޒީފާއަށް އެދި ހުށަހެޅުން |
14 |
ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ބާބު 10 "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" އާއި އެއްގޮތަށް ކަންކަން ކުރިޔަށް ގެންދިއުން. |
ރަސްމީ މަސައްކަތު 14 ދުވަސްތެރޭގައި ބިޑްތަކާއި މެދު ނިންމާގޮތެއް އެންގުން. ޝާކުވާއެއް ހުށަހަޅައިފިނަމަ 2 ދުވަސްތެރޭ ޖަވާބު ދިނުން. |
އެސްޓިމޭޓް (ތަކެއްޗަށާއި މަސައްކަތުގެ ބައިތަކަށް ވަކިވަކިން ހިނގާނެކަމަށް އަންދާޒާ ކުރާ އަގާއި، ޖީ.އެސް.ޓީ ހިމަނައިގެން ޖުމްލަ ޕްރޮޖެކްޓްގެ އަގު ހިމެނުން) ޢިޢުލާނާއި ގުޅިގެން ތަޖުރިބާގެ ލިޔުން ހުށަހެޅުމަށް ބަޔާންކޮށްފައިވާނަމަ އެލިޔުންތައް. އިޢުލާންގައިވް ޕްރޮޖެކްޓާއި ގުޅިގެން ކުރެހުން ހުށަހެޅުމަށް ބަޔާންކޮށްފައިވާނަމަ އެކުރެހުންތައް. މުއްދަތް އިތުރުކުރުމަށް ހުށަހަޅާ ސިޓީ. |
|
އެސްޓިމޭޓާއި، ބީލަން ހުށަހެޅުން. |
15 |
ފައިސާ ބަލައިގަތުމަށްފަހު ފައިސާ ބަލައިގެންފައިދޭ ރަސީދު ވަގުތުން ހަވާލުކުރުން އަދި ބިލްގައި ފައިސާ ލިބުނުކަމަށް ސޮއިކޮށް ހަވާލުކުރުން. |
15 މިނެޓް. |
ބިލަކަށް ފައިސާ ދައްކާނަމަ އެކަމާއިގުޅޭ ބިލް. ފައިސާ ޓްރާންސްފަރ ސްލިޕް ނުވަތަ ޖަމާކުރި ލިޔުން. |
ü (7730000165844) ü Secretariat of the Felidhe Atoll thinadhoo Council |
ފައިސާ ބަލައިގަތުން |
16 |
ވިޔަފާރި ރަޖިސްޓްރީކުރުމަށް ހުށަޅާއިރު ބޭނުންވާ ހަރަކާތްތައް އަދި މަޤްޞަދުތަކުގައި ފާހަގަޖެހިފައިވާކަން ޔަގީންކުރުން. |
1 މަސްދުވަސް |
ނަން ފާސްކުރުމަށް/ ނަން ރިޒާވް ކުރުމަށް އެދޭ ފޯމް ވިޔަފާރި ރަޖިސްޓްރީ ކުރާ ފޯމް އައީޑިކާޑް ކޮޕީ. ފައިސާގެ ރަސީދު ނުވަތަ ޓްރާސްފަރ ސްލިޕް. ވިޔަފާރި ރަޖިސްޓްރީ ކުރުމަށް ދައްކާ ފީ. |
|
ވިޔަފާރި ރަޖިސްޓްރީކުރުން |
17 |
މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމާއި އެކަންކަމަށް ފީ ނެގުމާއިބެހޭ ގަވައިދުގައިވާ ކަންކަމަށް ބެލުން. |
ރަސްމީ މަސައްކަތު 7 ދުވަސް. |
ސިޓީ. ކާބޯތަކެތީގެ ވިޔަފާރި ކުރުމުގެ ހުއްދަ. ސާފުތާހިރު ކަމުގެ ސެޓްފިކެޓް.
|
|
މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުއްދަ ދިނުން |
18 |
ހުއްދަ ދޫކުރުމުގެ ކުރިން އުޅަނދުގެ ބާވަތާއި އުޅަނދުން ކުރާ ބޭނުމާއި އުޅަނދު ބޭއްވުމަށް ބޭނުންވާ ސަރަހައްދާއި ކަމަށް އެކަށީގެންވޭތޯ ބަލައި ގޮތެއް ނިންމުން. |
ރަސްމީ މަސައްކަތު 3 ދުވަސް |
ސިޓީ. އެހެން ފަރާތެއްގެ ގޯތީގައި ގަރާޖް ރަޖިސްޓްރީ ކުރާނަމަ ގޯތީގެ ވެރިފަރާތުން އިޢުތިރާޒް ނުކުރާކަމުގެ ސިޓީ ހުށަހަޅާ ފަރާތުގެ އައިޑީކާޑް ކޮޕީ. ގޯތީގެ ވެރިފަރާތުގެ އައިޑީކާޑް ކޮޕީ. |
|
ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅު ލީ އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން އެ އުޅަނދެއް ބޭއްވުމަށް ކަނޑައަޅާ ގަރާޖް ހުއްދަ ދޫކުރުން. |
19 |
ކައުންސިލުން ދޫކުރާ ތަކެތި އަނބުރާ ކައުންސިލާއި ހަވާލުކުރާއިރު އެތަކެތި ހުރީ ރަނގަޅު، ތަކެތި ގެންދިޔައިރު ހުރި ހާލަތުގައިކަން ޗެކުކޮށް ޔަގީންކުރުން. |
ތަކެތި ކުއްޔަށް ދޫކުރުމަށް 1 ދުވަސް. ތަކެތި ބަލައިގަތުމަށް 1 ދުވަސް. |
ތަކެތީގެ ފީ. |
|
ތަކެތި ކުއްޔަށް ދޫކުރުން |
20 |
ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިންޖަހާދިނުން. |
ރަސްމީ މަސައްކަތު 5 ދުވަސް |
ސިޓީ. |
- ގޯތީގެ ކަންމުޑިޖަހާ ނުވަތަ ކަންވަށްކުރާ ދިމާލުގެ އިމުންފެށިގެން ގޯތީގެ އެތެރެއަށް 10 ފޫޓްގެ ސަރަހައްދެއް ޚިދުމަތަށް އެދޭ ފަރާތުން ރަނގަޅަށް ސާފުކުރުން. - ގޯތީގެ އިމުގައި މިން އަޅަންޖެހިއްޖެ ނުވަތަ ބަލަން ބޭނުންވެއްޖެ ހިނދެއްގައި އެކަން ކުރެވޭގޮތަށް ގޯތީގެ އިމުގެ ކައިރީގައި ހުރި ތަކެތި ޚިދުމަތަށް އެދޭ ފަރާތުން ނަގާ ސާފުކުރުން. - ގޯތީގެ ކަންމުޑި ޖެހުމަށް ނުވަތަ ކަންވަށްކުރުމަށް ބޭނުންވާ ކަންވާރު އަދި ކަޑަޖެހުމަށް ބޭނުންކުރާ ތަކެތި ޚިދުމަތަށް އެދޭ ފަރާތުން ހޯދާ ތައްޔާރުކުރުން.
- ގޯތީގެ މިންތައް އަޅަންޖެހިއްޖެ ހާލަތެއްގައި ޗެކުކުރުން. - ގޯތީގެ މިނާއި ގުޅިގެން ދިމާވާ މައްސަލައަކާއި ގުޅިގެން ކޮށީގެ މިން އަޅަން ޖެހިއްޖެ ހާލަތެއްގައި މިންތައް ޗެކުކުރުން. - ގޯތީގެ ކަންމުޑި ޖަހާދިނުން ނުވަތަ 10 ފޫޓްގެ ރޭޑިއަސްއަށް ކަންވަށްކޮށްދީ މިން ފާހަގަކޮށްދިނުން. |
ގޯތީގެ ކަންމުޑި އެޅުމާއި ކަންވަށްކުރުން |
21 |
މަގުތަކާއި ގޯޅިތަކަށް ސީދާވާގޮތަށް އަދި އެގޯޗަކަށް ކަނޑައެޅިފައިވާ މިންތަކުން ބޭރުނުވާގޮތަށް މިންޖަހާދިނުން. |
ރަސްމީ މަސައްކަތު 5 ދުވަސް |
ސިޓީ. |
- ގޯތީގެ 4 ފަރާތު އިމާއި 4 ކަނުގައި މިންއަޅާ ފާހަގަޖެހޭގޮތަށް ގޯތި އޮންނަންވާނީ ރީތިކޮށް ސާފުކުރުން. - ގޯތީގެ އިން ފާހަގަކުރުމަށް ބޭނުންވާ ކަންވާރު އަދި ކަޑަޖެހުމަށް ބޭނުންކުރާ ތަކެތި ޚިދުމަތަށް އެދޭ ފަރާތުން ހޯދާ ތައްޔާރުކުރުން.
- ކައުންސިލް އިދާރާއިން ގޯތި ދޫކޮށްފައިވާ މިންތަކަށް އަދި ރަޖިސްޓްރީގައިވާ މިންތަކަށް ގޯތީގެ 4 ފަރާތުން މިންޖަހާ ގޯތީގެ 4 ކަން ފާހަގަކޮށް ކަޑަޖެހުން. |
ގޯތީގެ އިންވަކިކުރުން |
22 |
ގޯތި ރަޖިސްޓްރީ ހަދާދިނުމުގައި އަމަލުކުރާ އުސޫލުން ކުރަންޖެހޭ ކަންކަން އިސްފަސް ނުވާގޮތަށް ގެންދިއުން. |
ރަސްމީ މަސައްކަތު 14 ދުވަސް
|
ގޯތި ރަޖިސްޓްރީކޮށްދޭ ފޯމް. ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ. ހިބަ، ތަރިކަ، ވަޞިއްޔަތް، ލާޖެއްސުން، ގަނެވިއްކުން ނުވަތަ ގޯތި ބައިކޮށްގެން ލިބޭ ބައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާނަމަ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް.
|
|
ގޯތީގެ ރަޖިސްޓަރީ އަލަށް ނުވަތަ ގެއްލިގެން ހެއްދުން |
23 |
ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި އެފަދަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީ ކުރުމާއިބެހޭ ގަވާއިދާއި އެއްގޮތަށް އަމަލުކުރުން. |
ރަސްމީ މަސައްކަތު 14 ދުވަސް |
އިމާރާތާއި ގޯތި ރަޖިސްޓްރީކޮށްދޭ ފޯމް. ގޯތީގެ ރަޖިސްޓްރީގެ ކޮޕީ. ޚިދުމަތަށް އެދޭ ފަރާތްތަކުގެ/ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ. ހިބަ، ތަރިކަ، ވަޞިއްޔަތް، ލާޖެއްސުން، ގަނެވިއްކުން، ގޯތި ބައިކޮށްގެން ނުވަތަ އަމިއްލަކުރުމަށް ފަހު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާނަމަ ކުރީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ އަސްލު. |
|
އަލަށް ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން |
24 |
ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި އެފަދަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީ ކުރުމާއިބެހޭ ގަވާއިދާއި އެއްގޮތަށް އަމަލުކުރުން. |
ރަސްމީ މަސައްކަތު 14 ދުވަސް |
ރަޖިސްޓްރީ ގެއްލިގެން އަލުން ހައްދާ ދިނުމަށް އެދޭ ސިޓީ. އިމާރާތާއި ގޯތި ރަޖިސްޓްރީކޮށްދޭ ފޯމް. ގޯތީގެ ރަޖިސްޓްރީގެ ކޮޕީ. ޚިދުމަތަށް އެދޭ ފަރާތްތަކުގެ/ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ. ބިމާއި ގޯތިގެދޮރުގެ ރަޖިސްޓްރީއާއި، ފަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރާ ފޯމް.
|
|
އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުން |
25 |
ގޯތި އަކަކޮށް ދައްކަންޖެހޭ ފައިސާގެ ޢަދަދު ހިސާބުކުރުމުގައި ގޯތީގެ އަސްލު މިންތަކަށް ރިއާޔަތްކުރުމާއި ގޯތީގެ އަމިއްލަ ރަޖިސްޓްރީ ހަދާދިނުމުގެ ކުރިން ގޯތި އަމިއްލަކުރުމުގެ ހުރިހާ މަރުހަލާއެއް ނިމި ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމިފައިވާކަން ޔަގީންކުރުން. |
ރަސްމީ މަސައްކަތު 21 ދުވަސް. |
ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށް އެދޭ ފޯމް. އިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ. ރަޖިސްޓްރީ ބަދަލުކުރުން. ޙިދުމަތަށް އެދޭފޯމް. (ގޯތި ރަޖިސްޓްރީކޮށްދޭ ފޯމް ނުވަތަ ޢިމާރާތާއި ގޯތި ރަޖިސްޓްރީކޮށްދޭ ފޯމް) ގޯތި އަމިއްލަކުރުމަށް ފައިސާ ދެއްކި ރަސީދު ނުވަތަ ޓްރާންސްފަރ ސްލިޕް. ގޯތި ރަޖިސްޓްރީގެ އަސްލު. އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ބަދަލުކުރާނަމަ އަސްލު. |
ރަޖިސްޓްރީ ބަދަލުކުރުން.
|
ބަންޑާރަގޯތި އަމިއްލަކުރުމާއި އަމިއްލަ ގޯތި ރަޖިސްޓްރީކުރުން. |
26 |
ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވައިދުގައިވާ ކަންކަމަށް ރިއާޔަތްކުރުން. |
ރަސްމީ މަސައްކަތު 2 ދުވަސް. |
ސިޓީ. |
|
މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުން |
27 |
މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާއިބެހޭ ގަވައިދުގައިވާ ކަންކަމަށް ބެލުން. |
ރަސްމީ މަސައްކަތު 2 ދުވަސް. |
މަގުކޮނުމުގެ ހުއްދައަށް އެދޭ ފޯމް. |
|
މަގު ކޮނުމުގެ ހުއްދަ ދޫކުރުން |
28 |
ރަށުގައި އިމާރާތްކުރުމަށް ކައުންސިލުން ފާސްކޮށްފައިވާ މިންތަކަށް ރިއާޔަތްކުރުމާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގެ ޢިމާރާތްކުރުމުގެ ޤަވައިދުގައިވާ ކަންކަމަށް ބެލުމަށްފަހު ހުއްދަ ދޫކުރުން. |
ރަސްމީ މަސައްކަތު 21 ދުވަސް. |
އިމާރާތުގެ ވެރިފަރާތުން ހުއްދައަށް އެދޭ ސިޓީ. ޢިމާރާތްކުރުމުގެ ކުރެހުން ފާސްކުރުމާއި ހުއްދައަށް އެދޭ ފޯމު. ގޯތީގެ ރަޖިސްޓްރީގެ ކޮޕީ. ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީ.. ޕަވަރ އޮފް އެޓާރނީ ލިބިފައިވާ ފަރާތުގެ ސިޓީ އަދި އައިޑީކާޑު ގެ ކޮޕީ. ކުރެހުންސެޓުގެ 1 އަޞްލާއި 2 ކޮޕީ. މުޅި ކުރެހުންސެޓުގެ ސޮފްޓް ކޮޕީ (DWG ފޯރމެޓަށް). ސްޓްރަކްޗަރަލް ކަލްކިއުލޭޝަން ސެޓު (ޕީ.ޑީ.އެފް ފައިލް). ސްޓްރަކްޗަރަލް ޗެކަރ ގެ މުއްދަތު ހަމަނުވާ ސެޓްފިކެޓް. އާކިޓެކްޗަރަލް ޗެކަރގެ މުއްދަތު ހަމަނުވާ ސެޓްފިކެޓް. ފައުންޑޭޝަން ޕްރޮޓެކްޝަން މެތަޑް. އާކިޓެކްޗަރަލް ޗެކްލިސްޓް B1-AC2 |
|
އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން |
29 |
ކައުންސިލުން އަދި ރަށުގެ އެހެނިހެން މުވައްސަސާތަކުން ހިންގާ ހަރަކާތްތަކާއި އާއްމުކޮށް އެތަންތަން ބޭނުންކުރާ އާއްމު ރައްޔިތުންނަށް ދަތި ނުވާނޭގޮތަށް ހުއްދަ ދިނުން. |
ރަސްމީ މަސައްކަތު 3 ދުވަސް. |
ސިޓީ އަކުން ހުށަހެޅުން |
|
ރަށުގެ އިޖްތިމާއީ ސަރަޙައްދުތަކާއި ކުޅިވަރުކުޅޭ ބިންތައް ޖަލްސާ، ހަފްލާ، ކުޅިވަރު އަދި އިޖްތިމާއީ ހަރަކާތްތައް ބޭއްވުމަށް ހުއްދަ ހޯދުން. |
30 |
ބީޗް ބޭނުންކުރުމުގައި އެތަންތަނުގައި ބަހައްޓާފައިވާ ތަކެއްޗަށް ރައްކާތެރިވުމާއި އިޖްތިމާއީ މިންގަނޑުތަކަށް އިޚްތިރާމްކުރުން. |
ރަސްމީ މަސައްކަތު 2 ދުވަސް. |
ބީޗް ބޭނުންކުރުމުގެ ފީ. |
|
ތިނަދޫގެ ރަށްވެހިންފިޔަވާ އެހެން ފަރާތްތަކުން ތިނަދޫ ރައްޔިތުންގެ ބީޗް އަދި ގެސްޓް ބީޗް ބޭނުންކުރުގެ ހުއްދަ ހޯދުން. |
31 |
މައްސަލައާއިގުޅޭ ޞައްހަ މަޢުލޫމާތު ފޯރުކޮށްދިނުން. |
21 ދުވަސް. |
"މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު" ގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދޭ ފޯމް،އައިޑީ ކާޑުގެ ކޮޕީ
|
|
ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ހުށަހަޅާ ފޯމް ތަކަށް ޖަވާބު ދިނުން |
32 |
ޙިދުމަތްތާކާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް:
ފޯން ނަންބަރު: 6700604
އީ-މެއިލް: [email protected]
އެޑްރެސް: ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ، ކަލޭފާނުމަގު، ވ.ތިނަދޫ، ދިވެހިރާއްޖެ.