ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)231-AH/231/2021/55
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 08 ޑިސެންބަރު 2021 14:00
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ (J-346141)

މަޤާމް :ކައުންސިލް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމް:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-346141

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ކައުންސިލް އޮފިސަރ  ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:

5610.00 ރުފިޔާ 

ސަރވިސް އެލެވަންސް:

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް

ސަޕޯޓިންގ ކޯ އެލަވަންސް 2 ގޮތުގައި މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަތޮޅު ކައުންސިލް އިދާރާއާއި، އިދާރާގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކަށާއި، ވަޞީލަތްތަކަށް ލިބޭ ގެއްލުންތައް ބަލައި، ތަނުގެ ފެސިލިޓީސް ބޭނުންކުރެވޭ ރަނގަޅު ހާލަތުގައި ބެހެއްޓުމަށް ބޭނުންވާ މަރާމާތުތައް ވެރިންގެ އިރުޝާދުގެ މަތިން ކުރުވުން.
  2. އަތޮޅު ކައުންސިލް އިދާރާގެ އެންމެހާ ޢިމާރާތްތަކާއި ޢިމާރާތްތައް ހިމެނޭ ބިންތަކާއި އެ ތަންތާނގެ ވަށައިގެންވާ ތަންތާނުގެ ރައްކާތެރިކަމަށާއި ހަލާކުވުން ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  3. އަތޮޅު ކައުންސިލް އިދާރާގެ އެއްގަމާއި، ކަނޑުގެ އުޅަނދު ފަހަރުގެ މަރާމާތަށް ބޭނުންވާ މަސައްކަތްތައް ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ރާވާ ހިންގުމާއި، އުޅަނދުފަހަރު އޮޕަރޭޝަންގައި ބޭއްވުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކަމާ ގުޅުންހުރި މުވައްޒަފުން މެދުވެރިކޮށް ކުރުވުން
  4. އަތޮޅު ކައުންސިލް އިދާރާގެ މެއިންޓެނަންސާ ގުޅޭ މަސައްކަތްތައް ކުރުމަށް ހުޅުވަންޖެހޭ ތަންތަން ހުޅުވައި، މަސައްކަތްކުރަމުންދާއިރު ތަނާއި ތަކެތި ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން.
  5. އަތޮޅު ކައުންސިލް އިދާރާއިން ކޮންޓްރެކްޓް އުޞޫލުން ކުރުމަށް ޙަވާލުކުރެވޭ މަސައްކަތްތަކުގެ މެއިންޓެނަންސް މަސައްކަތްތަކުގެ ލޮގް ރިޕޯޓާއި މަސައްކަތް ކުރިގޮތުގެ ރިޕޯޓް ފުރިހަމަ ކުރުން
  6. އަތޮޅުކައުންސިލް އިދާރާއާއި،އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ތަންތާގެ މެޝިނަރީ އާއި އިކްވިޕްމަންޓްސް ބެލެހެއްޓުން އަދި މިއިދާރާގެ ޢިމާރާތްތަކަށް ގެންނަޖެހޭ ބަދަލުތައް ގެނައުމާއި މަރާމާތުކުރުމަށް ބޭނުންވާ މަސައްކަތްތައް ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތީން ރާވާ ހިންގުން
  7. އަތޮޅު ކައުންސިލް އިދާރާގެ ލޮޖިސްޓިކް މަސައްކަތްތައް ކުރުވުމާއި، މީޓިންގ އަދި ޙަފްލާތަކަށް ބޭނުންވާ ލޮޖިސްޓިކް ސަޕޯރޓްދިނުމުގެ މަސައްކަތް ބެލެހެއްޓުން
  8. އަތޮޅުކައުންސިލް އިދާރާއާއި، އިދާރާގެ ބެލުމުގެދަށުގައި ހުންނަ އިމާރާތްތަކުގެ ހަރުމުދަލުގެއިންވެންޓްރީ ލިޔެ އަޕްޑޭޓް ކޮށް ބަލަހައްޓަމުން ގެންދިއުން
  9. އިދާރާއިން ބާވެގެން ނީލަންކިޔަން ޖެހޭ ތަކެއްޗާއި، ހަލާކުވެގެން ނައްތާލަންޖެހޭ ތަކެތީގެ ލިސްޓް ތައްޔާރުކޮށް ކަމާބެހޭ ޔުނިޓަށް ލިސްޓު ހުށަހެޅުން
  10. އަތޮޅުކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައިވާ އެންމެހާ އިމާރާތްތަކާއި ވަށާއިގެންވާ ސަރަޙައްދު ސާފުތާހިރު ކޮށްބެލެހެއްޓުމުގެ މަސައްކަތް ކަމާގުޅޭ މުވައްޒަފުން މެދުވެރިކޮށް ކުރުވުން
  11. ކައުންސިލްއިދާރާގެ ގޯތިތެރޭގައި ގަސްއިންދުމާއި ގަސްތަކަށްފެންދީ ،ގަސްތައްރީތިކޮށް ކޮށާ ބެލެހެއްޓުމުގެ މަސައްކަތް ކަމާބެހޭ މުވައްޒަފުން ލައްވާ ކުރުވުން
  12. ކައުންސިލްއިދާރާގެ ބެލުމުގެދަށުގައިވާ އިމާރާތް ތަކުގެ އެންމެހާ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އުނި/އިތުރު ދުވަހުން ދުވަހަށް އިންވެންޓްރީއަށް އަޕްޑޭޓްކޮށް އަދާހަމަކުރުން
  13. ކައުންސިލްގެއިދާރާ، ކައުންސިލްގެ ބެލުމުގެދަށުގައިވާ އިމާރާތްތަކަށް ބޭނުންވާ ތަކެތި ކަމާބެހޭ ސެކްޝަން/ޔުނިޓް އާއިވާހަކަ ދައްކައިގެން ހޯދުމަށް މަސައްކަތް ކުރުން
  14. ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓާއި ގުޅޭ މަސައްކަތްތައް ސެކްޝަން/ޔުނިޓްގެ ވެރިންގެ އިރުޝާދާއި އެއްގޮތްވާގޮތުގެ މަތީން ކުރުން
  15. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
  16. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން
  17. ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ، އެހެން ސެކްޝަނެއް/ ޔުނިޓެއްގެ މަސައްކަތްތައް ޚާއްޞަ ޙާލަތެއްގައި ވަގުތީ ގޮތުން ޙަވާލުކުރެވިއްޖެނަމަ، އެމަސައްކަތެއް ކުރުން

މަޤާމުގެ ޝަރުޠުތައް:

އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް އިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6  ގެ ސަނަދެއް ހާސިލްކޮށްފައިވުން.

- ގުޅޭވަޒީފާގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

- ތަޢުލީމީ ރޮނގުތައް ( ޕްރިފަރޑް )

އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، އެގްރިކަލްޗަރަލް ސައިންސް، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގ، ކޮމާސް، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް، ކޮމްޕިއުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން ، ކަލްޗަރ އެންޑް ހެރިޓޭޖް، ޑިމޮގްރަފީ، ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، އެންވަޔަރަންމެންޓަލް ސައިންސް، ފައިނޭންސް، ގަވަރނަންސް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް، ހިއުމަން ރިސޯސް، އިންފޮމޭޝަން ޓެކްނޮލޮޖީ،  އިންޓަނޭޝަނަލް ރިލޭޝަންސް، ލޯ، ލީޑަރޝިޕް ، ލައިބްރަރީ ސައިންސް، ލޯކަލް ގަވަރނަންސް، މެނޭޖްމަންޓް، މެރިން ސައިންސް، މާކެޓިންގ، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑިޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓު މެނޭޖުމަންޓު، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މޭނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަންސް، ޝަރީޢާ އެންޑް ލޯ ، ސޯޝަލް ސައިންސް ، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ސްޕޯޓްސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް ، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް، އަރބަން ޕްލޭނިންގ، އާބަން ސްޓަޑީޒް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

             

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)   ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠު ހަމަވުން
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ތަޢުލީމަށް ލިބިފައިވާ ތަޢުލީމު
  • ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލެންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް   
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

30%

5%

5%

5%

  • އެސެސްމަންޓް ( އިމްތިހާނު ނުވަތަ ޕްރެކްޓިކަލް )

20%

  • ލިބިފައިވާ ހުނަރު (އިންޓަރވިއު)

35%

 

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބޭ ޕޮއިންޓްގެ ޖުމްލަ %60 (ފަސްދޮޅަސް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ޑިސެމްބަރ 2021 ދުވަހުގެ 14:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމަންޓް އާއި އިންޓަވިއު އޮންނާނީ 09 ޑިސެމްބަރ 2021  އާއި 21 ޑިސެމްބަރ 2021 އާ ދެމެދު، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާ ގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) ޢާންމު ކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެވެބްސައިޓް ނުވަތަ މިއިދާރާގެ ފޭސްބުކް ޕޭޖް ގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620116 ނުވަތަ 6620120 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ ނަންބަރ: IUL)231-AH/231/2021/52) (29 ނޮވެމްބަރ 2021) އިޢުލާނު ބާޠިލް ކުރުމަށް ފަހު އަލުން އިޢުލާން ކުރީމެވެ.

30 ނޮވެންބަރު 2021