މަސައްކަތް
ނަންބަރު: (IUL)113-PD/1/2021/122
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 18:26
ސުންގަޑި: 02 ޑިސެންބަރު 2021 13:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް، ހުޅުމާލޭ ޓަރމިނަލް ޑިވޮލަޕްމަންޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް، ހުޅުމާލޭ ޓަރމިނަލް ޑިވޮލަޕްމަންޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ ކުރެވުނު ނަމްބަރު

IUL)113-PD/1/2021/113) އިއުލާން އާއި ގުޅިގެން އަގު ހުށައެޅުމަށް ހާޒިރުވެފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ ނަމްބަރު އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ވާގޮތަށް މައުލޫމާތު ސާފްކުރުމަށް ފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

ސައިޓް އިންސްޕެކްޝަން އާއި ރަޖިސްޓަރީވުން

02 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އެމް.ޕީ.އެލް ހެޑްއޮފީހަށް ވަޑައިގެން ހާޒިރުވެ މައުލޫމާތު ސާފުކޮށް ރަޖިސްޓަރވުން.

 ( ސައިޓް އިންސްޕެކްޝަން ބާއްވާ ތާރީހް މައުލޫމާތު ސެޝަންގައި ހިއްސާ  ކުރެވޭނެއެވެ. އަދި ސައިޓް އިންސްޕެކްޝަން އަށާއި މައުލޫމާތު ސެޝަންއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

 

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 12 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އެމްޕީއެލް ހެޑްއޮފީހަށް

ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

29 ނޮވެންބަރު 2021