ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)483/1/2021/24
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 08 ޑިސެންބަރު 2021 14:00
ޗިލްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
ޑިރެކްޓަރ، މޮނިޓަރިންގ އެންޑް އިވޭލުއޭޝަން

މުވައްޒަފުން ބޭނުންވާ މަޤާމުތައް

މަޤާމު:

ޑިރެކްޓަރ، މޮނިޓަރިންގ އެންޑް އިވޭލުއޭޝަން

 

ބޭނުންވާ އަދަދު:

1 އެކެއް

 

ވަޒީފާގެ ބޭނުން:

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭ އިދާރާތަކުގެ ކަންކަން ރަނގަޅުކުރުމަށް މި އޮފީހުގެ ފަރާތުން ހުށަހަޅާ ރިކޮމެންޑޭޝަންތަކަށް އޮފީސްތަކުން އަމަލުކުރާ މިންވަރު މޮނިޓަރ ކުރުން.

މި އޮފީހުގެ ފަރާތުން ކުޑަކުދިންގެ ޙައްޤުތަކުގެ ދާއިރާގައި ހިންގަން ބޭނުންވާ ރިސާޗްތައް ހިންގުން.

 

މަޤާމުގެ ރޭންކް:

EX1

 

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ޗިލްރަޑްންސް އޮމްބަޑްސްޕަރސަންގެ އޮފީސް

 

މުސާރަ:

-/13,583ރ

 

އެހެނިހެން އެލްވަންސްތައް:

ސާރވިސް އެލަވަންސް -/3،500ރ

ލިވިންގ އެލަވަންސް -/3،000ރ

ރޯދަމަހުގެ އިނާޔަތާއި އިތުރު ގަޑީގެ އެލަވަންސް

 

ވަޒީފާއަދާކުރަންޖެހޭ ސެކްޝަން:

މޮނީޓަރިންގ އެންޑް އިވެލުއޭޝަން

 

މަޤާމުގެ ޝަރުތު: 

 

  1. ރިސަރޗް މެތަޑްސް، ސައިކޮލޮޖީ، ސޯޝަލް ވަރކް، ސޯޝިއޮލޮޖީ، ހިއުމަން ރައިޓްސް، ސޯޝަލް ޑިވެލޮޕްމަންޓް، ޑިވެލޮޕްމަންޓް ސްޓަޑީސް ނުވަތަ ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ރިސަރޗް މެތަޑްސް، ސައިކޮލޮޖީ، ސޯޝަލް ވަރކް، ސޯޝިއޮލޮޖީ، ހިއުމަން ރައިޓްސް، ސޯޝަލް ޑިވެލޮޕްމަންޓް، ޑިވެލޮޕްމަންޓް ސްޓަޑީސް ނުވަތަ ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

 

 

މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:

 

  1. މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން.
  2. ސިއްރު ހިފެހެއްޓުން.
  3. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން.
  4. އަމިއްލަ އިސްނެގުމުގެ ދަށުން ކުރާ މަސައްކަތުގެ ފެންވަރު މަތިކުރުން.
  5. މި އޮފީހާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުން.
  6. ދާއިރާއާ ގުޅުންހުރި މަޢުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދައި ބަލައި މަޢުލޫމާތު މުއްސަނދިކުރުން.
  7. މައިކްރޯސޮފްޓް އޮފީސް ގެ ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. އޮފީހުގެ ފަރާތުން ހިންގާ އޮޑިޓްތަކާއި އިންވެސްޓިގޭޝަންތައް ކުރިއަށްގެންދެވެނީ ބެސްޓް ޕްރެކްޓިސްތަކާއި އެއްގޮތައްތޯ ބަލާނެ ނިޒާމެއް އެކަށައެޅުން.
  2. އޮފީހުން ކުރުމަށް ކަނޑައަޅުއްވާ ދިރާސާތަކުގެ ތެރެއިން ޑިޕާޓްމަންޓުން ކުރުމަށް ނިންމާ ދިރާސާތައް ކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި، މި ދިރާސާތަކުގެ މައްޗަށް އެކުލަވާލަންޖެހޭ ރިޕޯޓްތައް އެކުލަވާލައި، އަދި   މި ރިޕޯޓްތައް އާންމުކުރުމުގެ ގޮތުން ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ރާވާ ހިންގުން.
  3. ވަކި މުއްދަތަކުން އިސްލާހުކުރަން ލަފާދީފައިވާ ކަންތައްތައް އިސްލާހުކުރުމަށް އިދާރާތަކަށް ބާރުއެޅާނެ އުސޫލެއް ކަނޑައަޅާ އެ މަސައްކަތް ރާވާ ހިންގުން.
  4. އޮފީހުގެ ފަރާތުން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުމުގެ މަސައްކަތްތައް ރާވާ ބެލެހެއްޓުން.
  5. ދިރާސާކުރުމުގެ ތެރޭގައި ކަމާ ގުޅުންހުރި ލިޔުންތައް މުޠާލިއާކުރުމާއި، މަޢުލޫމާތު ހޯދުމުގެގޮތުން ބައްދަލުކުރަންޖެހޭ ފަރާތްތަކާ ބައްދަލުކުރުމާއި، އަތޮޅުތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދަންޖެހޭނަމަ އެކަން ކުރުމާއި، ރިޕޯޓްތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔުމާއި، މި ރިޕޯޓްތައް ފާސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  6. އޮފީހުގެ ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދައި ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ގުޅުންހުރި އެހެން ޑިޕާޓްމަންޓް ތަކާއި ގުޅިގެން ކުރުން.
  7. ކަންކަން އިސްލާހުކުރެވޭ މިންވަރުގެ ރިޕޯޓްތައް ތައްޔާރުކޮށް އޮފީހުގެ އެހެން ސެކްޝަންތަކާ ހިއްސާކޮށް، އާންމުކުރަން ޖެހޭ ރިޕޮޓްތައް އާންމުކުރަމުން ގެންދިއުން.
  8. ޑިޕާޓްމަންޓްއިން ތައްޔާރުކުރާ ދިރާސާ ތަކާއި ރިސާޗްތަކާ  ގުޅިގެން އެކި ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ މީޑިޔާ ޕްރޮގްރާމް، ބައްދަލުވުން އަދި މިނޫންވެސް ގޮތްގޮތަށް ބާއްވާ ފޯރަމްތަކުގައި ބައިވެރިވެ މައުލޫމާތު ހިއްސާ ކުރުން.
  9. އަދި މިނޫންވެސް އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
  10. އޮފީހުގެ ފަރާތުން ހިންގާ އޮޑިޓްތަކުގެ ތެރެއިން ނުވަތަ ތަޙުޤީޤުކުރާ މައްސަލަތަކުގެ ތެރެއިން، ރަނގަޅުކުރަން ލަފާދީފައިވާ ކަންތައްތަކާއި އިތުރަށް ބަލާ މޮނީޓަރކުރަމުން ގެންދިއުމަށް ލަފާދީފާވާ ކަންތައްތައް، މޮނިޓަރކޮށް ފޮލޯއަޕް ހެދުމުގެ މަސައްކަތްތައް ރާވާ ހިންގުން.
  11. އޮފީހުގެ މަސައްކަތުގެ ތެރެއިން އެއްކުރެވޭ މައުލޫމާތާއި ޑޭޓާ ރައްކާތެރިކަމާއެކު ބަލަހައްޓާ އެނަލައިޒްކޮށް އެ ޑޭޓާތަކުގެ މައްޗަށް ބިނާކޮށް އޮފީހުގެ މެދު ރާސްތާ އަދި ދުރު ރާސްތާގެ ޕްލޭން ތައްޔާރުކޮށް އަދި ޕްލޭނަށް ގެންނަން ބޭނުންވާ ބަދަލުތައް ހޯދުން.
  12. ކަންކަން އިސްލާހުކުރުން ލަސްވަމުންދާނަމަ، އެކަމުގެ ސަބަބުތައް ހޯދާ، މި އޮފީހުގެ ފަރާތުން ވެދެވެން ހުރި އެހީތައް ދެނެގަނެ އެ ކަންކަން ކުރުމަށްޓަކައި އެހެން އިދާރާތަކާއި އޮންނަ ގުޅުން ހަރުދަނާކުރުން.
  13. އޮފީހުން ބޭނުންވެއްޖެ ޙާލަތެއްގައި އޮފީހުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ތަޢުލީމާ ތަމްރީން (%25)
  2. މަސައްކަތުގެ ތަޖުރިބާ (%25)
  3. އިންޓަވިއު/ އިމްތިޙާނު/ ޕްރެޒެންޓޭޝަން (%50)

ނޯޓު: މިވަޒީފާއަށް ޤާބިލު ފަރާތެއް ކަމުގައި ބެލޭނީ މަތީގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާގައި ހިމެނޭ ބައިތަކުން ކޮންމެ ބަޔަކަށްވެސް ކަނޑައެޅިފައިވާ މާކްސްގެ 40% އަށްވުރެ މަތިން ލިބޭނަމައެވެ. އަދި ހަމަ އެއާއެކު ކްރައިޓީރިއާގައި ހިމެނޭބައިތަކުން ހުރިހާ ބައެއްގެ ޖުމްލަ 65% އަށްވުރެ މަތިން މާކްސް ލިބޭނަމައެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  3.  ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  5. މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  7. ތަޖުރިބާގެ މުއްދަތު ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގައި އަދާކުރި މަގާމާ މަގާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި ވަޒީފާ މުއްދަތު ބަޔާންކުރުން.
  8. އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ، އެ ކުންފުނީގައި ވަޒީފައި އަދާކުރާ މުވައްޒަފުންގެ އަދަދު ތަޖުރިބާ ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގައި ހިމަނަންވާނެއެވެ.
  9. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

ސުންގަޑި:

މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 08 ޑިސެންބަރު 2021 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ނޯޓް:

  • މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމް މި އިއުލާނާ އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.
  • މަޤާމުގެ ޝަރުތު ހަމަނުވާ ފޯމްތަކާއި ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާ ފޯމްތައް ބާތިލް ކުރެވޭނެއެވެ.
  • އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު/ޕްރެޒެންޓޭޝަން ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު/ޕްރެޒެންޓޭޝަން އޮންނާނީ ޗިލްޑްރަންސް އޮމްބަޑްޕަރސަންގެ އޮފީހުގައެވެ.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވައިރު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނެވުން އެދެމެވެ.
  • އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
  • އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަންބަރާ ގުޅުއްވުން އެދެމެވެ.

 

29 ނޮވެންބަރު 2021