ބީލަން
ނަންބަރު: (IUL)266-PR/266/2021/141
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 09 ޑިސެންބަރު 2021 10:30
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އުތުރު ބަނދަރު ފަޅުތެރެ، މަސްމާރުކޭޓު، އޮޑިއެހެލާ ސަރަހައްދު އަދި ދަތުރުހިޔާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  ވީމާ، މިމަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 05 ޑިސެމްބަރ 2021 (އާދީއްތަ) ދުވަހުގެ 09:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، މިއިދާރާގެ ނަމްބަރ 6527177 އަށް ގުޅުއްވައިގެން، އޮންލައިންކޮށް ތިރީގައިވާ ލިންކް ނުވަތަ ކިއު އާރު ކޯޑުގައިވާ ފޯމް ހުށަހެޅުން އެދެމެވެ.

ލިންކް: https://forms.office.com/r/J8ftf0Frii

ތަފްސީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

05 ޑިސެމްބަރ 2021 (އާދީއްތަ)

09:00

މައުލޫމާތު ދިނުން

05 ޑިސެމްބަރ 2021 (އާދީއްތަ)

10:30

އަންދާސީ ހިސާބު ހުށަހެޅުން

09 ޑިސެމްބަރ 2021 (ބުރާސްފަތި)

10:30

 

މަޢުލޫމާތު ދިނުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

29 ނޮވެންބަރު 2021