ޢާންމު މަޢުލޫމާތު
ނަންބަރު: O10C-B/2021/03
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 22 ޑިސެންބަރު 2021 23:59
ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަގު ކޮމެޓީ ގެ މެމްބަރުންގެ ދަފްތަރު

އިޢުލާން

 

އަގު ކޮމެޓީ ގެ މެމްބަރުންގެ ދަފްތަރު

 

ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ށ) އާއި ގުޅިގެން މިކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އަގުކުރަންޖެހޭ ތަންތަން އަގުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އަގު ކޮމެޓީގެ މެމްބަރުގެ ދަފްތަރެއް އެކުލަވާލަން ބޭނުން ވެއެވެ. އަގުކުރުމުގެ މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނަށް ދުވާލަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) އުޖޫރައެއް ދެވޭނެއެވެ. އުޖޫރަދެވޭނީ މަސައްކަތް ކުރާ ދުވަހަކަށެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތަޢުލީމީ ފެންވަރު ބަޔާންކޮށް އައިޑީކާޑް ކޮޕީ އާއެކު ސިޓީ އަކުން މި ކޯޓަށް 23 ޑިސެމްބަރު 2021މ. ވަނަ ދުވަހުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

                      ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

29 ނޮވެންބަރު 2021