ދިވެހިރާއްޖެ
ނަންބަރު: GS55/IUL/2021/14
އިޢުލާން
މިސުކޫލުގައި ހުރި ބައެއް ބައު ތަކެތީގެ ނީލަން ކިޔުން 10ޑިސެމްބަރ 2021 ވާ ހުކުރު ދުވަހު ހެނދުނު 9:00 ގައި ސުކޫލް ގޯތި ތެރޭގައި އޮންނާނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 10 ޑިސެމްބަރ 2021 ވާ ހުކުރު ދުވަހުގެ ހެނދުނު 9:00 އަށް މި ސުކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވެ ވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް އެޗް. ޕީ. އޭ ގެ ގައިޑްލައިނާއި އެއްގޮތަށް މާސްކު އަޅުއްވައިގެން ވަޑައިގެންނެވުމަށް އިލްތިމާސް ކުރަމެވެ.
ނީލަން ކިޔުމުގެ އުސޫލް
- ނީލަން ކިޔާތަކެތި ބައިބަޔަށް ބެހުމަށްފަހު، ކޮންމެ ބަޔަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ބައެއްގައި ހުންނާނެއެވެ
- ނީލަމެއް ކުރިއަށްގެންދާނީ މަދުވެގެން ތިންބައިވެރިންގެ ހާޟިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަނުވާނަމަ، ދެވަނަފަހަރަށް އިޢުލާންކޮށް 2 ނުވަތަ 1 ބައިވެރިންގެ ހާޟިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
- ނީލަމުގައި ހުށަހަޅާއަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެންފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
- ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން'' ހަވާލުކުރެވޭނެއެވެ.
- ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރިއަގު ނީލަން ނިމޭ ދުވަހު މި ސުކޫލަށް ދައްކަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާސްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން ފައިސާ ނުދައްކައި ފި ނަމަ އެ މުދަލެއް އަލުން ނީލަންކިޔުމަށް އިޢުލާން ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު މި ސުކޫލުން ލިބިވަޑައިގަންނަވާނެއެވެ.
ފޯން: 6780098
އީ-މެއިލް: [email protected]
24 ރަބީލްއާޙިރު 1443
29 ނޮވެމްބަރ 2021
މުޙައްމަދު ތައުފީގު
އެޑްމިނިސްޓުރޭޓަރ