މަސައްކަތް
ނަންބަރު: (IUL)1-CSO(FM)/1/2021/92
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 02 ޑިސެންބަރު 2021 10:30
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ ލިފްޓް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާނު

މި އޮފީހުގެ ލިފްޓް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މި އޮފީހުގައި މިހާރު ބޭނުންކުރަމުންދާ މިޓްސްބިޝީ ބްރޭންޑްގެ 1 ލިފްޓް ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް، 2021 ޑިސެންބަރު 2 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން މި އިޢުލާނުގައިވާ މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓަރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީމެއިލް:

ފޯނު ނަންބަރު:

ބީލަމުގައި ރަޖިސްޓަރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2021 ޑިސެންބަރު 2 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2021 ޑިސެންބަރު 8 ވާ ބުދަ ދުވަހުގެ 10:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

24 ރަބީޢުލްއާޚިރު 1443

29 ނޮވެންބަރު 2021