ދިވެހިރާއްޖެ
މި ފެކަލްޓީގެ ނަންބަރު MNU-FA/RG/2021/40 އިޢުލާނުގައިވާ މަޢުލޫމާތެއް އިސްލާހު ކުރުމަށް ފަހު އަލުން ޢިއުލާނު ކުރަމަވެ. އިސްވެ ދެންނެވުނު ނަންބަރު ޢިއުލާނާއިގުޅިގެން ފޯމު ހުށަހެޅުއްވި ފަރާތްތަކުން އަލުން ފޯމު ހުށަހަޅުވަން ނުޖެހޭނެއެވެ.
ޤައުމީ ޔުނިވަރސިޓީގެ މާލެ ކެމްޕަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އިންޓްރޮޑަކްޝަން ޓު ސްމާޓްފޯން ވިޑިއޯ ޕްރޮޑަކްޝަން" ވަރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.
| ފޯމު ހުށަހެޅުމުގެ ސުންގަޑި: | 2021 ޑިސެންބަރު 11ވަނަ ދުވަހުގެ 23:59 | 
| ކޯސް ފެށޭ ތާރީޚު: | 2021 ޑިސެންބަރު 18 | 
| ކެމްޕަސް: | މާލެ | 
| ކޯސް ހިންގޭނެ ގޮތް: | ކްލާސްތަކަށް ހާޒިރުވެގެން/ފޭސްޓުފޭސްކޮށް | 
| ޖާގައިގެ ޢަދަދު: | 30 | 
| މުއްދަތު: | 4 ގަޑިއިރު އަދި 1 ހަފުތާ ޕްރޮޑަކްޝަން މަސައްކަތް | 
| އުމުރުފުރާ: | 15 އަހަރުން މަތި | 
| ފޯމުގެ ލިންކު: | 
ނޯޓު: މި ވަރކްޝޮޕްގެ ތާވަލު މި ކޯހަށް އެދި ހުށަހަޅާ ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ. އަދި ވަރކްޝޮޕް ނިންމިކަމުގެ ލިޔުން ހަވާލު ކުރެވޭނީ 4 ގަޑިއިރުގެ ޓްރެއިނިންގއަށް ފަހު ހަވާލުކުރެވޭ މަސައްކަތް ނިންމާ ފަރާތްތަކާ އެކަންޏެވެ.
މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން ނުވަތަ 3345277 ނަންބަރު ފޯނާ ގުޅުއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ.