މަސައްކަތް
ނަންބަރު: (IUL)438-ASPIRE/1/2021/54
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި: 09 ޑިސެންބަރު 2021 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ހުޅުލޭ-ހުޅުމާލެ ލިންކް ރޯޑް ގައި 5 މެގަވޮޓް ސޯލާ ޕީ.ވީ. ޖަހާ ސަރަހައްދުގެ ޕޭވްމަންޓް ނެގުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު

މި މިނިސްޓްރީން ހިންގަމުންދާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ބޭނުމަށް ހުޅުލޭ-ހުޅުމާލެ ލިންކް ރޯޑް ގައި 5 މެގަވޮޓް ސޯލާ ޕީ.ވީ. ޖަހާ ސަރަހައްދުގެ ޕޭވްމަންޓް ނެގުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށަހެޅުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 08 ޑިސެމްބަރ 2021ގެ 12:00ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން އެދިލެއްވުމުން މި ބީލަމުގެ މަޢުލޫމާތު ކަރުދާސް އެ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ. އަދި އެ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވޭނެއެވެ. މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 05 ޑިސެމްބަރ 2021ގެ 12:00ގައި މި މިނިސްޓްރީގެ ގްރައުންޑް ފްލޯ އޮޑިޓޯރިއަމްގައެވެ. މި ބީލަމާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ލިބިވަޑައިގަންނަވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 09 ޑިސެމްބަރ 2021ގެ 12:00ގައި މި މިނިސްޓްރީގެ ގްރައުންޑް ފްލޯ އޮޑިޓޯރިއަމްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އެސްޕަޔަރ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު،
މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3019217
އީމެއިލް: [email protected]
ކޮޕީ: [email protected]
29 ނޮވެންބަރު 2021