ދިވެހިރާއްޖެ
އިޢުލާން |
|
ނަމްބަރު: (IUL)257/257/2021/56 |
ހއ.ބާރަށުގެ ލޭންޑް ޔޫސް ޕްލޭން ތަޔްޔާރުކޮށްދޭނެ ފަރާތެއް ހޯދުން. |
ހއ.ބާރަށުގެ ލޭންޑް ޔޫސް ޕްލޭން ތަތްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
ރަޖިސްޓަރވުމަށް އެދޭ ފޯމު ހުށަހަޅުއްވާނީ އީމެއިލް މެދުވެރިކޮށް [email protected] މި އީމެއިލް އެޑްރެސްއަށެވެ. އީމެއިލް އިދާރާއަށް ލިބުނުކަން ކަށަވަރު ކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ބީލަމާއި ގުޅޭ މަޢުލޫމާތުކަރުދާސް ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. އަދި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެކަމުގައި ދެންނެވީމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުން. |
02 ޑިސެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން. |
ބީލަން ބަލައިގަތުމާއި ހުޅުވުން. |
09 ޑިސެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ބާރަށު ކައުންސިލް އިދާރާގައި. |
ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. ބީލަންތައް ހުޅުވާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
ވީމާ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
23 ރަބީޢުލްއާޙިރު 1443
28 ނޮވެމްބަރު 2021