ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)299/299/2021/41
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 19 ޑިސެންބަރު 2020 11:01
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

                     އިޢުލާން            

ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް  ހޯދުމާއި ގުޅޭ

           ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމް.އީ.ސީ.ސީ.ޓީ) އިން ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓާ ގުޅިގެން، ރ.ވާދޫގެ ކުނިމެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ފޯރުކޮށްދެއްވާ އެހީގެ ދަށުން މިކައުންސިލަށް ޕިކަޕެއް ގަންނަން މީގެ ކުރިން ކުރެވުނު މިއިދާރާގެ ނަންބަރު (IUL)299/299/2021/36 (09 ނޮވެމްބަރ 2021) އިޢުލާނު ކުރެވުނު ނަމަވެސް، އެއްވެސް ފަރާތަކުން އަގު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާތިލުކޮށް، ޕިކަޕް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.  މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

         މި މަސައްކަތުގެ "ބީލަން ފޮތް'' ބޭނުންވާ ފަރާތްތަކުން މިއިދާރާގައި ނަންނޯޓު ކުރެއްވުމުން، އެ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ޑޮކިޔުމަންޓް ފޯރުކޮށް ދެވޭނެއެވެ. 

        ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ނޮވެމްބަރ 29 ވާ ހޯމަ ދުވަހުން ފެށިގެން 2021 ޑިސެމްބަރ 08 ވާ ބުދަ ދުވަހުގެ 11:00ގެ ކުރިން ބީލަން ފޮތާއި އެކުގައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ޕްރީބިޑް ބައްދަލުވުން

       މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް ނަންނޯޓުކުރާ ފަރާތްތަކަށް ބީލަންފޮތާއިއެކު އެރުވޭނެތީ،  މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

 

ބިޑު ސެކިއުރިޓީ

      މި އިޢުލާނާގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

      ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި، ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.

       ބީލަން ހުށަހަޅާނީ 08 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުންފެށިގެން  19 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 11:00 އާ ދެމެދު މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ކެނޑުމަށް ހަމަޖެހިފައި ވަނީ 19 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހު 11:01 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތްތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

      އިތުރު މައުލޫމާތެއް ސާފުކުރެއްވުމަށާއި، ނަންނޯޓު ކުރެއްވުމަށް ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް[email protected]

ފޯން : 4000299

28 ނޮވެންބަރު 2021