ދިވެހިރާއްޖެ
އދ. ކުނބުރުދޫ ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަކުރި (ނަމްބަރު: (IUL)ADAH-AH/INDIV/2021/9) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލްވެފައިވާތީ މިއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 28 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 6 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ނިޔަލަށް، މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 8 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އދ. ކުނބުރުދޫ ޞިއްޙީމަރުކަޒުގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، ރަޖިސްޓަރވެލައްވާ ފަރާތްތަކަށް އީމެއިލް ކޮށްދެވޭނެއެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 6 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.