ދިވެހިރާއްޖެ
އިޢުލާން
ފެމިލީ ކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް ކުރެވުނު ނަންބަރު (IUL)146-A3/1/2021/37 (18 ނޮވެންބަރު 2021) އިޢުލާނާއި ގުޅިގެން ނީލަމުގައި ބައިވެރިވުމަށް އެކަށީގެންވާ އަދަދަކަށް ހާޟިރުވެފައިނުވާތީ، އެއިޢުލާން ބާތިލުކޮށް ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ. މި ނީލަމާގުޅޭ ތަފްޞީލް ތިރީގައި އެވަނީއެވެ.
- ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަން: ފެމިލީ ކޯޓު (ޖަސްޓިސް ބިލްޑިންގ ގްރައުންޑް ފްލޯ)
- ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2021 ޑިސެންބަރު 06 ވަނަ ދުވަހުގެ 14:15 ގައި
- ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި
- މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯނު ނަންބަރު: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 08:30 އިން 14:00 އަށް 3340512 ނުވަތަ 3340510 މި ނަންބަރަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަވަން ވާނެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ކުރައްވާ ފަރާތުން 24 ގަޑިއިރު ތެރޭގައި ފެމެލީ ކޯޓަށް ފައިސާ ދެއްކެވުމަށްފަހު އެ ތަކެތި ގެންދަވަންވާނެއެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.