ނީލަން
ނަންބަރު: R/IUL/2021/150
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 05 ޑިސެންބަރު 2021 00:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިޔުން

ނަންބަރ:R/IUL/2021/150

 

އިޢުލާން

                    މި ކުންފުނީގެ ކ. މާފުށީ އިންޖީނުގޭގައި ހުރި މިދަންނަވާ ތަކެތި ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

                    - 45 ފީފާ ކަޅުތެޔޮ ( އިންޖީންތަކަށް ބޭނުންކޮށް ނަގާފައިވާ)

                   މި ނީލަން ފެށޭ އަގަކީ 4،500.00ރ (ހަތަރު ހާސް ފަސްސަތޭކަ) ރުފިޔާ އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 500ރ (ފަސްސަތޭކަ) ރުފިޔާއެވެ.

                   ވީމާ، މި ތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 30 ނޮވެންބަރު 2021 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 05 ޑިސެންބަރު 2021 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި 30 ނޮވެންބަރު 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރި ނުވާ ފަރާތް ތަކަށް ވެސް މިނީލަމުގައި ބައިވެރިވެވޭނެ ކަމުގައި ދަންނަވަމެވެ.

މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރިއެއް ނުވެ ވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 03 ދުވަސް ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާތިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ކުރީގެ ނީލަން ކާމިޔާބު ކުރި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

                   މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338362 ނަންބަރު ފޯނާއެވެ.

                                           23 ރަބީޢުލްއާޙިރު 1443

28 ނޮވެންބަރު 2021