ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2021/199
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 05 ޑިސެންބަރު 2021 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ (ސ. ހިތަދޫ ކެމްޕަސް)

މަޤާމް :އެސިސްޓަންޓް ޑިރެކްޓަރ (ސ. ހިތަދޫ ކެމްޕަސް)
ބޭނުންވާ އަދަދު :1

މަޤާމު:

އެސިސްޓަންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހިތަދޫ ކެމްޕަސް

ގްރޭޑް:

6

ސްޕައިން ޕޮއިންޓް:

32

މުސާރަ:

މަހަކު 9,124/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,910/50 ރުފިޔާ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  1. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7/8ގެ ސަރޓިފިކެޓަކަށްފަހު މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 5/6ގެ ސަރޓިފިކެޓަކަށްފަހު މަދުވެގެން 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން އަދި ކެމްޕަހުގެ އޮޕަރޭޝަނަލް ޕްލޭންގައި ހިމެނޭ ކަންކަން ހާޞިލް ކުރުމުގައި އިސްނަގައި ހަރަކާތްތެރިވުމާއި، ދޭންޖެހޭ އެންމެހާ އެއްބާރުލުމެއް ދިނުމާއި އެހީތެރިކަން ދިނުމާއި އަދި އެފަދައިން އިދާރީ ކަންކަން ތަރުތީބުކުރުން.
  2. ކެމްޕަހުގެ އިދާރީ މުވައްޒަފުންގެ މަސައްކަތްތައް ރޭވުމާއެކު އެ މުވައްޒަފުންގެ ވަޒީފާ ބަޔާނާ އެއްބަސްވުމުގައި ސޮއި ކުރެވިފަވޭތޯބަލާ، އެ މުވައްޒަފުންގެ މަސްޢޫލިއްޔަތާ ޒިންމާތައް ފުރިހަމައަށް އަދާކުރޭތޯ ބެލުމާ، މި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ގަވާއިދުން ބަލާ އިސްލާޙްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކެމްޕަސް މެނޭޖަރ އަދި ހިއުމަން ރިސޯސް ޑިޕަރޓްމަންޓްގެ އިރުޝާދުގެ ދަށުން އެޅުން.
  3. މުވައްޒަފުންގެ ހާޒިރީ، ޑިއުޓީ ރޮސްޓަރ، އިތުރުގަޑިއާ ގުޅޭ ގޮތުން ހިއުމަން ރިސޯސް ސިސްޓަމްއިން ކުރަންޖެހޭ ކަންކަން ކުރުމާއި، ހާޒިރީއާ ގުޅިގެން ދިމާވާ މައްސަލަތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދުވަހީ ގޮތެއްގައި ހައްލުހޯދައި ދިނުމާއި އެފަދައިން އިންތިޒާމްތައް ހަމަޖެހިފައިވާކަން ޔަޤީންކުރުން.
  4. ކެމްޕަހުގެ މަސައްކަތްތަކަށާއި ކިޔަވައިދިނުމަށް ބޭނުންވާ އެންމެހާ ވަޞީލަތްތަކާއި، އޮފީސް ހިންގުމަށް ހޯދަންޖެހޭ ފަރުނީޗަރާއި، އިކްއިޕްމަންޓާއި މެޝިނަރީފަދަ ތަކެތި ފާހަގަކޮށް، ކެމްޕަސް މެނޭޖަރުގެ ލަފަޔާއެކު އެތަކެތި ހޯދުމުގެ އެންމެހައި މަސައްކަތެއްކުރުމާއި އެ ފަދަ މަސައްކަތް ދާނުދާގޮތްބަލާ މޮނިޓަރކޮށް އެކަށޭނެ ހަލުވިމިނެއްގައި އެ މަސައްކަތް ނިންމުމަށް މަސައްކަތްކުރުން.
  5. ކްލާސްރޫމްތަކާއި، އޮފީހުގެ އެތެރެއާއި ބޭރު ކަނޑައެޅޭ އުސޫލެއްގެ މަތިން (އެންމެ ލަސްވެގެން ކޮންމެ މަހަކު އެއްފަހަރު) އިންސްޕެކްޓްކޮށް، ކުރަންޖެހޭ މަރާމާތުތައް ފާހަގަކޮށް އެތަންތަން މަރަމާތުކުރުމުގެ އިންތިޒާމުތައް ކުރުމާއި ކެމްޕަހުން ގެއްލޭ ތަކެއްޗާއި މުދަލުގެ ރެކޯޑް ބަލާ  ކަމާބެހޭ ފަރާތްތަކަށް އެކަންކަން އަންގުމާއެކު އިޙުމާލުވާ ފަރާތެއްވާނަމަ އެ ފަރާތްތަކާމެދު ކެމްޕަސް މެނޭޖަރުގެ  އަދި ހިއުމަން ރިސޯސް ޑިޕަރޓްމަންޓްގެ އިރުޝާދުގެ ދަށުން އިސްލާޙީ ފިޔަވަޅު އެޅުން.
  6. ކެމްޕަހުގެ ބަޖެޓްތައްޔާރު ކުރުމަށް އިދާރީ މަރުކަޒަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި ބަޖެޓުން ކުރެވޭ ޚަރަދުތައް އިދާރީ މަރުކަޒުގެ ކަމާ ބެހޭ ސެކްޝަނާ ގުޅައިގެން ކުރިޔަށް ގެންދިޔުމާއި ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން.
  7. ކެމްޕަހަށް ހޯދާ ތަކެތި ޤަވާއިދުން އިންވެންޓްރީ ކުރުވާ އިންވެންޓްރީ ރަނގަޅަށް ބެލެހެއްޓުމާއި އުކާލާ ތަކެއްޗާއި، ނީލަންކިޔާ ތަކެއްޗާއި، ނައްތާލާތަކެތި ފާހަގަކޮށް، އެފަދަ ތަކެތި އޮފީހުގައި ގިނަވެފައި ނުހުންނާނެ ގޮތެއްގެ މަތިން، ގަވާއިދާއެއްގޮތަށް ނައްތާލުން / އިންވެންޓްރީއިން އުނިކުރުމުގެ އިންތިޒާމް ހަމަޖެއްސާ ކަނޑައެޅިފައިވާ ތާވަލްއަކާއި އެއްގޮތްވާ ގޮތުގެ މަތީން މޮނިޓަރކޮށް ބެލެހެއްޓުން.
  8. ސްޓޮކުން މަދުވާތަކެތި ބަލައި އޮފީހަށް ބޭނުންވާ ތަކެތި އޮފީހަށް ދަތިނުވާނޭހެން ހޯދުމުގެ އިންތިޒާމް ހަމަޖެއްސުމާއި ސްޓޮކް، މޮނިޓަރކޮށް ސުޕަވައިޒްކުރުމާއި، އިސްރާފްތައް ދެނެގަނެ ވީހާވެސް އިސްރާފް މަދުކުރެވޭނެ ގޮތްތައް ހޯދުމާއި އެފަދަ ގޮތްތައް ބޭނުންކުރުން.
  9. ކެމްޕަހުން ހިންގާ އެކިއެކި ލޯކަލް އަދި އިންޓަރނޭޝަނަލް ޕްރޮޖެކްޓްސް އަދި ޕްރޮގްރާމްތަކާއި ގުޅިގެން ހަވާލުކުރެވޭ ކަންކަން ކުރުމާއި މޮނިޓަރކުރުމާއި މަސައްކަތް ކުރެވެމުންދާ މިންވަރު ކަނޑައެޅިފައިވާ ތާވަލްއެއްގެ ދަށުން ގަވާއިދުން ރިޕޯރޓްކުރުން.
  10. ކިޔަވައިދިނުމަށް ބޭނުންވާ ކުލާސްރޫމުތައް ހޯދައި ހަމަޖެއްސުމާއި އެކަޑެމިކް މުވައްޒަފުންނަށް ދަތިނުވާނޭ ފަދަގޮތަކަށް ކިޔަވައިދިނުމާ ގުޅޭގޮތުން ހަމަޖައްސަންޖެހޭ ހުރިހާ އިދާރީ ކަމެއް ހަމަޖެހިފައިވޭތޯ ކަށަވަރުކުރުމާއި މި މަސައްކަތް އިންތިޒާމްކޮށް ރާވާ ހިންގުމާއި ފާހަގަކުރެވޭ އުނިކަންކަން ކެމްޕަސް މެނޭޖަރާއި މަޝްވަރާކޮށްގެން ރަގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެފަދައިންއިންތިޒާމްތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުން.
  11. ކެމްޕަހުގެ ކުރިއެރުމަށް ނުވަތަ ދުވަހީ އިންތިޒާމުތައް ކޮށްދިނުމާއި އިމްތިޙާން ތަކަށް ހޯލް / ކިލާސްރޫމްފަދަ ތަންތަން  ތައްޔާރު ކުރުމުގެ ކަންތައް ހަމަޖެއްސުމާއި އިދާރީ ގޮތުން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެހިފައިވޭތޯ ކަށަވަރުކުރުމާއި މި މަސައްކަތް އިންތިޒާމްކޮށް ރާވާ ހިންގުމާއި އެފަދައިންއިންތިޒާމްތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުން.
  12. ކެމްޕަހުގެ ދަރިވަރުން / މުވައްޒަފުން ކުރަންޖެހޭ ދަތުރު ތަކުގެ ކަންތައްތައް މަރުކަޒީ އިދާރާޔާ ގުޅައިގެން ކުރިޔަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން ކަށަވަރުކުރުމާއި މޮނިޓަރކޮށް ބެލެހެއްޓުން.
  13. ޕާޓްޓައިމް ލެކްޗަރާއިންގެ ޕޭޝީޓުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަރުކަޒީ އިދާރާއަށް ފޮނުވޭކަން ކަށަވަރުކުރުމާއި އެމީހުންގެ އުޖޫރަ ގަވާއިދުން ދެވޭތޯ ކަށަވަރުކުރުމާއި ދިމާވާ ދަތިތައް ވީހާ އަވަހަކަށް ހައްލުކުރުމަށް މަސައްކަތްކުރުން.
  14. ތަނަށް އަލަށް ނެގޭ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުމުގެ ގޮތުން އިންޑަކްޝަން ޕްރޮގްރާމްގެ ތެރެއިން ޙަވާލުކުރެވޭ ބައިތައް ހިންގުމާއި ޕްރޮބޭޝަންގެ އެންމެހާ ކަންތައްތައް ރަނގަޅަށް ދޭތޯ ކަށަވަރުކުރުން.
  15. ތަނުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި މަސައްކަތްތައް ހަލުވިކޮށް ފެންވަރު މަތިކުރުމަށް އަމިއްލައަށް އިސްނަގައިގެން އިދާރީ މަސައްކަތްތައް ރޭވުމާއި ކެމްޕަސް މެނޭޖަރާއި އެހެނިހެން މުވައްޒަފުންގެ މަޝްވަރާއާއި ޝާމިލްވުން ހިމެނޭހެން ރަގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ދިމާވާ މައްސަލަތައް އަވަހަށް ހައްލުކުރުމުގައި ގަދައަޅައި މަސައްކަތް ކުރުން.
  16. ތަނުގެ އެންމެހާ ރެކޯޑްތައް ރަނގަޅު އިންތިޒާމެއްގެ ތެރެއިން ބެލެހެއްޓޭކަން ކަށަވަރުކުރުމާއި އެފަދަ ހަރުދަނާ އިންތިޒާމްތައް ގާއިމްކުރުމާއި އިދާރީ މަސައްކަތްތަކާ ގުޅޭ އެސްއޯޕީ އަދި އުސޫލުތައް ތައްޔާރުކޮށް ކެމްޕަސް މެނޭޖަރުގެ މަޝްވަރާގެ ދަށުން ތަންފީޒުކުރުން.
  17. އިދާރީ ހިންގުން ހަރުދަނާކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާ އުޞޫލުތައް ތަންފީޒްކޮށް، މޮނިޓަރކުރުމުގައި ކެމްޕަސް މެނޭޖަރުގެ އެއްބާރުލުމާއި އެހީތެރިކަން ދިނުމާއި މިފަދަ ސިޔާސަތުތަކާ އުޞޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.
  18. މަތީގައި ބުނެފައިވާ ކަންކަމުގެ އިތުރުންވެސް އިދާރީ މަސައްކަތާ ގުޅޭގޮތުން ކެމްޕަސް މެނޭޖަރުގެ  ހަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

  • 2021 ޑިސެންބަރު 05 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

 https://tinyurl.com/MNU-HC-AD-2021-199

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/JobApplicationForm-for-Locals-English

           http://bit.do/JobApplicationForm-for-Locals-Dhivehi

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
28 ނޮވެންބަރު 2021