ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2021/249
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 06 ޑިސެންބަރު 2021 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ރިޔާސީ ފްލީޓަށް ބޭނުންވާ މެކޭނިކުންނާއި ފަޅުވެރިން ހޯދުން.

އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމަށްޓަކައި، މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މަގާމު:

މެކޭނިކް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

މަހަކު 5,020.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރާފިޔާ

ފެންވަރު ނުވަތަ ޝަރުތު:

1- މެރިން އިންޖިނިއަރިންގ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- މި ދާއިރާގައި އިންބޯޑް ނުވަތަ އައުޓްބޯޑް އިންޖީނިއަރެއްގެ ގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ރޭންކްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3- ޖީ.ސީ.އީ އޯލެވެލް ސައިންސް ސްޓްރީމް 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. - - ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު ޑިއުޓީ ކުރުމުގެ ޤާބިލުކަން ހުރުމާއެކު މަސައްކަތް ކުރުމުގެ ފުރިހަމަ ސިއްހަތެއްގައިހުރި މީހެއް ކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

1- ރިޔާސީފްލީޓްގެ ބެލުމުގެ ދަށުގައިވާ ކަނޑުމަތީގެ އުޅަނދުތުގެ އިންޖިނިއަރެއްގެގޮތުން މަސައްކަތްކުރުން.

2- ކަނޑުމަތީގެ އުޅަނދުފަހުގެ އައުޓްބޯޑު އިންޖީނުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން

3- އުޅަނދުފަހަރުތަކުގެ ރަނިންގ ކަންޑިޝަނުގައި ދެމެހެއްޓުމަށް މަސައްކަތްކުރުން.

4- ރިޔާސީ ފްލީޓުން ހަވާލުކުރެވޭ އިންޖިނިއަރިންގެ އެހެނިހެން މަސައްކަތްތައް ކުރުން.

މަގާމު:

ފަޅުވެރި

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

މަހަކު 4,465.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1,500.00 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު:

  • ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ ކަނޑުމަތީ އުޅަނދެއްގައި 4 އަހަރުދުވަހުގެ ޢަމަލީތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއި،
  • ޓްރާންސްޕޯޓް އޮތޯރިޓީން ފުރިހަމަކުރާ "ފަޅުވެރިންގެ ކޯސް" ފުރިހަމަކޮށްފައިވުން.

ކަނޑުމަތީގައި ގިނަވަގުތު ޑިއުޓީގައި އުޅުމުގެ ޤާބިލުކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

  • އުޅަނދު ފަހަރުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އުޅަނދުގެ މެއިންޓަނަންސް މަސައްކަތްތަކުގައި އެހީތެރިވުމާއި، އުޅަނދުގައިވާ އިކްވިޕްމަންޓްސްތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

ކަނޑުމަތީގެ ދަތުރުގައި ދަތުރުކުރާ މީހުންގެ ރައްކާތެރިކަމާއި، ސަލާމަތްތެރިކަމަށް އިސްކަންދިނުން.

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

މި ވަޒީފާތަކުގައި މަސައްކަތް ކުރަންޖެހޭނީ ޢާންމުގޮތެއްގައި މާލޭގައެވެ.

އިތުރު ޢިނާޔަތްތައް

މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި އަތޮޅުތެރެއަށްކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2021 ޑިސެންބަރު  6 ވާ ހޯމަ ދުވަހު 14.00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި މިނިސްޓްރީއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

23 ރަބީޢުލްއާޚިރު 1443

28 ނޮވެންބަރު 2021