ދިވެހިރާއްޖެ
އިޢުލާނު
|
|
މަޤާމު: |
ލީގަލް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-341106 |
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ކްލެސިފިކޭޝަން: |
ލީގަލް ސަރވިސް ޕްރޮފެޝަނަލްސް |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ |
މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ)
10020 ރުފިޔާ
10410 ރުފިޔާ
10800 ރުފިޔާ
11190 ރުފިޔާ |
ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ އެސް 9-2 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އިން މަތިން މާކްސް ހޯދާފައިވުން.
ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ އެސް 9-3 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އިން މަތިން މާކްސް ހޯދާފައިވުން.
ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ އެސް 9-4 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އިން މަތިން މާކްސް ހޯދާފައިވުން.
|
ސަރވިސް އެލަވަންސް: |
5640 ރުފިޔާ |
އެހެނިހެން އެލަވަންސް: |
ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕައިވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން - ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން - ޤާނޫނު، ޤަވައިދު އަދި އުސޫލުތަކަށް ރައްޔިތުން ހޭލުންތެރި ކުރުމަށް ޕްލޭންއެއް އެކުލަވާލައި އެކި ހަރަކާތްތައް ހިންގުން - ކުޅުދުއްފުށި ސިޓީ ކައުންސިލުން ހަދާ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަ އިސްލާހުތައް ދިވެހިބަހާއި އިނގިރޭސިބަހުން ލިޔެ، ސިޓީ ކައުންސިލްގެ ވެބްސައިޓުގައި ޝާއިޢުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން. - ކުޅުދުއްފުށި ސިޓީ ކައުންސިލާއި އެހެނިހެން ފަރާތްތަކާއި ދެމެދު ވެވޭ އެއްބަސްވުންތަކާ ޚިލާފުވާ ފަރާތްތަކާ މެދު ކައުންސިލްގެ ލަފާގެމަތިން އަޅަންޖެހޭ ފިޔަވަޅުއަޅާ، އެޅުނު ފިޔަވަޅު މަޢުލޫމާތު އެކަމާގުޅޭ ސެކްޝަނަކަށް ލިއުމުން ދިނުން. - ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެހެން ފަރާތްތަކާއި ދެމެދު އެކަށައަޅަންޖެހޭ އެއްބަސްވުންތައް ދެފަރާތުގެ މަސްލަޙަތަށް ރިޢާޔަތްކޮށް، ޤާނޫނުތަކާއި ޤަވާއިދުތަކުގެ މަތިން އެކުލަވާލުން. - ޤާނޫނު ނަންބަރ: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ތަންފީޒުކުރުމަށް ބޭނުންވާ ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުމާއި އެޤާނޫނުން ސިޓީ ކައުންސިލަށް ލާޒިމުކުރާ ކަންތައްތަކުގެ ތެރެއިން ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ކުރިއަށް ގެންދިއުމާއި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމުގައި އިސްނެގުމާއި ޢަމަލީގޮތުން ބައިވެރިވުން. - ސިޓީކައުންސިލްގެ މުވައްޒަފުންނަކީ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ތަފާތު ވަސީލަތްތައް ބޭނުންކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ހަރަކާތްތަކާއި، ކަންތައްތައް ރަވާއި ހިންގުމަށްޓަކައި ކަމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން. - ސިޓީ ކައުންސިލްގެ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި އަދި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް ޢަމަލުކުރާކަމަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަޙުޤީޤުކޮށް ފިޔަވަޅުއެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން. - ސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންގެ ތެރެއިން އިސްލާހީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އެޅުމަށް ބޭނުންވާ ޤާނޫނީ ލަފާ ޑިޕަރޓްމަންޓް/ސެކްޝަން އަދި ޔުނިޓްތަކަށް ދިނުން. - ސިޓީ ކައުންސިލްގެ ފަރާތުން ކުރަންޖެހޭ ދަޢުވާތައް ކުރުމާއި ދަޢުވާ ލިބިގަތުމާއި ކައުންސިލްގެ ފަރާތުން ވަކާލާތުކުރަން ޙަވާލުކުރެވޭ ކަންކަމުގައި ކޯޓްތަކުގައި ވަކާލާތުކުރުން. - ސިޓީ ކައުންސިލާއި ސިޓީ ކައުންސިލްގެ އިދާރާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ޤާނޫނީ ލަފަޔާއި މަޝްވަރާ ދިނުން. |
މަޤާމުގެ ތަޢުލީމީ ރޮނގުތައް އަދި ގުޅޭ ވަޒީފާގެ ދާއިރާތައް: |
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް ޝަރީޢާ އެންޑް ލޯ ލޯ |
|
ގުޅޭ ވަޒީފާގެ ދާއިރާތައް ލޯ |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ 40% (ސާޅީސް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (07 ޑިސެމްބަރ 2021) ގެ (14:00) ގެ ކުރިން، (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު، އެސެސްމަންޓް އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 08 ޑިސެމްބަރ 2021 އާއި 08 ޖަނަވަރީ 2022 އާ ދެމެދު، ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ /65271036527181 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
23 ރަބީޢުލް އާޚިރު 1443
28 ނޮވެމްބަރ 2021