ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2021/132
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 02 ޑިސެންބަރު 2021 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންމަފުށީ ލޭންޑް ޔޫސް ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތުގެ އިވެލުއޭޝަން ޢާއްމުކުރުން

އިޢުލާން

        މި އިދާރާގެ ނަންބަރު (IUL)335-AS/335/2021/117  ( 17 އޮކްޓޯބަރ 2021 ) ހިންމަފުށީ ލޭންޑްޔޫސް ޕްލޭން ރިވައިޒްކުރުމުގެ މަސައްކަތުގެ އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ 4 ފަރާތްތަކުންނެވެ. ތިރީގައި ދެންނެވިފައިވާ ފަރާތާއި ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މި ކައުންސިލްގެ  ބިޑް ކޮމެޓީ2021 ވަނަ އަހަރުގެ 2 ކޮމިޓީގެ  06 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،

  • ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
  • މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.

މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 7 (ހަތެއް) ދުވަހުގެ ތެރޭގައެވެ.

 1.     ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-

ކުންފުނީގެ ނަން:-

Mapscape Pvt Ltd

ހުށަހަޅާފައިވާ އަގު:-

165000.00ރ ( އެއްލައްކަ ފަސްދޮޅަސް ފަސްހާސް ރުފިޔާ)

މުއްދަތު

49 ދުވަސް

  2. ބީލަން ހުށަހަޅާފައިވާ އެހެނިހެން ފަރާތްތައް:-

ކުންފުނީގެ ނަން:-

Riyan Private Limited

ހުށަހަޅާފައިވާ އަގު:-

153700.00ރ (އެއްލައްކަ ފަންސާސް ތިންހާސް ހަތްސަތޭކަ ރުފިޔާ)

ހުށަހަޅާފައިވާ މުއްދަތު:-

60 ދުވަސް

ބީލަން ކާމިޔާބު ނުވި ސަބަބު:-

އިވެލުއޭޝަންގައި ޕްރޮޕޯސަލްއަށް މަދުން ޕޮއިންޓް ލިބުމުގެ ސަބަބުންނެވެ.

ކުންފުނީގެ ނަން:-

ESIS Consulting Pvt Ltd

ހުށަހަޅާފައިވާ އަގު:-

863900.00 ރ (އަށްލައްކަ ފަސްދޮޅަސް ތިންހާސް ނުވަސަތޭކަ ރުފިޔާ)

ހުށަހަޅާފައިވާ މުއްދަތު:-

90 ދުވަސް

ބީލަން ކާމިޔާބު ނުވި ސަބަބު:-

ބިޑްކާމިޔާބް ކުރި ފަރާތަށްވުރެ ހުށަހަޅާފައިވާ އަގު ބޮޑުވުމުގެ ސަބަބުންނެވެ.

ކުންފުނީގެ ނަން:-

Blue Coast Maldives Pvt Ltd

ހުށަހަޅާފައިވާ އަގު:-

199540.00 ރ (އެއްލައްކަ ނުވަދިހަ ނުވަހާސް ފަސްސަތޭކަ ސާޅީސް ރުފިޔާ)

ހުށަހަޅާފައިވާ މުއްދަތު:-

58 ދުވަސް

ބީލަން ކާމިޔާބު ނުވި ސަބަބު:-

ބިޑްކާމިޔާބް ކުރި ފަރާތަށްވުރެ ހުށަހަޅާފައިވާ އަގު ބޮޑުވުމުގެ ސަބަބުންނެވެ.

     ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 2  ޑިސެމްބަރ 2021  ވަނަ ދުވަހުގެ 14:00 އެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، ހުށަހަޅަންވާނެއެވެ.

އީ.މެއިލް :[email protected]

ފޯން ނަންބަރު :- 6642024 

27 ނޮވެންބަރު 2021