މަސައްކަތް
ނަންބަރު: (IUL)413/PRIV/2021/5
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 09 ޑިސެންބަރު 2021 10:00
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ގެމަނަފުށީ ފްޓްސަލް ދަނޑު ލެވެލް ކުރުމާއި ޕިޗް ބަދަލުކުރުމާއި ފެންސް މަރާމާތު ކުރުން އަދި އެހެނިހެން މަރާމާތުކުރުމުގެ މަސައްކަތާއި ބެހޭ:

ގއ.ގެމަނަފުށީގެ ފްޓްސަލް ދަނޑު ލެވެލްކޮށް، ޕިޗް ބަދަލުކޮށް ފެންސް މަރާމާތުކޮށް އަދި އެހެނިހެން މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް 09 ޑިސެމްބަރ 2021 ގެ 10:00 ގެ ކުރިން [email protected] އަށް ސިޓީއަކުން އެކަން އަންގަވައިދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7916609 އަށް ގުޅުއްވުން އެދެމެވެ.

         މިމަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ 12 ޑިސެމްބަރ 2021 ގެ 10:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަމުގައި ބައިވެރިވުމަށް އެދުނު ފަރާތްތަކަށް މީޓިންގައި ބައިވެރިވެވޭނެއެވެ. އަދި ޕްރީބިޑް މީޓިންގައި ބައިވެރި ނުވިނަމަވެސް ބިޑް ސަބްމިޓް ކުރެވޭނެއެވެ.

         މިމަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 23 ޑިސެމްބަރ 2021 ގެ 10:00  ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

މަސައްކަތް ހަވާލު ކުރުމުގައި ޕޮއިންޓް ދެވޭނެގޮތުގެ އުސޫލު:

މަސައްކަތުގެ އަގަށް:  70 ޕޮއިންޓް

ތަޖުރިބާއަށް : 10 ޕޮއިންޓް

މަސައްކަތުގެ މުއްދަތައް: 10 ޕޮއިންޓް

މާލީތަނަވަސްކަމަށް: 5 ޕޮއިންޓް

ޕްރޮޕޯސަލަށް: 5 ޕޮއިންޓް

               މިހެންމެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ނޮވެމްބަރ 2021

27 ނޮވެންބަރު 2021