ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)249-A/249/2021/72
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 21:30
ސުންގަޑި: 06 ޑިސެންބަރު 2021 13:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލިލީ ޕްރީސްކޫލަށް މުވައްޒަފުން ހޯދުން

އިޢުލާނު

މަޤާމު:

ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު:

02

މަޤާމުގެ ގިންތި:

ވަގުތީ ( 01 އަހަރު )

މަޤާމުގެ މަސައްކަތަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވޭނެއެވެ.

މަޤާމުގެ ކްލެސިފިކޭޝަން:

ސްކޫލް ޓީޗަރސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / ލިލީ ޕްރީސްކޫލް

މުސާރަ:

2500.00 ރުފިޔާ

އެލަވަންސް:

3000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

- ރަމަޟާން މަހުގެ ޚާއްސަ އިނާޔަތުގެ ފައިސާ

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ކިޔަވައިދިނުމުގެ އެންމެހާ ކަންތައްތަކާއި ޕްރީސްކޫލް/ނާރސަރީ ގައި ރާވާ ހިންގާ ތަފާތު ޕްރޮގްރާމްތައް ކައުންސިލުން އަންގާ ގޮތުގެމަތިން ހިންގުން.
 2. ޕްރީސްކޫލް ކަންތައްތަކާބެހޭގޮތުން ކައުންސިލުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ސްކޫލްގައި ހިންގާ އިތުރު ހަރަކާތްތައް ހިންގުމުގައި ޒިންމާ ނަގައިގެން ބައިވެރިވުން. ހަމަހަމަ ގޮތެއްގައި ސްކޫލުގެ ހަރަކާތްތަކުގައި ހުރިހާ ކުދީންނަށް ބައިވެރިވުމުގެ ފުރުޞަތު ދިނުން.
 3. ޕްރީސްކޫލް ދަރިވަރުންނާއިބެހޭ ލިޔެކިއުންތައް އަދި ކިޔަވައިދިނުމަށް ބޭނުންވާ ލިޔެކިއުންތައް ފުރިހަމަކުރުން.
 4. ކްލާހަކީ ކުދީންނަށް އަމިއްލައަށް އުގެނުމަށް ފަހި މާހައުލަކަށް ހެދުން (ތަފާތު ހުނަރު ދަސްވާގޮތަށް ކްލާހުގެ މާހައުލު ރާވައިލުން).
 5. މަންހަޖުގައި ކަނޑައެޅިފައިވާ މައިގަނޑު ޤާބިލިއްޔަތުތައް ޙާޞިލުވާގޮތަށް ސްކީމް އޮފް ވޯރކް ތައްޔާރުކުރުން.
 6. ކުރިއަށް އޮންނަ ހަފްތާއަށް ލެސަންޕްލޭން އަދި ކިޔަވައި ދިނުމަށް ބޭނުންވާ އެހީ ތައްޔާރުކުރުން (ތަފާތު ފެންވަރުގެ ކުދީންނަށް އަމާޒުކޮށް).
 7. ކުދީންގެ ތަޢުލީމް ކުރިއެރުން (ކުދީންގެ ތަޢުލީމީ، ޖިސްމާނީ ކުރިއެރުން، ކުދީންގެ ހުނަރުތައް) ޤަޥާޢިދުން ބަލަހައްޓައި، އެމަޢުލޫމާތު ޤަޥާޢިދުން ބެލެނެވެރިންނަށް ފޯރުވައި ދިނުން (ޕޯޓްފޯލިއޯ، އެނެކްޑޯޓަލް ރިކޯޑްސް)
 8. ކުދީން ކްލާހަށް އައުމަށްފަހު ކިޔަވައި ނިމެންދެންނާއި، އަދި ކިޔަވައި ނިމުމުން، އެކުދީންގެ ބެލެނެވެރިން އެކުދީންނާއި ހަވާލުވަންދެން އެކުދީން ބެލެހެއްޓުމުގެ ޒިންމާ ނެގުން.
 9. ކިޔަވައި ދިނުމުގައި ބެލެނެވެރިންގެ އެހީތެރިކަން ހޯދުން. މުދައްރިސުން އަމިއްލައަށް އެމީހުންގެ ތަރައްޤީއަށް މަސައްކަތްކުރުން.
 10. ތުއްތު ކުދީންގެ ކިބައިގާ ހުންނަ ތަފާތު ދަނެގެން ޖިސްމާނީ، ނަފްސާނީ ދުޅަހެޔޮކަން އެކުދީންގެ ކިބައިގާ ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމާއި އަދި އެކުދީންގެ ވިސްނުން ތަރައްޤީކުރުމަށް އެހީތެރިވެ ދިނުމާއެކު، އިސްލާމީ ޢަޤީދާއާއި އިސްލާމީ ތަރުބިއްޔަތު އުގަންނައި ދިނުމާއި، އަދި ޕްރީސްކޫލް މުގައްރަރާއި އެއްގޮތަށް، ކުދީން ތަރުބިއްޔަތުކޮށް އުގަންނައިދީ، ޤައުމަށް ބޭނުންތެރި ތަފާތު ހުނަރުތައް ދަސްކޮށްދީ އުގެނި ގަތުމުގެ ޝަޢުޤުވެރިކަން ކުދީންގެ ކިބައިގާ އުފެއްދުން.
 11. ޕްރީސްކޫލުގެ ބޭބީ ނަރސަރީ ކްލާހުންފެށިގެން ނިމޭކުދީންނަކީ ޕްރީ ސްކޫލް ނިމޭއިރު ރަނގަޅަށް ނަމާދުކުރަން ދަންނަ އަދި ބަލައިގެން އެކުދީންގެ ޢުމުރުފުރާގުޅޭގޮތުން ޤުރުއާން (ކުރުސޫރަތްތައް) ކިޔަވަން ދަންނަ ކުދި ބަޔަކަށް ހެދުން.
 12. ޕްރީސްކޫލުން ނިމޭ ކޮންމެ ކުއްޖަކީ އެކުދީންގެ ޢުމުރު ފުރާއާއި ގުޅޭގޮތުން ލިޔަންކިޔަން ދަންނަކުއްޖަކަށް ހެދުން.
 13. ތުއްތުކުދީން ފުރިހަމަގޮތުގައި ތަރުބިއްޔަތު ކުރުމުގައި އާއި ޢިލްމާއި ހުނަރުތައް ދަސްކޮށްދިނުމުގައި އެކުދީންގެ މައިންބަފައިންނާއި ގުޅިގެން އޯގާތެރިކާމާއި އަޅާލުމާއެކު ސްކޫލު މާހައުލުން ކުދީންނަށް ލިބެންޖެހޭ އެންމެހާ އެހީތެރިކަމާއި ރައްކާތެރިކަން ހޯދައިދިނުން.
 14. ޕްރީސްކޫލުންދޭ ޚިދުމަތްތައް ދުވަހުން ދުވަހަށް ތަރައްޤީކުރުމަށް، ކައުންސިލާއި ގުޅިގެން މަސައްކަތްކުރުން.
 15. ކައުންސިލްގެ ފަރާތުން ބާއްވާ އެކިއެކި ރަސްމިއްޔާތުތަކުގައި ބައިވެރިވުން އަދި މުވައްޒަފުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

ޓީޗިންގ ސަރވިސަސް

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ ( 01 އަހަރު )

މަޤާމުގެ މަސައްކަތަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވޭނެއެވެ.

މަޤާމުގެ ކްލެސިފިކޭޝަން:

މަސައްކަތު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / ލިލީ ޕްރީސްކޫލް

މުސާރަ:

2500.00 ރުފިޔާ

އެލަވަންސް:

1500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

- ރަމަޟާން މަހުގެ ޚާއްސަ އިނާޔަތުގެ ފައިސާ

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ލިލީ ޕްރީސްކޫލު ގޯތިތެރެ އާއި ލިލީ ޕްރީސްކޫލް ވަށައިގެންވާ މަގު/ ގޯޅިތަކުގެ އެއްފަޅި ކުނިކަހައި ވިނަނޮޅައި ސާފުކުރުމާއި ކައުންސިލުން އަންގާގޮތެއްގެ މަތީން ގަސްތަކުގެ ގޮފިކޮށާއި ކުނިއުކުން.
 2. ލިލީ ޕްރީސްކޫލު އިމާރާތް ( ކުލާސްރޫމް، އޮފީސް) ރަސްމީގަޑި ފެށުމުގެ ކުރިން ކުނިކަހާ މޮޕްލާ ސާފުކޮށް ބެލެހެއްޓުން. އަދި ސްކޫލު ފާހާނާ ދޮވެ ސާފުކުރުން.
 3. ޖަލްސާ ފަދަ ކަންތައްތަކަށް ގޮނޑި އަތުރާ ހޯލު ތައްޔާރު ކުރުން.
 4. ޓީޗަރުން އިތުރު ހަރަކާތުގައި ކުރާމަސައްކަތްތަކުގައި ޓީޗަރުންނަށް އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެނގުން

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް

ނެތް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

ފޮޅާ ސާފުކުރުން

ކްލެރިކަލް ސަޕޯޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި އިދާރާއިން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 12 ޑިސެމްބަރ 2021 އާއި 16 ޑިސެމްބަރ 2021 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500027 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

25 ނޮވެންބަރު 2021