ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-CA/38/2021/763
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:52
ސުންގަޑި: 02 ޑިސެންބަރު 2021 15:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު, ސީނިއަރ އޮފިސަރ (އެމް.އެސް 1), ސިވިކް އެޑިއުކޭޝަން ޓްރޭނިންގ އެންޑް ރިސަރޗް ސެކްޝަން

 

(IUL)38-CA/38/2021/763: ނަންބަރު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް

ސީނިއަރ އޮފިސަރ (އެމް.އެސް 1)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން:

ސިވިކް އެޑިއުކޭޝަން ޓްރޭނިންގ އެންޑް ރިސަރޗް ސެކްޝަން

އަސާސީ މުސާރަ:

މަހަކު 5610.00 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 2000.00 (ދެހާސް ރުފިޔާ)

ދުވަހު އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 170.00 (އެއްސަތޭކަ ހަތްދިހަ ރުފިޔާ)

އިތުރު ގަޑި ފައިސާ:

އިތުރު ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ.

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (3 މަސް ދުވަސް)

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ މިއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،

 

  1. އޮފިސަރ ރޭންކުގެ ނުވަތަ އެފެންވަރުގެ މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ސީނިއަރ އޮފިސަރ ލެވެލް ނުވަތަ އެއަށްވުރެއް މަތީ މަޤާމެއްގައި މަސައްކަތްކޮށް 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

2. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.

3. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

4. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

5. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން.

ނޯޓް: މި މަޤާމަށް މީހުން ހޮވުމުގައި ޓްރޭނިންގ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަސްއޫލިއްޔަތު:

  • އާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވޭ ޕްރޮގްރާމްތައް ރާވައި ހިންގުމުގައި ބައިވެރިވުން.
  • ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމްތަކުގެ ދަތުރުފަތުރުގެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ އިދާރީ މަސައްކަތް ކުރުމުގެ އިންތިޒާމު ހަމަޖައްސައި އެކަން ފުރިހަމަޔަށް ކުރެވޭތޯ ކަށަވަރުކުރުން.
  • ސިވިކް އެޑިޔުކޭޝަން ސެޝަންތައް ނެގުމުގައި އަމަލީގޮތުން ބައިވެރިވުން.
  • ކޮމިޝަނުން ބާއްވާ އެކިއެކި ބައްދަލުވުންތަކާއި އިވެންޓްތަކުގެ ފޮޓޯ ކަވަރޭޖް ހަދައި، މީޑިއާއަށް ފޮނުވުން.
  • ޕަބްލިކް ރިލޭޝަންސް ވަރުގަދަ ކުރަން ކުރަންޖެހޭ މަސައްކަތްތައް ރާވާ ކުރިއަށްގެންދިއުން.
  • ސެކްޝަނަށް ލިބޭ މައްސަލަތަކުގެ ތެރެއިން ޖަވާބު ދޭންޖެހޭ މައްސަލަތަކަށް ސުޕަވައިޒަރުގެ ލަފާގެމަތިން ޖަވާބު ދިނުން.
  • މިނޫންވެސް ސެކްޝަނުންނާއި، އޮފީހުން ކުރާ ބޮޑެތި މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  • ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޙާބާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުން.
  • އިސްވެ ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުންވެސް ޤާނޫނާއި ގަވާއިދުތަކާއި ޚިލާފުނުވާނަމަ، ކޮމިޝަނުން   އެވަގުތެއްގައި ޙަވާލުކުރާ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

  1. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

- މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

- މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މަޤާމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ލިޔެކިޔުންތައް ހުށަހަޅާނީ 2 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށެވެ. (މެއިލްއާ އެޓޭޗްކުރެވޭނީ، ޕީ.ޑީ.އެފް އެއް ޑޮކިއުމަންޓެއްގެ ގޮތަށް 10mb އަށްވުރެ ކުޑަ ފައިލްއެވެ.)

އިތުރު މަޢުލޫމާތު:

- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

- އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން 50% އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

- މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކެންޑިޑޭޓް ނަންބަރެއް ދެވޭނެއެވެ. އަދި އެ ނަންބަރު ކުރިމަތިލާފައިވާ ފަރާތްތަކަށް އަންގާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށްދެވޭ އަމަލީ ޓެސްޓާއި އިންޓަރވިއުއަށްފަހު އެފަރާތްތަކަށް ލިބިފައިވާ މާރކްސް އާންމު ކުރާނެއެވެ.

 

ސީނިއަރ އޮފިސަރ – އެމް. އެސް 1 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތުގެ ތަޖުރިބާ

15

އިންޓަވިޔު

35

ޢަމަލީ ޓެސްޓު

10

ޖުމުލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް:

- ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަމަލީ ޓެސްޓު ދިނުމަށްފަހު، އެ ޓެސްޓުން %50 އިން މަތި ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)

- މެނޭޖީރިއަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ، ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު، ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ. މަޤާމުގެ ޝަރުޠުތައްކަމަށް ބުނެފައިވާ އަސާސީ ޝަރުޠު ފުރިހަމަވާނަމަ، ތަޢުލީމާއި ތަމްރީނަށް ކަނޑައަޅައިފައިވާ ފުރިހަމަ މާކްސް ދެވޭނެއެވެ.

- ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

   

25 ނޮވެންބަރު 2021