ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)164-PRO/1/2021/ 72
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 06 ޑިސެންބަރު 2021 10:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ޕްރައިމެރީ ސްޓޯރޭޖް ސޮލިއުޝަނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ޕްރައިމެރީ ސްޓޯރޭޖް ސޮލިއުޝަނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުށް ބޭނުންވެއްޖެއެވެ.  މި މަސައްކަތުގެ “ބީލަން ފޮތް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްކަރުދާސްކުރެވިފައިވާނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިޢުލާން ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 06 ޑިސެންބަރ 2021 ވާ ހޯމަ ދުވަހުގެ 10:00ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ރިސެޕްޝަނަށްށެވެ. އަދި އެއްވެސް ސަބަބަކާހެދި މިދުވަސް(2021 ޑިސެންބަރު 06) ބަންދުނަމަ، ޖެހިގެން އަންނަ ރަސްމީ ދުވަހު 10:00ގެ ކުރިން NCITގެ ރިސެޕްޝަނަށް ބީލަންހުށަހެޅޭނެއެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.

ބިޑް ސެކިއުރިޓީ

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭ ޢަދަދު ތިރީގައި އެވަނީއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޙުން ފެށިގެން 90 (ނުވަދިހަ) ދުވަހެވެ.

  • ލޮޓް1: 45،000.00 ( ސާޅީސް ފަސްހާސް ރުފިޔާ )

އިތުރު މަޢުލޫމާތު ސާފުކުރުން

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2021 ނޮވެންބަރު 30 ވާ އަންގާރަ ދުވަހުގެ 00:12 ގެ ކުރިން، [email protected] އަށެވެ. އަދި އިސްވެދެންނެވުނު ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅޭ ސުވާލުތަކުގެ ޖަވާބުތައް މިއިދާރާގެ ވެބްސައިޓް (www.ncit.gov.mv) ގައި 02 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހު ޝާޢިއުކުރެވޭނެއެވެ.

އީމެއިލް އެޑްރެސް: [email protected]

 

ނޯޓް: ސިޓީއުރައިގެ ބޭރުގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

ބީލަމުގެ ނަން:

އިޢުލާނު ނަންބަރު: 

ބީލަން ހުށަހަޅާ ފަރާތުގެ ނަން:

25 ނޮވެންބަރު 2021