މަސައްކަތް
ނަންބަރު: (IUL)253/253/2021/91
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 06 ޑިސެންބަރު 2021 10:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022 ވަނަ އަހަރު މި ރަށުގެ އިޖްތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

2022 ވަނަ އަހަރު މި ރަށުގެ އިޖްތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

މި ރަށުގެ އިޖްތިމާޢީ ސަރަހައްދުތައް 2022 ވަނަ އަހަރު ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު: (IUL)253/253/2021/85 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްތަކުގެ އަގުބޮޑުކަމަށް ފެންނާތީ އަލުން އިޢުލާނު ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ޑިސެމްބަރ 6 ވާ ހޯމަ ދުވަހުގެ 10:00 އަށް މި އިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2021 ޑިސެމްބަރ 9 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލްނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަން ވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

20 ރަބީއުލްއާޚިރާ 1443

25 ނޮވެމްބަރ 2021

25 ނޮވެންބަރު 2021