މަސައްކަތް
ނަންބަރު: (IUL)264/PRIV/2021/57
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 20:41
ސުންގަޑި: 02 ޑިސެންބަރު 2021 10:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022 ވަނަ އަހަރު މި ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2022 ވަނަ އަހަރު މި ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ދިނުން (އޮންލައިންކޮށް)

އަންދާސީހިސާބު ހުށަހެޅުން

02 ޑިސެމްބަރ 2021 (ބުރާސްފަތި)

10:00

13 ޑިސެމްބަރ 2021 (ހޯމަ)

10:00

 

ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 01 ޑިސެންބަރު 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް މިއިދާރާގެ ނަންބަރ 6520043 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީކުރަންވާނެއެވެ.

ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް: https://forms.gle/agnM5NEW6PfMqKmT7

 

މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންލައިންކޮށް ކުރިއަށް ގެންދެވޭނެއެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓަރކުރާ ފަރާތްތަކަށް މިބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ހުރިހާ ބީލަންވެރިންވެސް މިހާރުން ފެށިގެން މީރާގެ ޓެކްސް ކްލިރިއަންސް ރިޕޯޓް ހޯދުމަށް ސަމާލުކަންދިނުން އެދެމެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 01 ޑިސެމްބަރ 2021 ވާ (ބުދަ) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520043

އީ-މެއިލް: [email protected]

24 ނޮވެންބަރު 2021