ދިވެހިރާއްޖެ
މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހުގެ ފަޔަރ އެލާމް ސިސްޓަމް ސަރވިސްކޮސް މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2021/76 އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 01 ޑިސެންބަރު 2021 ވާ ބުދަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 09 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ނުވަތަ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީ ވުމަށް މިއޮފީހުގެ ([email protected]) އީމެއިލް އެޑްރެހަށް 01 ޑިސެންބަރު 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334103 ފޯނަށް ގުޅުއްވުން އެދެމެވެ.